Advertisement

ގެއްލިގެން ހޯދަމުން ދިޔަ ދޯނި ފެނިގެން އަސުރުމާ-3 އިން ޕޯސްޓް ކުރި ފޮޓޯ ---

20 May 2024
ޚަބަރު
ޢަލީ ސުލައިމާން

ހުކުރު ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުން ދިޔަ ދޯނި، ރާއްޖޭގެ ބޭރު ކަނޑުން ފެނިއްޖެ

މިދިޔަ ހުކުރު ދުވަހުގެ ހެނދުނު 6:00 ގައި ކ. ތިލަފުށިން ފުރިފަހުން ޚަބަރެއް ނުވެގެން ހޯދަމުންދާ ދޯނި ފެނިފައިވާ ކަމަށް އެމްއެންޑިއެފުން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ އެދޯނި ފެނުނު ސަރަހައްދަށް ދިޔުމަށްޓަކައި ކޯސްޓްގާޑު ޝިޕް ޝަހީދު ޢަލީ މިހާރު ދަތުރުކުރަމުންދާ ކަމަށެވެ. ގެއްލިގެން ހޯދަމުން ދާ ދޯނި AAA-37 ދޯނި ފެނިގެން ރިޕޯޓްކޮށްފައި ވަނީ، ކަންނެލި މަސްވެރިކަން ކުރާ އުޅަނދެއް ކަމުގައިވާ އަސުރުމާ -3 އިންނެވެ. އަސުރުމާ-3 ދޯނިން ވަނީ، ގެއްލިގެން ހޯދާ AAA-37 ދޯނި ދަތުރުކުރަމުންދާ މަންޒަރު ފެންނަ ފޮޓޯއެއްވެސް އާއްމުކޮށްފައެވެ.

ގެއްލިގެން 3 ދުވަސް ވަންދެން ހޯދި އެދޯންޏަށް ދިމާވީ ކޮން ކަމެއް ކަމެއް މިހާތަނަށް އެނގިފައެއް ނުވެއެވެ.

އެދޯނި ގެެއްލުުނު ކަމަށް ރިޕޯޓު ކުރުމާއި އެކު ދޯނި ހޯދުމުގެ މަސައްކަތުގައި ސިފައި ވަރަށް ބުރަކޮށް މަސައްކަތް ކޮށްފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.