Advertisement

ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި އަލަށް ހުޅުވި ވޯޑު --

27 May 2024
ޚަބަރު
ޢަލީ ސުލައިމާން

ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި އައު ވޯޑެއް ހުޅުވައިފި

ކ. ގުރައިދޫގެ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި 'ރީއިންޓަގްރޭޝަން ވޯޑު' ގެ ނަމުގައި މުޅިން އައު ވޯޑެއް ހުޅުވާފައިވާ ކަމުގައި،  އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އެވުޒާރާއިން ވިދާޅުވި، އަލަށް ހުޅުވި މިވޯޑަކީ، ފަރުވާ ފުރިހަމަކޮށް ޢާއިލާތަކަށް އަނބުރާ ދިޔުމުގެ ކުރިން އިޖުތިމާޢީ އެކި ހުނަރުތައް އެފަރާތްތަކަށް ދަސްކޮށްދިނުމުގެ ގޮތުން ހުޅުވި ވޯޑެއް ކަމަށެވެ.

މިގޮތުން، އަލަށް ހުޅުވުނު މި ވޯޑު ޚާއްޞަކުރެވިފައި ވަނީ ނަފްސާނީ ބައްޔަށް ފަރުވާ ހޯދަމުންދާ، މުޖުތަމަޢަށް ނިކުތުމަށް ތައްޔާރުވެފައިވާ އަންހެނުންނަށް ކަމުގައިވެސް އެވުޒާރާއިން ވިދާޅުވިއެވެ. މިގޮތުން މި ވޯޑު ހުޅުވުމުގެ އެންމެ ބޮޑު އެއް މަޤުޞަދަކީ ގޭތެރޭގެ ދިރިއުޅުމުގައި ބޭނުންކުރާ ހުނަރު ތަކާއި އާންމު އިޖުތިމާޢީ ހުނަރުތައް ދަސްކޮށްދިނުން ކަމުގައިވެސް އެވުޒާރާއިން ވަނީ ފާހަގަކުރައްވާފައެވެ.

ބަދިގެއާއި އެކު ބޭނުންކުރެވޭ ގެއެއް ގޮތަށް ފަރުމާ ކޮށްފައިވާ 10 މީހުންގެ ޖާގައިގެ މި އިމާރާތުގެ އިތުރުން ފިރިހެނުންނަށް ޚާއްޞަ 14 އެނދުގެ މިފަދަ އެހެން ވޯޑެއް އަންނަ މަހު ހުޅުވުމުގެ ތައްޔާރީތައް މިހާރު ދަނީ ކުރެވެމުން ކަމުގައިވެސް އެވުޒާރާއިން ވިދާޅުވެފައި ވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.