Advertisement

ފޮޓޯ: މޯލްޑިވްސް އިމިގްރޭޝަން

19 May 2024
މޯލްޑިވްސް އިމިގްރޭޝަން
މިފްތާޙް މުޙައްމަދު

ވަރކް ވިސާގެ ޚިދުމަތް ހޯދުމުގައި ލުއިފަސޭހަކޮށްދިނުމަށް އިމިގްރޭޝަނުން ޒަމާނީ ބަދަލެއް ގެނަސްފި

ވާރކް ވިސާގެ ޚިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަކޮށްދީ، އެ ފަރާތްތަކުގެ ވަގުތު ސަލާމަތްކޮށްދިނުމުގެ މަޤުސަދުގައި މޯލްޑިވްސް އިމިގްރޭޝަނުން ޒަމާނީ ބަދަލެއް ގެނަސްފިއެވެ. އެގޮތުން، މިއަދުން ފެށިގެން މި ޚިދުމަތް ފޯރުކޮށްދިނުމުގައި "އޭންޓް ކިޔޫ" އެޕްލިކޭޝަން ބޭނުންކުރުމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، މުޙައްމަދު ޝަމްޢާން ވަހީދު ނިންމާފައިވާކަމަށް، އެ އިދާރާއިން ވަނީ މިއަދު ހާމަކޮށްފައެވެ.

މީގެ ކުރިން ވާރކް ވިސާގެ ޖެހުމަށްފަހު ޕާސްޕޯޓާއި ހަވާލުވުމަށް އަންނަ ފަރާތްތަކަށް ކިއު ނަންބަރު ދޫކުރަމުން ދިޔައީ އިމިގްރޭޝަނަށް ހާޒިރުވުމުންނެވެ. އެހެންކަމުން، އެފަރާތެއްގެ ނަންބަރު ޖެހެންދެން އިމިގްރޭޝަންގައި މަޑުކުރަން ޖެހެއެވެ. އަދި ގިނަ ވަގުތު ކިއުގައި މަޑުކުރަން ޖެހުމުން، މި ޚިދުމަތް ހޯދާ ފަރާތްތަކުގެ ޝަކުވާ ލިބެމުން ދިޔަކަމަށް އިމިގްރޭޝަނުން ހާމަކޮށްފައިވެއެވެ.

ނަމަވެސް "އޭންޓް ކިޔޫ" އާއިއެކު އިމިގްރޭޝަނުން މިވަނީ މިކަން ލުއިފަސޭހަކޮށްދީފައެވެ. އެ އިދާރާއިން ހާމަކުރާގޮތުގައި، ވަރކް ވިސާގެ މި ޚިދުމަތް ހޯދުމަށް ކަނޑައެޅިފައިވާ ގަޑީގައި "އޭންޓް ކިޔޫ" މެދުވެރިކޮށް ކޮންމެ ތަނެއްގައި ހުރެވެސް އޮންލައިންކޮށް ނަންބަރު ނަގާލެވޭނެއެވެ. އަދި ކިއުގެ ޚިދުމަތް ދެމުންދާ ތަރުތީބު ވަގުތުން ބަލާލެވޭނެއެވެ.

ވަރކް ވިސާ ޖެހުމަށްފަހު ޕާސްޕޯޓާއި ހަވާލުވުމަށް ނަންބަރު ނެގުމަށްޓަކައި "އޭންޓް ކިޔޫ" އެޕްލިކޭޝަން މެދުވެރިކޮށް ފަހެއް ނުވަތަ އެއަށްވުރެ މަދު ޕާސްޕޯޓާއި ހަވާލުވާ ފަރާތްތަކުން ނަންބަރު ނަގަންޖެހެނީ ހެނދުނު 9:00 އިން 10:30 އާއި ދެމެދުގައެވެ. މި ނަންބަރު ތަކަށް ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު 10:00 އިން މެންދުރުފަހު 3:00 އަށެވެ.

ހައެއް ނުވަތަ އެއަށްވުރެ ގިނަ ޕާސްޕޯޓާއި ހަވާލުވާ ފަރާތްތަކުން ނަންބަރު ނަގަންޖެހޭނީ، މެންދުރު 11:30 އިން 12:30 އާއި ދެމެދުގައެވެ. މި ނަންބަރު ތަކަށް ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ މެންދުރު 1:15 އިން 03:00 އަށެވެ.

އިމިގްރޭޝަނުން އިތުރަށް ހާމަކޯށްފައިވާ ގޮތުގައި،  ނަންބަރު ނެގުމަށްޓަކައި ސަބްމިޝަން ރިސިޓްގައި ހިމެނޭ ޕީ.ޕީ.އެޗް ނަންބަރ އަދި ބޮކްސް ނަންބަރު ޖެހުމަށްފަހު، ސަބްމިޝަން ރިސިޓް އަޕްލޯޑް ކޮށްލުމުން ނަންބަރު ނެގޭނެއެވެ. އަދި އެއް ޕީ.ޕީ.އެޗް ނަންބަރު ނުވަތަ އެއް ބޮކްސް ނަންބަރަށް ވުރެ ގިނައިން ވެސް މި ބައިގައި ޖެހޭނެކަމަށް އިމިގްރޭޝަނުން ބުނެއެވެ.

ވާރކް ވިސާއަށް އެދި ހުށަހެޅުމަށް އެންމެ ފުރަތަމަ ޖެހެނީ އީގަވް މެދުވެރިކޮށް ޕާސްޕޯޓު ބަޔޯ ޑާޓާ ޕޭޖުގެ ކުލަ ކޮޕީއަކާއި، ޕާސްޕޯޓު ސައިޒުގެ ޑިޖިޓަލް ފޮޓޮއެއް ހުށަހަޅާށެވެ. އަދި މި ލިޔެކިޔުން އެޕްރޫވްކުރުމުން، ޕާސްޕޯޓު ހުށަހެޅުމަށް އޮންލައިންކޮށް އެޕޮއިންޓްމެންޓެއް ހެއްދޭނެއެވެ. އެއަށްފަހު އެޕޮއިންޓްމެންޓުގެ ގަޑީގައި އިމިގްރޭޝަނަށް ހާޒިރުވެ، ވިސާ ޖެހުމަށް ޕާސްޕޯޓު ހުށަހެޅޭނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.