ޚަބަރު
07 May 2024
ޚަބަރު
އެއާލައިން މުވައްޒަފަކަށް ހަމަލާދިން ބިދޭސީ ފަސިންޖަރަކު ހައްޔަރުކޮށްފި
މިމައްސަލައިގައި ތުހުމަތު ކުރެވޭ މީހާ ހައްޔަރުކޮށްފައިވާ ކަމަށް ބުނުން ފިޔަވައި އިތުރު މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ. އެނގިފައިވާ ގޮތުގައި ބިދޭސީ މީހާ އެއާލައިން މުވައްޒަފަށް ހަމަލާދިނީ ކަމަކާއި މެދު ހިތް ހަމަ ނުޖެހިގެންނެވެ. އަދި އެމާރާމާރީ ހިނގި ވަގުތު ނަގާފައި ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، އެ މީހާ ދެ މުވައްޒަފަކަށް ހަމަލާދޭ މަންޒަރު ވީޑިއޯއިން ފެނެއެވެ.
06 May 2024
ޚަބަރު
ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ތެރެއިން މިހާތަނަށް 51 މީހަކު ވަނީ އަނބުރާ ގެންގޮސްފައި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ހީނާ ވިދާޅުވީ، މިހާތަނަށް ރާއްޖެއިން ގެންގޮސްފައި ވަނީ، ދެ ޕްލެޓްފޯމެއްގައި ތިބި 51 ސިފައިން ކަމަށާއި، މެއި މަހުގެ 10 ވަނަ ދުވަހުގެ ކުރިން ރާއްޖޭގައި ތިބި ހުރިހާ ސިފައިން އިންޑިއާއިން އަނބުރާ ގެންދާނެ ކަމަށެވެ. އަދި އެމީހުންގެ ބަދަލުގައި، ރާއްޖެއަށް އައި އިންޑިއާގެ މަދަނީންގެ އަދަދު އެތާރީޚަށްފަހުގައި ހާމަކުރައްވާނެ ކަމަށް ހީނާ ވިދާޅުވިއެވެ.
06 May 2024
ޚަބަރު
ތިން ޤައުމަކަށް ސަފީރުންގެ ގޮތުގައި އައްޔަނުކުރެއްވުމަށް ހުށައެޅުއްވި ބޭފުޅުންނަށް ރުހުންދީފި
މި ތިންބޭފުޅުންނަށް ރުހުން ދިނުމަށް ނެގި ވޯޓުގައި، ޑރ. ފަޒީލް ނަޖީބަށާއި، ޝިއުނީން ރަޝީދު ސަފީރު ކަމުގެ މަޤާމަށް ޢައްޔަނުކުރަން ފެންނަކަމަށް، ވޯޓު ދެއްވާފައި ވަނީ، 35 މެމްބަރުންނެވެ. އަދި ތާޙާއަށް ރުހުން ދިނުމަށް ފެންނަކަމަށް ވޯޓު ދެއްވާފައި ވަނީ، 33 މެމްބަރުންނެވެ.
06 May 2024
ޚަބަރު
ކުރީ ސަރުކާރުން ދީފައިވާ ގޮތަށް ފްލެޓްތައް ހަވާލުކުރުމަށް އަންގަން މަޖިލީހުން ފާސްކޮށްފި
ފްލެޓްތަކާއި ގުޅިގެން އާއްމު ފަރާތްތަކުން ހުށައެޅި، މައްސަލައެއް ދިރާސާކޮށް، މަޖިލީހުގެ ޤައުމީ ތަރައްޤީ އާއި ތަރިކައިގެ ކޮމިޓީން ތަޅުމަށް ހުށައެޅި ރިޕޯޓް ފާސްކޮށްފައި ވަނީ، 29 މެމްބަރުންގެ ވޯޓުންނެވެ. އެއާއި ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓު ދެއްވާފައެއް ނުވެެއެވެ.
06 May 2024
ޚަބަރު
ރައީސްގެ ނަސޭހަތް: މީހަކަށް ކުށެއް ކުރެވުނަސް ފަޟީހަތް ނުކުރޭ!
