Advertisement

26 May 2024
ރ. އުނގޫފާރު

އުނގޫފާރުގައި ކަރަންޓު ޖެހިގެން ހާލު ސީރިއަސްވި ކުއްޖާ މާލެ ގެނަސްފި

ރއުނގޫފާރުގައި މަގުބައްތި ހޮޅި ދަނޑިއަކުން ކަރަންޓުގައި ޖެހުނު ދެ ކުދިން ސަލާމަތްކުރުމަށް ފެންގަނޑަށް އެރުނު 18 އަހަރުގެ ޒުވާނާއަށް ވެންޓިލޭޓަރުގައި ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް އިއްޔެ މާލެ ގެނަސްފިއެވެ. ނަމަވެސް އޭނާގެ ހާލަތާ ގުޅޭ އިތުރު މައުލޫމާތެއް އަދި މި ނޫހަށް ޔަގީން ކުރެވިފައެއް ނުވެއެވެ.

މި ހާދިސާގައި އަނިޔާވެފައިވަނީ 8 އަހަރުގެ ފިރިހެން ކުއްޖާއާއި 12 އަހަރުގެ އަންހެންކުއްޖެއްގެ އިތުރުން، މި ދެ ކުދިން ސަލާމަތްކުރުމަށް ދިޔަ 18 އަހަރުގެ ފިރިހެން ކުއްޖެކެވެމީގެ އިތުރުން މި ހާދިސާއާ ގުޅިގެން އިތުރު ކުