ޚަބަރު
26 May 2024
ފަލަސްތީން
އައިސީޖޭގެ އަމުރަށް ބެލުމެއްނެތި އިޒްރޭލުން ދަނީ ގާޒާއަށް ބޮން އަޅަމުން
ގާޒާގެ ރަފާހްއަށް ދެމުންގެންދާ ހަމަލާތައް ވަގުތުން ހުއްޓާލުމަށް މިދިޔަ ހުކުރު ދުވަހު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން އިޒްރޭލުގެ މައްޗަށް އަމުރުކޮށްފައި ވަނިކޮށް، އެކަމަށް ބެލުމެއްނެތި އިޒްރޭލުން ގާޒާގެ ރަފާހްއަށް ހޮނިހިރު ދުވަހު ބޮން އަޅައިފިއެވެ. ރިޕޯޓުތައް ބުނާ ގޮތުން، މި ހަމަލާތަކުގައި ގިނަ ބަޔަކުވަނީ ޝަހީދުވެފައެވެ.
26 May 2024
ރ. އުނގޫފާރު
އުނގޫފާރުގައި ކަރަންޓު ޖެހިގެން ހާލު ސީރިއަސްވި ކުއްޖާ މާލެ ގެނަސްފި
ރ. އުނގޫފާރުގައި މަގުބައްތި ހޮޅި ދަނޑިއަކުން ކަރަންޓުގައި ޖެހުނު ދެ ކުދިން ސަލާމަތްކުރުމަށް ފެންގަނޑަށް އެރުނު 18 އަހަރުގެ ޒުވާނާއަށް ވެންޓިލޭޓަރުގައި ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް އިއްޔެ މާލެ ގެނަސްފިއެވެ.
26 May 2024
ޚަބަރު
ގެއްލިގެން ހޯދަމުން ދިޔަ އަންހެން ކުއްޖާ ފެނިއްޖެ
ގެއްލިގެން ހޯދަމުން ދިޔަ 14 އަހަރުގެ އާއިޝަތު ޒޯޔާ ފިކުރީ ފެނިފައިވާކަމަށް ފުލުހުން ހާމަކޮށްފިއެވެ. ފުލުހުން މިކަން ހާމަކޮށްފައިވަނީ ރޭގެ މެންދަމުން އަލިވެ 1 ޖެހިއިރުއެވެ.
25 May 2024
ޚަބަރު
ސާދަ އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
ސާދަ އަހަރުގެ އަންހެން ކުއްޖަކު އާއިލާއަށް ހަބަރެއްނުވެ ގެއްލިފައިވާތީ، އެ ކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަކަމަށް އެ އިދާރާއިން މިރޭ އިރާކޮޅު ހާމަކޮށްފިއެވެ. ގެއްލިގެން ހޯދަމުންދަނީ އާއިޝަތު ޒޯޔާ ފިކުރީ ނަމަކަށް ކިޔާ ކުއްޖެކެވެ.
25 May 2024
ޚަބަރު
ކައްދޫން މާލެ އައި މޯލްޑިވިއަންގެ ފްލައިޓް ވެލާނާ އެއާޕޯޓުގައި ނުޖެއްސިގެން އަނބުރާ ގޮސް ކައްދޫ އެއާޕޯޓުގައި ޖައްސައިފި
މިއަދު އިރު އޮއްސުނު ވަގުތު މާލެ ސަރަހައްދަށް ވަރަށް ބޮޑަށް މޫސުމް ގޯސްވެ ވެލާނާ އެއާޕޯޓުގައި ފްލައިޓްތައް ޖައްސަން އުނދަގޫވިއެވެ. މިގޮތުން ބައެއް ޑޮމެސްޓިކް ފްލައިޓްތަކާއި އިންޓަރނޭޝަނަލް ފްލައިޓްތައްވެސް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ނުޖެއްސިގެން މަތީގައި މަޑު ކުރަން ޖެހުނެވެ.
25 May 2024
ޚަބަރު
ސީޕްލޭން ޓާމިނަލް ހުޅުމާލޭގެ އުތުރުން އޮންނަ ފުލްމޫން ރިޒޯޓަށް ބަދަލުކުރަން ނިންމައިފި
އައު ސީޕްލޭން ޓާމިނަލް ހުޅުވިތާ ދެ އަހަރު ފަހުން، އެތަން ޝެރަޓަން ފުލް މޫން ރިޒޯޓަށް ބަދަލުކުރަން ނިންމާފައިވާކަމަށް އިކޮނޮމިކް މިނިސްޓަރު، މުހައްމަދު ސައީދު، މިއަދު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
25 May 2024
ޚަބަރު
ބުރިޖު ކައިރިން އޮޔާ ދަނިކޮށް މަރުވެފައި އޮތް އަންހެނަކު ފެނިއްޖެ
ސިނަމާލެ ބުރިޖު ކައިރިން މަރުވެފައި އޮތް އަންހެނަކު އޮޔާ ދަނިކޮށް ފެނިއްޖެއެވެ. މި އަންހެންމީހާ ފެނިފައިވަނީ އެ ސަރަހައްދުން ދުއްވާފައި ދިޔަ ލޯންޗަކަށެވެ.
25 May 2024
ޚަބަރު
ކަރަންޓުގައި ޖެހުނު ދެ ކުދިން ސަލާމަތްކުރި ކުއްޖާ އޮތީ ވެންޓިލޭޓަރުގައި
ރ. އުނގޫފާރުގައި މަގުބައްތި ހޮޅި ދަނޑިއަކުން ކަރަންޓުގައި ޖެހުނު ދެ ކުދިން ސަލާމަތްކުރުމަށް ފެންގަނޑަށް އެރުނު 18 އަހަރުގެ ޒުވާނާއަށް ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގައި ކަމަށް "ނޫން" އަށް އެނގިއްޖެއެވެ.
25 May 2024
ފަލަސްތީން
ރަފާއަށްދޭ ހަމަލާތައް ހުއްޓާލުމަށް އައިސީޖޭއިން އިޒްރޭލަށް އަމުރުކޮށްފި
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ފަލަސްތީނުގެ ނަސްލު ނެތިކޮށްލުމަށް އިޒްރޭލުން ހިންގަމުންދާ ޖަރީމާ މެދުކެނުޑުމެއްނެތި ކުރިޔަށްދަނިކޮށް، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން މިހާތަނަށް ކުރި އެންމެ ވަރުގަދަ އަމުރު އިއްޔެ އިޒްރޭލުގެ މައްޗަށް ކޮށްފިއެވެ. އެގޮތުން އައިސީޖޭއިން އިޒްރޭލަށް އަމުރުކޮށްފައިވަނީ، ގާޒާގެ ރަފާއަށް ދެމުންގެންދާ ހަމަލާތައް ވަގުތުން ހުއްޓާލުމަށެވެ.
25 May 2024
ޚަބަރު
ސްރީލަންކާއިން ވިސާ ދިނުމަށް ގެނައި ބަދަލުތަކުން ދިވެހިންނަށް އަސަރެއް ނުކުރާނެ!
މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ވިދާޅުވީ، ދިވެހިރާއްޖެއާއި ސްރީލަންކާ އާއި ދެމެދުވެފައިވާ އެއްވެސް އެއްބަސްވުމަކަށް ބަދަލެއް އައިސްފައި ނުވާ ކަމަށެވެ. އަދި އޮން އެރައިވަލް ވިސާ ކުރިއެކޭ އެއްގޮތަށް ލިބުނު ނަމަވެސް، އަލަށް ގެނައި ބަދަލާއި އެކު އިތުރު ހަމަސް ދުވަހަށް ވިސާގެ މުއްދަތު އިތުރު ކުރަން ހުށައަޅަން ޖެހެނީ އަަލަށް ޤާއިމްކޮޮށްފައިވާ ޕޯޓަލް މެދުވެރިކޮށެވެ.
25 May 2024
ޚަބަރު
މާލޭގެ ގެސްޓްހައުސެއްގައި މީހަކު ރަހީނު ކުރި ދެ ބިދޭސީން ހައްޔަރުކޮށްފި
ފުލުުހުންގެ އިދާރާއިން ވިދާޅުވީ، މާލޭގެ ގެސްޓް ހައުސެއްގެ ތެރޭގައި ބަންދުކޮށްގެން ގެންގުޅުނު، ނޭޕާލްގެ ފިރިހެނަކު ފުލުހުން ސަލާމަތްކޮށްފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅުކަމަށެވެ. އަދި އޭނާ ބަންދުކޮށްގެން ގެންގުޅުނު މައްސަލައިގައި ބަނގުލަދޭޝްއަށް ނިސްބަތްވާ ބިދޭސީ ދެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
25 May 2024
ޚަބަރު
ސިޑްސްގެ ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ފުރާވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުަރައްވާފައިވާ ގޮތުގައިި، މި މެއިމަހު 27 ގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ސަމިޓްގެ ޕްލީނަރީ ސެޝަންގައި ދިވެހިރާއްޖޭގެ ބަޔާން އިއްވަވާނީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒެވެ. މީގެ އިތުރުން ސިޑްސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވާ ބޭރު ޤައުމުތަކުގެ ވަފްދުތަކުގެ މަތީފަންތީގެ ބައެއް ބޭފުޅުންނާއި ވެސް ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވާނެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒަކީ އ.ދ.އިން އިންތިޒާމުކުރާ މި ކޮންފަރެންސްގެ ނައިބު ރައީސުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަދި މި ކޮންފަރެންސްގައި ހިމެނޭ ފަސް އިންޓަރެކްޓިވް ޑައިލޯގުގެ ކޯޗެއަރވެސް މެއެވެ.
