Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު --

06 May 2024
ޚަބަރު
ޢަލީ ސުލައިމާން

ރައީސްގެ ނަސޭހަތް: މީހަކަށް ކުށެއް ކުރެވުނަސް ފަޟީހަތް ނުކުރޭ!

މީހަކަށް ކުރެވޭ ކުށެއްގެ ނާޖާއިޒު ފައިދާ ނަގާ، އެއްވެސް މަޤްސަދެއްގައި ވީޑިޔޯކޮށް ޢާއްމުންގެ ތެރޭގައި ފަޟީހަތްކޮށް ހެދުމަކީ، އަޚްލާޤީ ގޮތުންނާއި އިޖްތިމާޢީގޮތުން ބަލާއިރު އެއްގޮތަކަށްވެސް ކޮށްގެންވާނޭ ކަންކަމެއްނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވެފައި މިވަނީ، އިއްޔެ އެމަނިކުފާނުގެ ޕާޓީ ޕީއެންސީއަށް ނިސްބަތްވާ އިންތިޚާބީ މަޖިލިސް މެމްބަރު ޢިމްރާން ލަތީފްއަށް ތާއީދު ކުރާ ބައެއް ފަރާތްތަކުން ކުރީގެ ހޯމް މިނިސްޓަރ އިމްރާންގެ ކާރުގައި މީހެއްގެ ޕިކަޕުން ޖެހި ހިނގި އެކްސިޑެއްޓެއްގެ ތެރެއަށް ޢިމްރާން ލަތީފް ވަދެ، ހިންގި އަމަލުތަކެއްގެ ވީޑިއޯ އެއް ސޯޝަލް މީޑިއާގައި ޕޯސްޓްކޮށް ދައުރުކުރަމުންދާ ދަނޑިވަޅެއްގައެވެ.

އެވީޑިއޯ އާއި ގުޅިގެން ޝައިޚް އިމްރާއަށް ބައެއް ފަރާތްތަކުން ފާޑުކިޔާފައި ވާއިރު، އިމްރާން ލަތީފަށްވެސް ބައެއް ފަރާތްތަކުން ވަނީ ފާޑު ކިޔާފައެވެ. އެކްސިޑެންޓެއް ހިނގުމުން ފުލުހުންނަށް ރިޕޯޓްކުރުމަކީޤާނޫނީ ގޮތުން ލާޒިމް ކަމެއް ނަމަވެސް އެކްސިޑެންޓާއި ގުޅިގެން އާއްމުކޮށްފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި އިންތިޚާބީ މެމްބަރު އިމްރާން ލަތީފް މަސައްކަތް ކުރައްވާފައި ވަނީ، އެ އެކްސިޑެންޓް ފުލުހުންނަށް ރިޕޯޓް ނުކޮށް މައްސަލަ ނިންމާލުމަށް ބާރު އަޅާ މޭރުމަކުންނެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވާފައިވާ ޕޯސްޓުގައި ވިދާޅުވީ، 

ކުށެއް ކޮށްފި މީހަކާއިމެދު ކަންކުރާނޭ ގޮތް ޤާނޫނުގައި ބަޔާންކޮށްފައި ވާކަމަށާއި، އެކަމަށް ފިޔަވަޅު އަޅަން މުއައްސަސާތަކާއި ޤާނޫނީ ނިޒާމު ޤާއިމް ކުރެވިފައިވާ ކަމަށެވެ.

"ދީނީ ގޮތުންނާއި އިޖްތިމާޢީގޮތުން އޮންނަ ރިވެތި މިންގަނޑުތައް ދޫކޮށް ޤާނޫނުގެ ވެރިކަން އަމިއްލަ އަތްމައްޗަށް ނެގުމަކީ މުޖްތަމަޢުން ނައްތާލަން މި މަސައްކަތްކުރާ ބަދަލު ހިފުމުގެ ރޫޙު ނައްތާލުމަށްވެސް އެޅޭ ހުރަހަކަށްނޫނީ ނުވޭ! އަޅުގަނޑުމެން އެންމެންނަކީ އޯގާތެރި، ކުލުނުވެރި، އަދި ޒިންމާދާރު މުޖުތަމަޢެއް ބިނާކުރުމުގައި ޒިންމާދާރު ބަޔަކަށް ވަމާތޯ!" 

ރައީސުލްޖުމްހޫރިއްތާ ޑރ. މުޙައްމަދު މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާގެ މި ޕޯސްޓާއި ގުޅިގެން ވަރަށް ގިނަ ބަޔަކު ވަނީ އެމަނިކުފާނަށް ޝުކުރު އަދާކޮށް ތަޢުރީފްކޮށްފައެވެ. އޭގެ ތެރޭގައި އިދިކޮޅު ފަރާތްތަކާއި އެމަނިކުފާނަށް ތާޢީދު ކުރާ ފަރާތްތައްވެސް ހިމެނެއެވެ.

އޯގާތެރި އަމާން މުޖުތަމަޢެއް ޤާއިމްކޮށްދިނުމާއި، ރައްޔިތުންގެ މެދުގައި ހަމަހަމަ ކަމާއި ޢަދުލުވެރިކަން ޤާއިމްކޮށްދެއްވުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އެންމެ މުހިއްމު ސިޔާސަތުކަމުގައި އެމަނިކުފާނު ގެންދަވަނީ ވިދާޅުވަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.