Advertisement

ސިހުރުހަދާކަމަށް ތުހުމަތު ކުރެވުނު މީހަކާއި ދެކޮޅަށް ކުރި މުޒާހަރާއެއްގެ ތެރެއިން -- ފޮޓޯ: ސޯޝަލް މީޑިއާ

04 May 2024
ޚަބަރު
ޢަލީ ސުލައިމާން

ސިޙުރު ޖެހިއްޖެ ކަމުގައި ގަބޫލު ކުރާ މީހުން މިއަދު މިވަނީ ކަންބޮޑުވާން ޖެހޭ މިންވަރަށް އިތުރުވެފައި: ޑރ. މައުރޫފް

ސިޙުރު ޖެހިއްޖެ ކަމުގައި ގަބޫލު ކުރާ މީހުން މިއަދު މިވަނީ ކަންބޮޑުވާން ޖެހޭ މިންވަރަށް އިތުރުވެފައި ކަމުގައި، އަދާލަތު ޕާޓީގެ ކުރީގެ ނައިބު ރައީސް އަދި ރާއްޖޭގެ މަޝްހޫރު އީއެންޓީ ޑޮކްޓަރު، ޑރ މައުރޫފް ޙުސައިން ވިދާޅުވެއްޖެއެވެ.

ޑރ. މައުރޫފް މިހެން ވިދާޅުވީ، ސިޙުރާއި ސިޙުރުވެރިކަމާއި ގުޅޭ ގޮތުން މިދުވަސްވަރު އުފެދިފައިވާ ކަންބޮޑުވުންތަކާއި ގުޅިގެން އެމަނިކުފާނުގެ އަމިއްލަފުޅު ސޯޝަލް މީޑިއާ އެކައުންޓްގައި ލިޔުއްވި ޕޯސްޓްގައެވެ.

ޑރ. މަޢުރޫފް ވިދާޅުވީ، ސިޙުރު ހާހޫރައިގެ ކަންތަކަކީ އޭގައި ޙަގީގަތެއް އޮތް އެއްޗެއް ކަމުގައި ވީނަމަވެސް ރަށު ފެންވަރާއި ގައުމީ ފެންވަރުގައި އެކަންތައް ހިސާބަށްވުރެ ބޮޑަށް ގަބޫލުކޮށް، އެެއިން ނުނެއްޓެވިގެން އުޅުމަކީ މަތިވެރިވެގެންވާ ރައްބު ވަންތަ ﷲ ސުބުޙާނަހޫ ވަތަޢާލާޔަށް ފުރިހަމަ ގޮތުގައި އީމާންވުމާއި އެ އިލާހަށް ވަކީލު ކުރުމާއި އެއިލާހުގެ އަމުރު ފުޅާއި އިޛުނަފުޅާއި ލައިގެން މެނުވީ ހަމަ އެއްވެސް ކަމެެއް ނުވާނޭ ކަމާއި އެއްވެސް ފަރާތަކަށް ފައިދާ އެއް ނުވަތަ ގެއްލުމެއްވިޔަސް ފޯރުކޮށް ނުދެވޭނެ ކަމުގެ އިޢުތިޤާދު ދަށްވުމުގެ ނިޝާނެއް ކަމުގައި ނޫނީ ނުފެންނަ ކަމަށެވެ. އަދި  އެކަމަށް ދަރު އަޅަނީ ދީނީ ޢިލްމަށް ނިސްބަތްވާ ބައެއް ފަރާތް ތަކުން ކަމުގައި ފެންނަ ކަމުގައިވެސް ޑރ. މައުރޫފް ވިދާޅުވެފައި ވެއެވެ.

ޑރ. މައުރޫފް ޙުސައިން ވިދާޅުވީ، ދީނީ ޢިލްމުވެރިން އެ ކަންތަށް ހިސާބަށްވުރެ ބޮޑު ކުރުމުގެ ނަތީޖާއަކީ ދީންވެރި ވުމުގެ އެއްބަޔަކީ މިފަދަ ނަފްސާނިއްޔަތެއްގެ ތެރެއަށް ވަނުން ކަމުގައި ޢާންމުން ގަބޫލު ކުރަން ފެށުންކަމަށެވެ. އަދި މި ބަލިމަޑުކަން މިވަނީ ރާއްޖޭގައި ނުރައްކާތެރި މިންވަރަށް ފެތުރިފައި ކަމަށާއި، ސިޙުރު ހަދައިފި ކަމަށާއި، ސިޙުރު ހަދާފާނެ ކަމަށާއި، ސިޙުރު ޖެހިއްޖެ ކަމުގައި ގަބޫލު ކުރާ މީހުން މިއަދު މިވަނީ ކަންބޮޑުވާން ޖެހޭ މިންވަރަށް ގިނަވެފައި ކަމުގައިވެސް ޑރ. މަޢުރޫފް ޙުސައިން ވިދާޅުވެފައި ވެއެވެ. އަދި މިއީ ގައުމީ ފެންވަރުގެ ނަފްސާނީ ބަލި މަޑު ކަމެއް ކަމަށާއި، އީމާން ކަން ބަލިކަށި ވުމުގެ ނިޝާނެއް ކަމަށާއި، އެއީ ދެވަނަ އެހެން އެއްވެސް ކަމެއް ނޫން ކަމުގައި ޑރ. މައުރޫފް ލިޔުއްވާފައި ވެއެވެ.

