Advertisement

20 ވަނަ ރައްޔިތުންގެ މަޖިލީހަށް ހޮވުނު 19 ވަނަ މަޖިލީހުގައި ތިއްބެވި މެމްބަރުން

23 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިއްބެވި މެމްބަރުންގެ ތެރެއިން އައު މަޖިލީހަށް ވަދެވޭނީ 11 މެމްބަރުންނަށް!

ރައްޔިތުންގެ މަޖިލީހާއި އެމަޖިލީހުގެ މެމްބަރުންނާއި މެދު ރައްޔިތުންގެ ޝަކުވާތައް ގިނައެވެ. މީގެ ކުރިން ދެ ފަހަރެއްގެ މަތިން އޭރު ވެރިކަމުގައި އޮތް ޕާޓީއަކަށް މަޖިލީހުގެ މެޖޯރިޓީ ދިން ނަމަވެސް ރައްޔިތުން އުއްމީދު ކުރާ ނަތީޖާއެއް ނުފެނުނެވެ. އެއަށްވުރެ ބޮޑަށް މަޖިލިސް ފެނިގެން ދިޔައީ ސިޔާސީ ގޮތުން ހަލަބޮލިވެގެން ދިޔަ ތަނެއްގެ ގޮތުގައެވެ.

މަޖިލީހުގެ މެމްބަރުންނަށް މަޖިލީހުގެ ތަޅުމުގައި ލިބޭ ހައްދެއް އިމެއް ނެތް އިމްތިޔާޒު ތަކާއި އެކު މަޖިލީހުގެ ތަޅުމުގައި މެމްބަރުން ގެންދިޔައީ ހިތުހުރި ގޮތަކަށް ވާހަކަތައް ދައްކަމުންނެވެ. ގޭގެ ސިޓިންގ ރޫމްތަކުގައި ތިބެ ދަރިންނާއި މައިންބަފައިން އަޑުއަހަން ނުކެރޭ ފަދަ ހަޑިހުތުރު ބަސްތައް ބޭނުން ކުރަމުންނެވެ. އޭގެ ނަތީޖާއަކީ، ދިވެހި ވެރިކަމުގެ ތިންބާރުގެ ތެރެއިން އެއްބާރު ކަމުގައިވާ ރައްޔިތުންގެ މަޖިލީހަށް ރައްޔިތުންގެ ހިތްތަކުގައި އޮތް ޤަދަރު ކުޑަވެ، އެތަނަކީ، "ބކރކއޓ"ގެ ގޮތުގައި ސޯޝަލް މީޑިއާ އާއި އެހެނިހެން މަންސަ ތަކުގައި ރައްޔިތުން ސިފަ ކުރަން ފެށުމެވެ.

18 ވަނަ ރައްޔިތުންގެ މަޖިލީހާއި ޚިލާފަށް، 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހަލަބޮލިކަން ކުޑަވި ނަމަވެސް، 19 ވަނަ ރައްޔިތުންގެ މަޖިލިސް ވެސް ވެގެންދިޔައީ، ރައްޔިތުން ބޭނުންވާ ނަތީޖާ ނެރެ ނުދެވުނު މަޖިލީހަކަށެވެ. އެހެންވެ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ގިނަ މެމްބަރުންތަކެއް 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ކުރިމަތި ލެއްވި ނަމަވެސް އެބޭފުޅުންނަކަށް ކާމިޔާބެއް ނުވިއެވެ. މެދު ނުކެނޑި 20 އަހަރު މެމްބަރުކަން ކުރެއްވި ބޭފުޅުންނާއި، 15 އަހަރު މެމްބަރުކަން ކުރެއްވި މެމްބަރުންނާއި، 10 އަހަރު މެމްބަރުކަން ކުރެއްވި ބޭފުޅުންނާއި އެއްދައުރު ފުރިހަމަކުރި މެމްބަރުންވެސް ރައްޔިތުން ވޯޓު ނުދީ ފެއިލްކޮށްލިއެވެ. އޭގެ ތެރޭގައި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމާއި، އީވާ އަބްދުﷲ އާއި އިމްތިޔާޒް ފަޙްމީ އާއި، މުހައްމަދު ރަޝީދު ޙުސައިން އާއި، އަޙްމަދު ސަލީމް ފަދަ ބޭބޭފުޅުންވެސް ހިމެނެއެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރެއްވުނީ، 11 ބޭފުޅުންނަށެވެ. އެއީ؛

1- މީކާއީލް ނަސީމް - ގަލޮޅު ދެކުނު ދާއިރާ

2-ޢަބްދުލް ޣަފޫރް މޫސާ - ހަނިމާދޫ ދާއިރާ

3- ޙުސައިން ޒިޔާދު - ވައިކަރަދޫ ދާއިރާ

4- އަޙްމަދު ސަލީމް - އޭދަފުށީ ދާއިރާ

5- އިބްރާހިމް ނަސީމް - ތުލުސްދޫ ދާއިރާ

6- ހަސަން ޒަރީރު - މަތިވެރި ދާއިރާ

7- ޤާސިމް އިބްރާހީމް - މާމިގިލީ ދާއިރާ

8- އަޙްމަދު ޠާރިޤު - މަހިބަދޫ ދާއިރާ

9- މުޙައްމަދު ނާޒިމް - ދަނގެތީ ދާއިރާ

10- އަޙްމަދު ޝިޔާމް މުޙައްމަދު - މީދޫ ދާއިރާ

11- އިބްރާހީމް ނާޒިލް - ހިތަދޫ ދެކުނު ދާއިރާ

20 ވަނަ ރައްޔިތުންގެ މަޖިލީހަށް، ހޮވުނު މެމްބަރުންގެ ތެރޭގައި 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި މެމްބަރުކަން ކުރައްވައި، ނާކާމިޔާބުވި މެމްބަރުންވެސް ހިމެނިވަޑައިގަންނަވައެވެ. އޭގެ ތެރޭގައި ޢަބްދުއްރަޙީމް ޢަބުދުﷲ އާއި، މުޙައްމަދު ޝާހިދު އާއި، އަސްމާ ރަޝީދު ފަދަ ބޭބޭފުޅުން ހިމެނިވަޑައިގަންނަވާއިރު، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީއަކީ، މުޅިން އަލަށް މަޖިލީހުގެ މެމްބަރުކަމަށް އިންތިޚާބުވެވަޑައިގެންނެވި ބޭފުޅުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.