Advertisement

21 Apr 2024
ޚަބަރު

ބަލި ގަބޫލުކޮށް، ކާށިދޫއިން ޖާބިރު ފައިބައިފިކަމަށް އަޑު ފެތުރިއްޖެ

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގައި ކާށިދޫ ދާއިރާ ތަމްސީލު ކުރައްވަމުން ގެންދަވާ، އަދި މިއަދު ރާއްޖޭގައި ކުރިޔަށްދާ ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގައި އަމިއްލަ ގޮތުން ވާދަކުރައްވާ، އަބްދުﷲ ޖާބިރު، އިންތިހާބުން ބަލިވިކަމަށް ގަބޫލު ކުރައްވާ، ރޭ ކާށިދޫއިން ފައިބައިފިކަމަށް އަޑުފެތުރިއްޖެއެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް، ކާށިދޫގައި ހުރި މީހަކު މި ނޫހަށް ކިޔައިދިން ގޮތުގައި، ޖާބިރުގެ ކެމްޕެއިން ޓީމުތަކަށް، ކެމްޕެއިން ހަރަކާތް ހިންގުމަށް ދޭންޖެހޭ ފައިސާ ނުދީގެން، އިއްޔެ ހަވީރަށް ރާވާފައިއޮތް ހަރަކާތްތައް ވެސް ކުރިޔަށް ގެންގޮސްފައެއް ނުވެއެވެ.

މީގެ އިތުރުން، ކާށިދޫއިން ޖާބިރުއަށް ތާއީދުކުރާ މީހުންގެ ފޯނު ކޯލުތަކަށްވެސް މިއަދު އެ ބޭފުޅާ ޖަވާބުދީފައި ނުވާކަމަށް ބުނެއެވެ.

Advertisement

މި އިންތިހާބުގައި ވާދަކުރުމަށް އެމްޑީޕީގެ ޓިކެޓު ޖާބިރު ކާމިޔާބު ކުރެއްވި ނަމަވެސް، އެމްޑީޕީއިން ވަނީ ޖާބިރުގެ ޓިކެޓި ފަހުން އަތުލާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
17 May 2024
ޚަބަރު
މުވާޞަލާތުގެ އެންމެ ޒަމާނީ ރަސްމަގަށް ރާއްޖެ ހުޅުވައިލާނަން: ރައީސް
މުވާޞަލާތާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން، ދިވެހިރާއްޖެއަށް ކުރިއެރުންތައް ހޯދައި ދެއްވުމާއި، އެދާއިރާއިން ދިވެހިންނަށް އާމްދަނީ ލިބޭނޭ މަގުތައް ފަހިކޮށްދެއްވުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ހިމަނުއްވާފައިވާ ކަމެކެވެ.
17 May 2024
ޚަބަރު
ގޯތިތައް އަވަސް މުސްތަޤުބަލެއްގައި ހަވާލު ކުރުމުގެ ވިސްނުމެއް ސަރުކާރުގައި ނެތް: މީކާއީލް
އޭޕްރީލް މަހުގެ 29 ވީ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ތަސްދީޤު ކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވެވި އެބިލް ރައީސް އަނބުރާ މަޖިލީހަށް ފޮނުއްވާ ލެއްވީ، އެމަނިކުފާނަށް ބިލެއް ތަސްދީޤު ނުކޮށް ހިފެހެއްޓޭނެ އެންމެ ދިގު މުއްދަތުކަމުގައިވާ 14 ދުވަށް ހަމަ ކުރެއްވުމަށްފަހު، 19 ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހު ދައުރުގެ އެންމެ ފަހު ޖަލްސާވެސް ބޭއްވި ފަހުންނެވެ.
17 May 2024
ޚަބަރު
މަޑިފުއްޓަށް މަސްތުވާތަކެތި ގެންދިޔަ މީހަކު އުމުރަށް ޖަލަށްލާން ޙުކުމްކޮށްފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، 2024 ފެބްރުވަރީ 05 ވަނަ ދުވަހުގެ ވަގުތެއްގައި ތ.މަޑިފުށި / ދޮންވެލި، ޙުސައިން ޝަރޫން ތ.މަޑިފުއްޓަށް މަސްތުވާތަކެތި އެތެރެކުރާކަމަށްބުނެ ލިބުނު މަޢުލޫމާތަކާއި ގުޅިގެން ތ.މަޑިފުށި ބަނދަރުމަތިން ޙުސައިން ޝަރޫން ހުއްޓުވައި ބަލާފާސްކުރި އިރު އޭނާގެ އަތުން މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.
17 May 2024
ޚަބަރު
ކުރީ ސަރުކާރުގައި ދިން ގޯތިތައް ތިންމަސް ދުވަހުގެ ތެރޭގައި ހަވާލުކުރުން ލާޒިމްކޮށް ބިމާއި ބެހޭ ޤާނޫނަށް ގެނައި އިސްލާޙް ރައީސް ތަސްދީޤެއް ނުކުރެއްވި
19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހުކޮޅު، މިބިލް ފާސްކުރައްވާފައި ވަނީ، އޭޕްރީލް މަހުގެ 29 ވީ ހޯމަ ދުވަހުގައެވެ. ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހު ޖަލްސާ ބާއްވާފައި ވަނީ، މި މެއި މަހުގެ 13 ވަނަ ދުވަހުގައެވެ. އެދުވަހު އެބިލް މަޖިލީހުން ފާސްކުރައްވާފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ 35 މެމްބަރުންގެ އިއްތިފާޤުންނެވެ.