Advertisement

ތިލަފުއްޓާއި ގުޅިފަޅު -- ފޮޓޯ: އެޗްޑީސީ

04 May 2024
ޚަބަރު
ޢަލީ ސުލައިމާން

ގޯތި ބަދަލުކުރަން ބޭނުންވާ މީހުންނަށް އިތުރު ފުރުޞަތެއް ދީފި

ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ދޫކޮށްފައިވާ ބައެއް ގޯތި ގުޅީފަޅަށް ބަދަލުކުރުމަށް އިތުރު ފުރުޞަތެއް ދިނުމަށް ނިންމައިފިއެވެ.

މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުން ވިދާޅުވީ، ސަރުކާރުން ކުރިއަށް ގެންގޮސްފައިވާ ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ގުޅީފަޅަށް ބަދަލުވުމަށް އެ މިނިސްޓްރީން ހުޅުވާލި ފުރަތަމަ ފުރުޞަތުގެ ދަށުން، އެކަމަށް އެދި ހުށަހެޅުއްވި ފަރާތްތަކުގެ އަދަދަށް ރިއާޔަތްކޮށް، 2450 އަދި 2050 އަކަފޫޓުގެ ގޯއްޗަށް އެދި ހުށަހަޅުއްވާފައި ވަނީ ގުޅީފަޅަށް ބަދަލުކުރުމަށް ކަނޑައަޅާފައިވާ އަދަދަށްވުރެ މަދު އަދަދެއްކަމަށްވާތީ އާއި، ގުޅީފަޅަށް ބަދަލުވުމަށް ހުށަހަޅުއްވާފައިވާ ރިކުއެސްޓްތަކަށް ބަލައި ގޯތި އިތުރުކޮށް، ލޭންޑް ޔޫސް ޕްލޭނަށް ވަނީ ބަދަލުގެނެސްފައި ކަމަށެވެ. އެހެން ކަމުން މިގެނެވުނު ބަދަލާއި ގުޅިގެން ތިރީގައި މިވާ ތާވަލުގައި ބަޔާންކޮށްފައިވާ އަދަދަށް ގޯތި ބަދަލުކުރުމުގެ ފުރުސަތު އޮތުމާއެކު، ގިރާވަރުފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ގުޅީފަޅަށް ގޯތި ބަދަލުކުރުމުގެ އިތުރު ފުރުސަތެއް ދޭން ނިންމައި މިއަދުންފެށިގެން އެފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.

މިގޮތުން، 1250 އަކަފޫޓުގެ 196 ގޯއްޗާއި، 1650 އަކަފޫޓުގެ 683 ގޯތި ގުޅިފަޅަށް ބަދަލުކުރުމަށް ފުރުޞަތު ދިނުމަށް ހަމަޖައްސާފައިވާ ކަމުގައި އެމިނިސްޓްރީން ވިދާޅުވިއެވެ.

ހައުސިންގ މިނިސްޓްރީން ވިދާޅުވީ، ގުޅީފަޅަށް ބަދަލުވާން ބޭނުންވާ ގިރާވަރުފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުން ހިޔާވަހި ޕޯޓަލް މެދުވެރިކޮށް ގުޅީފަޅަށް ގޯތި ބަދަލުކުރުމަށް އެދި ހުށައަޅުއްވާނީ، 5 މެއި 2024 ވާ އާދިއްތަ ދުވަހުގެ ހެނދުނު 9:00 އިން ފެށިގެން 13 މެއި 2024 ވާ ހޯމަ ދުވަހުގެރޭ 23:00 އާއި ދެމެދުގައި ކަމަށެވެ.

އެ މިނިސްޓްރީން ވިދާޅުވީ، ކަނޑައެޅިފައިވާ އަދަދަށްވުރެ ގުޅީފަޅަށް ބަދަލުވާން ހުށަހަޅުއްވާ ފަރާތްތަކުގެ އަދަދު އިތުރުވާނަމަ ގުޅީފަޅުން ގޯތި ލިބޭ ފަރާތްތައް ކަނޑައަޅާނީ ގުރުއަތުން ލައިގެން ކަމަށެވެ. އަދި އެ ގުރުއަތު ނެގުން އޮންނާނެ ތާރީޚެއް އެ މިނިސްޓްރީން އާންމުކޮށް އިޢުލާނެކުރާނެ ކަމުގައިވެސް ހައުސިން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.