Advertisement

ސިޓީ ކައުންސިލުން މާލެތެރެ ފޮގް ކުރުން ---

07 May 2024
ޚަބަރު
ޢަލީ ސުލައިމާން

ޑެންގޫ ހުމާއި ޗިކުންގުންޔާ ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް މައްޗަށްދާން ފަށައިފި

ރާއްޖޭގައި މިދުވަސްވަރު ޑެންގޫ ހުމާއި ޗިކުންގުންޔާ ފެތުރުން ފާއިތުވި ހަފްތާގައި ބަލި ޖެހުނު މީހުންގެ އަދަދު ވަރަށް ބޮޑަށް މައްޗަށް ގޮސްފައިވާކަން އެޗްޕީއޭއިން އާއްމުކުރި ތަފާސް ހިސާބުތަކުން ހާމަވެއްޖެއެވެ،

އެޗްޕީއޭއިން ހާމަކޮށްފައިވާ ނިމުނު ހަފްތާގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ނިމުނު ހަފްތާގައި 40 މީހަކަށް ޑެންގޫހުން އަދި، 58 މީހަކަށް ޗިކުންގުންޏާ ޖެހިފައިވެއެވެ. ތަފާސް ހިސާބުތަކަށް ބަލާއިރު، އޭޕްރީލް މަހު، ޖުމުލަ 239 މީހުންނަށް ޑެންގޫހުން ޖެހުނު އިރު، 177 މީހުންނަށް ޗިކުންގުންޔާ ޖެހިފައިވެއެވެ، އަހަރު ފެށުނީއްސުރެ، ޑެންގޫހުމުގެ ކޭސްތައް ފެންނަމުން އައި ނަމަވެސް ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ޗިކުންގުންޔާ ބޮޑަށް ފެތުރެން ފަށާފައި ވަނީ، އޭޕްރީލް މަހުން ފެށީގެންނެވެ.

މިގޮތުން ޑެންގޫ ހުމާއި، ޗިކުންގުންޔާ އެންމެ ބާރަށް ފެތުރެމުން އަންނަނީ، މާލެ ސަރަހައްދުގައެވެ. އަދި ޗިކުންގުންޔާ އެންމެ ބޮޑަށް ފެތުރެމުން އަންނަނީ މާލޭގައި ކަމަށް ވާއިރު، ޑެންގޫހުން އެންމެ ބޮޑަށް ފެތުރެއްމުން އަންނަނީ ހުޅުމާލޭގައެވެ. މާރިޗު މަހުގެ 25 އިން މެއި މަހުގެ 4 ވަނަ ދުވަހާއި ހަމައަށް މާލެއިން އެކަނިވެސް 193 މީހަކަށް ޗިކުންގުންޔާ ޖެހިފައިވާއިރު، އެމުއްދަތުގައި، ހުޅުމާލެއިން ޗިކުންގުންޔާ ޖެހިފައި ވަނީ 40 މީހުންނަށެވެ.

މާރިޗު މަހުގެ 25 އިން މެއި މަހުގެ 4 ވަނަ ދުވަހާއި ހަމައަށް ހުޅުމާލެއިން، 142 މީހުންނަށް ޑެންގޫހުން ޖެހުނު އިރު އެމުއްދަތުގައި، މާލެއިން ޑެންގޫހުން ޖެހިފައި ވަނީ 47 މީހުންނަށެވެ. އަތޮޅުތަކުގެ ތެރެއިންވެސް އެންމެ ބޮޑަށް ޑެންގޫހުން ފެތުރެމުން އަންނަނީ މާލެ އަތޮޅުގެ ރަށްތަކުގައެވެ. މާލެ ފިޔަވައި މާލެ އަތޮޅުގައި ހިމެނޭ ރަށްތަކުން ހުސްވި މަހުގައި 32 މީހަކަށް ޑެންގޫހުން ޖެހުނުކަމުގައި ރިޕޯޓްކޮށްފައިވެއެވެ.

ޑެންގޫހުމާއި، ޗިކުންގުންޔާއަކީ މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތަކަކަށް ވާތީ، މަދިރިއުފެދޭ ތަންތަން ނައްތާލުމާއި، ފޮގް ކުރުމުގެ ހަރަކާތްތައް މާލޭ ސިޓީ ކައުންސިލުން ގެންދަނީ ކުރަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.