އެމަނިކުފާނު މިހެން ވިދާޅުވެފައި މިވަނީ، އިއްޔެ އެމަނިކުފާނުގެ ޕާޓީ ޕީއެންސީއަށް ނިސްބަތްވާ އިންތިޚާބީ މަޖިލިސް މެމްބަރު ޢިމްރާން ލަތީފްއަށް ތާއީދު ކުރާ ބައެއް ފަރާތްތަކުން ކުރީގެ ހޯމް މިނިސްޓަރ އިމްރާންގެ ކާރުގައި މީހެއްގެ ޕިކަޕުން ޖެހި ހިނގި އެކްސިޑެއްޓެއްގެ ތެރެއަށް ޢިމްރާން ލަތީފް ވަދެ، ހިންގި އަމަލުތަކެއްގެ ވީޑިއޯ އެއް ސޯޝަލް މީޑިއާގައި ޕޯސްޓްކޮށް ދައުރުކުރަމުންދާ ދަނޑިވަޅެއްގައެވެ.
05 May 2024
ޚަބަރު
އެމެރިކާ ސިފައިންނާއި އެކު ދިވެހި ސިފައިން ތަމްރީންތަކެއް ފަށައިފި
އެމްއެންޑީއެފުން ހާމަކުރައްވާފައިވާ ގޮތުގައި، މި އެކްސަސައިޒް ފެށުމުގެ ގޮތުން ބަންޑާރަކޮށީގައި އާދިއްތަ ދުވަހު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ. މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީގެ އިތުރުން ޔޫއެސް މޮންޓާނާ ނޭޝަނަލް ގާޑުގެ އެޖުޓަންޓް ޖެނެރަލް، މޭޖަރ ޖެނެރަލް ޕީޓަރ ރޮނެކް ބައިވެރިވެވަޑައިގެންނެވިއެވެ.
05 May 2024
ޚަބަރު
ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހުގައި ރައީސް މާލެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ފުރާ ވަޑައިގެންނެވީ، މިދިޔަ މަހުގެ 30 ވަނަ ދުވަހުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި 5 ދުވަހުގެ ދަތުރުފުޅަކީ، ނުރަސްމީ ދަތުރުފުޅަކަށްވާތީ، އެ ދަތުރުފުޅާއި ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިތުރު މައުލޫމާތެއް ހާމައެއް ނުކުރައްވައެވެ.
05 May 2024
ޚަބަރު
އަތޮޅުތަކުން 790 ދަރިވަރަކު މާލޭގެ ސްކޫލްތަކަށް ބަދަލުކުރުމަށް ހުށައަޅާފައިވާ ކަމުގައި އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެ
އެމިނިސްޓްރީން ވިދާޅުވީ، މާލޭގެ ސަރަހައްދުތަކުގެ ސްކޫލުތަކުގެ ގްރޭޑް 1އަށް ވެއްދުމަށް، 2290 ފޯމް ހުށައަޅާފައި ވާކަމަށާއި، އަދި ގްރޭޑް 1 ފިޔަވައި އެހެން ގްރޭޑްތަކަށް ވެއްދުމަށް 1450 ފޯމް ހުށައަޅާފައި ވާކަމަށެވެ. މީގ އިތުުރުން މާލެ ސަރަހައްދުގެ އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުވުމަށްވެސް 660 ފޯމު ހުށައަޅާފައި ވާކަމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ވިދާޅުވިއެވެ.
05 May 2024
ޚަބަރު
އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުންނަށް އިނާޔަތްތަތަކާއި އެކު ރިޓަޔަރ ވެވޭ ގޮތަށް ހެދި ޤަވާއިދު އުވާލައިފި
ކޮމިޝަނުން އެޤަވާއިދުގައި ހިމަނާފައި އޮތީ، އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންކަމަށް ޢައްޔަނުކުރެވޭއިރު، ކޮމިޝަންގެ ދާއިމީ ވަޒީފާގައި ޚިދުމަތްކޮށްފައިވާ ފަރާތެއް ނަމަ ރިޓަޔަމެންޓް ދިނުމުގައި ގުނާ 15 އަހަރުގެ މުއްދަތުގައި ކޮމިޝަންގެ މެމްބަރެއްގެ ގޮތުގައި ހުރި މުއްދަތާއި އެކު ގުނާ ގޮތަށެވެ.
04 May 2024
ޚަބަރު
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ މެންބަރު އިމްރާން ލަތީފްގެ ޢަމަލުތައް އަދާލަތު ޕާޓީން ކުށްވެރިކޮށްފި
ފުލުހުން އައުމުގެ ކުރިން އެސީންގެ ތެރެއަށް ވަދެ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ މެންބަރު އިމްރާން ލަތީފް ވަނީ، ޕިކަޕް ޑްރައިވަރަކީ ނިކަމެތި ފަޤީރެއް ކަމަށްވާތީ، އޭނާއަށް ޝައިޚް އިމްރާން މަޢާފް ދެއްވުަމަށް އެދިވަޑަިއގަންނަވާ ކަމަށާއި އަދި ޝައިޚް އިމްރާން މަޢާފް ނުދެއްވާނެ ނަމަ، ޝައިޚް އިމްރާންގެ ކާރަށް ލިބުނު ގެއްލުން އެ މެމްބަރުގެ ޚަރަދުގައި މަރާމާތުކޮށް ދެއްވަން ބޭނުންވާ ކަމަށެވެ. އަދި އޭނާގެ އެހުށައެޅުން ވީޑިއޯކޮށް ވަނީ ސޯޝަލް މީޑިއާއަށްވެސް ލާފައެވެ.
04 May 2024
ޚަބަރު
ބައި އިލެކްޝަނަށް ތަރުޙީބު ކުޑަ، ވޯޓުލީ އެންމެ 57 އިންސައްތަ މީހުން
އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ތަފާސް ހިސާބުގައި ވާގޮތުން، މިއަދު ބޭއްވި 6 ބައި-އިލެކްޝަންގައި, 5,167 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިފައި ވެއެވެ. އެހެން ނަމަވެސް ވޯޓު ލާފައި ވަނީ، 3048 މީހުންނެވެ. އެއީ 1486 ފިރިހެނުންނާއި 1562 އަންހެނުންނެވެ.
04 May 2024
ޚަބަރު
ގޯތި ބަދަލުކުރަން ބޭނުންވާ މީހުންނަށް އިތުރު ފުރުޞަތެއް ދީފި
މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުން ވިދާޅުވީ، ސަރުކާރުން ކުރިއަށް ގެންގޮސްފައިވާ ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ގުޅީފަޅަށް ބަދަލުވުމަށް އެ މިނިސްޓްރީން ހުޅުވާލި ފުރަތަމަ ފުރުޞަތުގެ ދަށުން، އެކަމަށް އެދި ހުށަހެޅުއްވި ފަރާތްތަކުގެ އަދަދަށް ރިއާޔަތްކޮށް، 2450 އަދި 2050 އަކަފޫޓުގެ ގޯއްޗަށް އެދި ހުށަހަޅުއްވާފައި ވަނީ ގުޅީފަޅަށް ބަދަލުކުރުމަށް ކަނޑައަޅާފައިވާ އަދަދަށްވުރެ މަދު އަދަދެއްކަމަށްވާތީ އާއި، ގުޅީފަޅަށް ބަދަލުވުމަށް ހުށަހަޅުއްވާފައިވާ ރިކުއެސްޓްތަކަށް ބަލައި ގޯތި އިތުރުކޮށް، ލޭންޑް ޔޫސް ޕްލޭނަށް ވަނީ ބަދަލުގެނެސްފައި ކަމަށެވެ. އެހެން ކަމުން މިގެނެވުނު ބަދަލާއި ގުޅިގެން ތިރީގައި މިވާ ތާވަލުގައި ބަޔާންކޮށްފައިވާ އަދަދަށް ގޯތި ބަދަލުކުރުމުގެ ފުރުސަތު އޮތުމާއެކު، ގިރާވަރުފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ގުޅީފަޅަށް ގޯތި ބަދަލުކުރުމުގެ އިތުރު ފުރުސަތެއް ދޭން ނިންމައި މިއަދުންފެށިގެން އެފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.
04 May 2024
ޚަބަރު
މިއަދު ބޭއްވި 6 ގޮނޑިއެއްގެ ބައި-އިލެކްޝަންސްތަކުގެ ތެރެއިން 4 ގޮނޑި ޕީއެންސީ ކާމިޔާބުކޮށްފި
ނ. ވެލިދޫ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެމްބަރަކު ހޮވުމަށް މިއަދު ބޭއްވި ބައި އިލެކްޝަންގައި، 549 ވޯޓު ހޯދައިގެން، ގޮނޑި ކާމިޔާބުކޮށްފައި ވަނީ، ޕީއެންސީގެ ޓިކެޓްގަިއ ވާދަކުރި، ޢަބުދުﷲ ޢަބްދުއްރައްޒާޤެވެ. އެމްޑީޕީގެ ޓިކެޓްގައި ވާދަކުރި އާމިނަތު ޝިފާޒާއަށް ލިބުނީ، 449 ވޯޓެވެ.
04 May 2024
ޚަބަރު
ޑިސްކައުންޓް ނުހިމަނާ ފޮނުވި ބިލްތައް ދައްކާފައިވާ ފަރާތްތަކަށް އަންނަ މަހު ޑިސްކައުންޓް ދެނީ
އެކަމާއި ގުޅޭ ގޮތުން ސްޓެލްކޯގެ މެނޭޖިންގ ޑައިރެކްޓަރ ހުސައިން ފަޙްމީ މިރޭ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ރައީސް ޑރ. މުއިއްޒު ވަޢުދުވެވަޑައިގެންފައިވާ ގޮތަށް ނިމިދިޔަ ރަމަޟާންމަހު ބޭނުންކޮށްފައިވާ ކަރަންޓާއި ފެނުގެ ބިލްތައް އާންމު މަސްމަހުގެ ބިލްތަކަށްވުރެ ބޮޑު ނުވާނޭހެން ޑިސްކައުންޓު ދިނުމަށް ނިންމައި، އެކަން ސްޓެލްކޯއިން ވާނީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާއި އެއްގޮތަށް ތަންފީޒުކޮށްފައި ކަމަށެވެ.
04 May 2024
ޚަބަރު
ސިޙުރު ޖެހިއްޖެ ކަމުގައި ގަބޫލު ކުރާ މީހުން މިއަދު މިވަނީ ކަންބޮޑުވާން ޖެހޭ މިންވަރަށް އިތުރުވެފައި: ޑރ. މައުރޫފް
ޑރ. މައުރޫފް ޙުސައިން ވިދާޅުވީ، ދީނީ ޢިލްމުވެރިން އެ ކަންތަށް ހިސާބަށްވުރެ ބޮޑު ކުރުމުގެ ނަތީޖާއަކީ ދީންވެރި ވުމުގެ އެއްބަޔަކީ މިފަދަ ނަފްސާނިއްޔަތެއްގެ ތެރެއަށް ވަނުން ކަމުގައި ޢާންމުން ގަބޫލު ކުރަން ފެށުންކަމަށެވެ. އަދި މި ބަލިމަޑުކަން މިވަނީ ރާއްޖޭގައި ނުރައްކާތެރި މިންވަރަށް ފެތުރިފައި ކަމަށާއި، ސިޙުރު ހަދައިފި ކަމަށާއި، ސިޙުރު ހަދާފާނެ ކަމަށާއި، ސިޙުރު ޖެހިއްޖެ ކަމުގައި ގަބޫލު ކުރާ މީހުން މިއަދު މިވަނީ ކަންބޮޑުވާން ޖެހޭ މިންވަރަށް ގިނަވެފައި ކަމުގައިވެސް ޑރ. މަޢުރޫފް ޙުސައިން ވިދާޅުވެފައި ވެއެވެ. އަދި މިއީ ގައުމީ ފެންވަރުގެ ނަފްސާނީ ބަލި މަޑު ކަމެއް ކަމަށާއި، އީމާން ކަން ބަލިކަށި ވުމުގެ ނިޝާނެއް ކަމަށާއި، އެއީ ދެވަނަ އެހެން އެއްވެސް ކަމެއް ނޫން ކަމުގައި ޑރ. މައުރޫފް ލިޔުއްވާފައި ވެއެވެ.
04 May 2024
ޚަބަރު
ހަ ރަށެއްގެ ކައުންސިލްތަކަށް މެމްބަރުން ހޮވުމަށް ބައި-އިލެކްޝަން ތަކުގެ ވޯޓުލުން ފަށައިފި
އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވާފައިވާ ގޮތުގައި މިއަދު ކުރިޔަށް ދަނީ، މ. މަޑުއްވަރީ ކައުންސިލްގެ ރައީސް، ހއ. އުތީމު، ނ. ލަންދޫ، ނ. ވެލިދޫ ކައުންސިލްގެ މެންބަރު އަދި ހއ. ތަކަންދޫ، ރ. އިންނަމާދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި އިލެކްޝަންސް ތަކުގެ ވޯޓު ނެގުމެވެ.