25 May 2024
ޚަބަރު
ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ޒީނާޒް ހަމަޖައްސައިފި
ޒީނާޒަކީ، ސިޔާސީ ދާއިރާ އާއި އިޖުތިމާއީ ޚިދުމަތުގެ ދާއިރާގައިވެސް މަސައްކަތް ކުރައްވާ ބޭކަނބަލެކެވެ. ކުރީގެ ރައީސް ޢަބުދުﷲ ޔާމީން ޢަބުދުލްޤައްޔޫމްގެ ވެރިކަމުގައި، އޭރު ސަރުކާރު ހިންގާ ޕާޓީގެ ގޮތުގައި އޮތް ޕީޕީއެމްގެ އިސް މަޤާމުތައްވެސް ޒީނާޒް ފުރުއްވާފައިވެއެވެ. މީގެ އިތުރުން ކުޑަކުދިންގެ ހިޔާގެ ސީއީއޯގެ މަޤާމުވެސް އޭނާ ފުރުއްވާފައިވެއެވެ.
23 May 2024
ޚަބަރު
ނުރައްކާތެރި މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ޗައިނާ ވައިޓް ރާއްޖޭގައި ދައުރުވަނީ
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މަސްތުވާތަކެތީގެ ނުރައްކާތެރި ބާވަތެއް ކަމުގައިވާ، "ފެންޓަނީލް-ލޭސްޑް ޑްރަގްސް" އާއްމު ނަމުންނަމަ، "ޗައިނާ ވައިޓް" ބައިނަލްއަޤުވާމީ މާކެޓުގައި އުފައްދައި ދައުރުކުރަމުން އަންނަ މިންވަރު އިތުރުވެފައިވާ ކަމަށެވެ. އަދި އެއީ ބާރުގަދަ ކެމިކަލްތަކެއްތަކެއް އެއްކޮށްގެން އުފައްދާ އެއްޗަކަށްވާއިރު، އޭގެ ސަބަބުން ފުރާނައަށް ނުރައްކާވެގެންދާކަމުގައި ވެސް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.
23 May 2024
ޚަބަރު
ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީޤުކުރެއްވުމާ ގުޅިގެން މި ބިލު ވަނީ މިއަދު، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެއްވުމާއި ގުޅިގެން މިބިލް ޤާނޫނަކަށް ވީއެވެ. އެހެން ނަމަވެސް، މި ޤާނޫނަށް ޢަމަލުކުރަން ފެށޭނީ މިއަދުން ފެށިގެން 3 މަސް ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ.
23 May 2024
ޚަބަރު
ފާލަމެއްގައި ކިރިޔާ ޖެހޭ ނުޖެހޭ ހިސާބުން ސީޕްލޭންއެއް ލޭންޑް ކުރި މަންޒަރު ފެންނަ ވީޑިއޯއެއް!
ވީޑިއޯ ސޯޝަލް މީޑިއާގައި ޕޯސްޓްކުރި، ޖުމާން ނަމަކަށް ކިޔާ ޒުވާނަކު، އޭނާގެ ފޭސްބުކް އެކައުންޓްގައި ލިޔެފައިވާ ގޮތުގައި، އެވީޑިއޯއަކީ، އިއްޔަ އިރުފުށި ރިސޯޓު ގައި ވައިބާރުވުމުގެ ސަބަބުން ވަރަށް ތިރިން ސީޕްލޭން ޖައްސާ މަންޒަރުފެންނަ ވީޑިއޯއެކެވެ. އަދި އެ ވީޑިޔޯ ނަގާފަ ވަނީ އެ ރިސޯޓު ގެ މުވައްޒިފެއް ކަމަށާއި މުވައްޒިފު ބުނާ ގޮތުގާ ވަރަށް ގިނަ ރިސޯޓު ތަކުގައި އެގޮތަށް ލޭންޑް ކުރާ މައްސަަލަ ބޮޑު ކަމަށެވެ. އަދި އޭނާގެ ޕޯސްޓްގައި ވަނީ ޓްރާންސް މޯލްޑިވިއަން އެއާވޭސް އާއި ޓްރޯންސްޕޯޓް މިނިސްޓްރީވެސް ޓެގް ކޮށްފައެވެ.