Advertisement

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވޯޓު ދެއްވަނީ ---

22 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

ސަރުކާރަށް ލިބުނު އާދަޔާޚިލާފު ބޮޑު ކާމިޔާބީ، މިރޭ ކުލަގަދަކޮށް ފާހަގަކުރަނީ

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، ސަރުކާރު ހިންގާ ޕާޓީ ޕީއެންސީއަށް ލިބުނު ބޮޑު ކާމިޔާބީ ހަވާ އެރުވުމާއި އެކު މިރޭ ކުލަގަދަކޮށް ފާހަގަކުރުމަށް އެޕާޓީން ނިންމައިފިއެވެ.

ޕީއެންސީން ބުނީ، "ދިވެހީންގެ ރާއްޖެ މަޖިލީހަށް - މަރުހަބާ"ގެ ނަމުގައި އެންމެހައި ދިވެހިރައްޔިތުންނަށް މަރުޙަބާ ދެންނެވުމަށާއި ޝުކުރު އަދާކުރުމަށް މިރޭ ޚާއްޞަ ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. މިގޮތުން، މިޖަލްސާ އޮންނާނީ، މިރޭގެ 8:30ގައި އާޓިފިޝަލް ބީޗުގައި ކަމަށް އެޕާޓީން ވަނީ ބުނެފައެވެ. އަދި މިޖަލްސާގައި ބައިވެރިވުމަށް އާއްމުކޮށް އެންމެންނަށް އެޕާޓީން ވަނީ ދައުވަތު ފޮނުވާފައެވެ.

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީއެންސީން ވަނީ، މިހާތަނަށް ސާފު ކުރެވުނު ވަގުތީ ނަތީޖާއަށް ބަލާއިރު 71 ގޮނޑިއާއެކު މަޖިލީހުގެ ސުޕަރ މެޖޯރިޓީ ހޯދާފައެވެ. މިއީ މިހާތަނަށް ރާއްޖޭގެ ބަރުލަމާނީ ޙަޔާތުގައި ފެނިގެން ދިޔަ އެންމެ ތަފާތު ބޮޑު އަދި ތާރީޚީ ނަތީޖާއެވެ.

ކޮމެންޓް
އަލިފު ޙާ!
ބަރުލަމާނީ ޙަޔާތެއް ނޫނެވެ. އެހެނެއްކަމަކު އެއީ ރިޔާސީ ޙަޔާތެވެ.
22 Apr 2024
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.