Advertisement

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް --

23 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

ރައްޔިތުންގެ މަޖިލީހުން ބޮޑެތި ކަންކަން ފާސް ނުކުރުމަށް އާޒިމް ގޮވާލައްވައިފި

ނިމެމުން މިދާ ރައްޔިތުންގެ މަޖިލީހުން ނިންމުންތައް ނިންމުން ދެެން މަޑުޖައްސާލަން ޖެހޭ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

ޢަލީ އާޒިމް މިހެން ވިދާޅުވީ، މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ވާހަކަފުޅު ދައްކަވަމުންނެވެ. ޢަލީ އާޒިމް ވިދާޅުވީ، ނިމެމުން މިދާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން 90 އިންސައްތަ މެމްބަރު އައު މަޖިލީހުގައި ނުހިމެނޭނެ ކަމަށާއި، އެހެން ކަމުން ނިމެމުން މިދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުން ދެން އިތުރު ނިންމުންތައް ނުނިންމައި މަޑުޖައްސާލަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ނިމެމުން މިދާ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީއަށް އަދިވެސް ސާފު މެޖޯރިޓީ އޮތް ނަމަވެސް، ކުރިޔަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ހޯދާފައި ވަނީ މިހާރު ވެރިކަމުގައި އޮތް ޕީއެންސީންނެވެ.

މެމްބަރު ޢަލީ އާޒިމް ދެއްކެވި ވާހަކަފުޅާއި ގުޅިގެން މަޖިލީހުގެ ރިޔާސަތުގައި އިންނެވި މުޙައްމަދު އަސްލަމް ވިދާޅުވީ، އެފަދަ ހުށައެޅުމެއް މިހާތަނަށް އެއްވެސް މެމްބަރެއްގެ ފަރާތުން ލިބިވަޑައިގެންފައި ނުވާކަމަށެވެ. އޭގެ އިތުރުން މަޖިލީހުން ކަންކަން ނިންމައި ފާސްކުރުމަށް މިހާލަތުގައިވެސް ހުރަހެއް ނެތްކަން ފާހަގަކުރައްވައި އަސްލަމް ވިދާޅުވީ، މަޖިލީހުގެ ޤަވާއިދަށް ބަދަލު ނުގެންނަހައި ހިނދަކު މަޖިލިސް ކުރިޔަށް ގެންދަން ޖެހޭ ކަމަށެވެ.

މިއަދުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަސްލަމް ވިދާޅުވީ، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މިއަންނަ މެއި މަހުގެ 13 ވަނަ ދުވަހާއި ހަމައަށް ކުރިޔަށް ދާނެ ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.