Advertisement

އދ.ގެ އާއްމު މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން ---

10 May 2024
ޚަބަރު
ޢަލީ ސުލައިމާން

ފަލަސްޠީނަށް އދ. ގެ ފުރިހަމަ މެމްބަރު ކަމުގެ ދަރަޖަ ދިނުމަށް ފާސްކޮށްފި

އެކުވެރި ދައުލަތްތަކުގެ ޖަމިއްޔާ އދ. ގެ ފުރިހަމަ މެމްބަރުކަން ފަލަސްޠީނަށް ދިނުމަށް، ޔުނައިޓެޑް އެރެބް އެމިރޭޓްސްއިން އިން ހުށައެޅި ހުށައެޅުން އދ.ގެ އާއްމު މަޖިލީހުން މިރޭ ފާސްކޮށްފިއެވެ.

މިހުށައެޅުން ފާސްކޮށްފައި ވަނީ، އދ. ގައި ހިމެނޭ 143 ޤައުމެއްގެ ވޯޓާއި އެކުގައެވެ. ފަލަސްޠީނަށް އދ، ގެ ފުރިހަމަ މެމްބަރުކަން ދިނުމާއި ދެކޮޅަށް ވޯޓު ދީފައި ވަނީ 9 ޤައުމުންނެވެ.

ފަލަސްޠީނަށް ފުރިހަމަ މެމްބަރުކަން ދިނުމަށް ދެކޮޅު ހެދި ޤައުމުތަކުގެ ތެރޭގައި ހިމެނެނީ؛

އެމެރިކާ

އިޒްރޭލް

އާޖެންޓީނާ

ޗެކްރިޕަބްލިކް

ހަންގޭރީ

މައިކްރޯނޭޝިޔާ

ނައޫރޫ

ޕަލާއު

ޕަޕުއާ ނިއުގިނީ ؛ އެވެ.

ފަލަސްޠީނަށް ފުރިހަމަ މެމްބަރުކަން ދިނުމަށް ދެކޮޅު ހަދާފައި ވަނީ، ޔަހޫދީންގެ ކޮންޓްރޯލް އޮންނަ ޔޫރަޕާއި އެމެރިކާ ބައްރުގެ ޤައުމުތަކާއި، ދެކުނު ޕެސިފިކް ކަމޑުގެ ޖަޒީރާ ކުދި ޤައުމުތަކުގެ ތެރެއިން ޔޫރަޕްގެ ޤައުމުތަކުން ކޮންޓްރޯލް ކުރާ ކުދި ޤައުމުތަކުންނެވެ.

މިރޭ ބޭއްވި އދ.ގެ އާއްމު މަޖިލީހުގެ 10 ވަނަ ކުއްލި ބައްދަލުވުމުގައި، ފާސްކުރި މިޤަރާރަކީ ދިވެހިރާއްޖެއިން ކޯ ސްޕޮންސަރކޮށްފައިވާ ޤަރާރެކެވެ. މިހާތަނަށް ފަލަސްޠީނު ހިމަނާފައި ވަނީ، އދ.ގެ އޮބްޒާވަރ ޤައުމެއްގެ ގޮތުގައެވެ. މިޤަރާރު ފާސްވި ނަމަވެސް އަދިވެސް އދ. ގެ މެމްބަރު ޤައުމުތަކަށް ލިބިދެވޭ ހުރިހާ ޙައްޤެއް ފަލަސްޠީނަކަށް ނުލިބެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.