Advertisement

މޯލްޑިވިއަން އިން އަލަށް ގެނައި މަތިންދާ ބޯޓު --

09 May 2024
ޚަބަރު
ޢަލީ ސުލައިމާން

މޯލްޑިވިއަންގެ ފްލީޓަށް އިތުރު ބޯޓެއް ގެނެސްފި

މޯލްޑިވިއަންގެ ފްލީޓްގައި ބޭނުން ކުރުމަށް މުޅިން އައު، 42-600 މަރުކާގެ މަތިންދާބޯޓެއް ގެނެސްފިއެވެ.

މިބޯޓު ރާއްޖެއަށް ގެނެސްފައި ވަނީ މިއަދު އެވެ. ބޯޓު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ޖެއްސުމުން ވަނީ، ވޯޓާ ސެލިއުޓްއަކުން މަރުހަބާ ކިޔާފައެވެ.

މޯލްޑިވިއަން އިން އެކުންފުނީގައި ބޭނުންކުރާ ބޯޓުތައް، އޭޓީއާރް މަރުކާގެ ބޯޓުތަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، މިއީ މޯލްޑިވިއަން އިން އެއާލައިންގެ ފްލީޓްގައި ބޭނުން ކުރުމަށް ގެނައި އޭޓީއާރް މަރުކާގެ 4 ވަނަ ބޯޓެވެ.

އައު ބޯޓު ރާއްޖެ ގެނައުމާއި ގުޅޭ ގޮތުން މޯލްޑިވިއަން އިން ބުނެފައި ވަނީ، އޭޓީއާރް 42-600 މަރުކާގެ މަތިންދާބޯޓަކީ، ޒަމާނީ ޓެކްނޮލޮޖީއާއެކު ބޭނުން ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ބޯޓެކެވެ.

މޯލްޑިވިއަންއިން ބުނީ، އެ އެއާލައިންގެ ފްލީޓަށް އިތުރު ކުރެވުނު މިބޯޓާއިއެކު ޚިދުމަތްތައް ރަނގަޅު ކުރެވި ކަނެކްޓިވިޓީ އިތުރު ކުރެވޭނެ ކަމަށެވެ. އަދި މިބޯޓުގައި 30 އާއި 50 އާއި ދެމެދުގެ އަދަދެއްގެ ފަސިންޖަރުން އުފުލޭނެ ކަމުގައިވެސް މޯލްޑިވިއަނުން ބުނެފައި ވެެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.