ޑރ. މަޢުރޫފް ވިދާޅުވީ، މުސްލިމުންނަށް އޮތީ ފަރުދީ ގޮތެއްގައި ތިމާމެނަށް ކުޅަދާނަ ވީ މިންވަރަކުން ﷲ އަންގަވާފައިވާ ގޮތަށް ޢަމަލު ކުރުމަށްފަހު އެއިލާހަށް ވަކީލު ކުރުން ކަމަށެވެ.

ދީނީ ޢިލްމުވެސް އުނގެނި ވަޑައިގެން ހުންނެވި، އަދި ކަންފަތާއި ނޭފަތާއި ލޮލުގެ ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތްކުރައްވަމުން ގެންދަވާ ޑރ. މަޢުރޫފަކީ އާއްމު ހޭލުންތެރިކަން އިތުރު ކުރުމަށްވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. 

ސިޙުރު ހެދުމަކީ އިސްލާމްދީނުގައި ޙަރާމް ކުރައްވާފައިވާ ކަމެކެވެ. އަދި ފަހަކަށް އައިސް ރާއްޖޭގައި، މީހުންނަށް ދިމާވާ ޞިއްޙީ މައްސަލަތަކަކީވެސް ސިޙްރުގެ ކަންތައްތައް ކަމުގައި ޤަބޫލުކުރާ މީހުންގެ އަދަދު އިތުރުވެގެން ގޮސް، ސިޙުރު ހަދާކަމަށް ތުހުމަތުކޮށް މީހުން މެރުމުގެ ނުބައި އަމަލުތައްވެސް އަންނަނީ ހިންގަމުންނެވެ. މިގޮތުން ސިހުރު ހަދާކަމަށް ތުހުމަތުކޮށް، އެކަމުގެ އެއްވެސް ސާބިތު ހެއްކަކާއި، ނުލައި ދ. އަތޮޅުގެ ރަށެއްގައި އުމުރުން ދުވަސްވީ ފިރިހެނަކާއި، ނ. އަތޮޅުގެ ރަށެއްގައި އުމުރުން ދުވަސްވީ އަންހެނަކު މަރާވެސް ލާފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
22 Apr 2025
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ކައުންސިލްގެ ކުރެހުމާ ނުލައި ހިޔާވަހި ސްކީމަށް ހުށަހެޅޭ ގޮތް ހަދައިފި
ބޯހިޔާވަހިކަމަށް ދޫކުރާ 'ހިޔާވަހި ފައިނޭންސިންގ ސްކީމަށް' ލޯނަށް, މާލޭ ސިޓީ ކައުންސިލްގެ ކުރެހުން ނެތަސް ހުށަހެޅޭ ގޮތަށް އުސޫލަށް ބަދަލު ގެނެސްފިއެވެ.
22 Apr 2025
މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް
މަސްޖިދުއް ނަބަވީގެ އިމާމު ރާއްޖެ ވަޑައިގަންނަވައިފި
އިމާމު ޑރ. ޞަލާޙުލް ބުދައިރަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުޙަބާ ދެންނެވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު އަދި އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފްގެ އިތުރުން ވުޒާރާގެ އިސްވެރިންނެވެ.
21 Apr 2025
ޚަބަރު
އޮޅުވާލައިގެން ބިން ވިއްކަން އުޅުނު އެޗްޑީސީގެ ކުރީގެ މުވައްޒަފަކަށް ދައުވާކޮށްފި
ހުޅުމާލޭގެ ފޭސް 2 އިން ބިމެއް ވިއްކާނެކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ނެގި މައްސަލައެއްގައި ދައުވާ ކުރުމަށް އޭސީސީއިން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް މިއަދު ހުށަހަޅައިފިއެވެ.
21 Apr 2025
ޚަބަރު
ޖިނާއީ ތަހުގީގަށް ފޮޓޯ ނެގޭނެ ގޮތަށް ބަދަލެއް
ޖިންސީ ގުނަވަން ފިޔަވައި ހަށިގަނޑުގެ ފޮޓޯ ނަގަން ކޯޓު އަމުރުގައި ބަޔާންކުރަނީ، ޖިންސީ ގުނަވަނުގެ ފޮޓޯ ނުނެގޭނެކަން ސާފުކޮށް ބުނެދޭންކަމަށާއި، ފޮޓޯ ނަގަނީ އެ މައްސަލައެއްގައި ބޭނުންވާ މިންވަރަށްކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.