Advertisement

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސީނިއަރ ސްޕޯކްސް ޕަރސަން ހީނާ ވަލީދު --

06 May 2024
ޚަބަރު
ޢަލީ ސުލައިމާން

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ތެރެއިން މިހާތަނަށް 51 މީހަކު ވަނީ އަނބުރާ ގެންގޮސްފައި

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ތެރެއިން މިހާތަނަށް 51 މީހަކު ވަނީ އަނބުރާ އިންޑިއާއިން އެޤައުމަށް ގެންގޮސްފައި ކަމުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސް ޕަރސަން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ހީނާ ވިދާޅުވީ، މިހާތަނަށް ރާއްޖެއިން ގެންގޮސްފައި ވަނީ، ދެ ޕްލެޓްފޯމެއްގައި ތިބި 51 ސިފައިން ކަމަށާއި، މެއި މަހުގެ 10 ވަނަ ދުވަހުގެ ކުރިން ރާއްޖޭގައި ތިބި ހުރިހާ ސިފައިން އިންޑިއާއިން އަނބުރާ ގެންދާނެ ކަމަށެވެ. އަދި އެމީހުންގެ ބަދަލުގައި، ރާއްޖެއަށް އައި އިންޑިއާގެ މަދަނީންގެ އަދަދު އެތާރީޚަށްފަހުގައި ހާމަކުރައްވާނެ ކަމަށް ހީނާ ވިދާޅުވިއެވެ.

މީގެ އިތުރުން ހީނާ ވަނީ، ފޮރިން މިނިސްޓަރ މޫސާ ޒަމީރު މިމަހުގެ ތެރޭގައި އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާނެ ކަމުގައިވެސް ވިދާޅުވެފައެވެ.

އިންޑިއާ ސިފައިން ރާއްޖެއިން އަނބުރާ ފޮނުވާލުމަށް ސަރުކާރުން ނިންމާފައިވާ ނިންމުން ތަންފީޒުކޮށް ނިންމުމަށް ބާކީ އޮތީ 4 ދުވަހެވެ. ރާއްޖޭގައި ތިިބި އިންޑިއާގެ ހުރިހާ ސިފައިން މިހަފްތާގެ ހުކުރު ދުވަހުގެ ކުރިން އަނބުރާ ޤައުމަށް ގެންދިޔުމަށް، އިންޑިއާއިން ވަނީ އެއްބަސްވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.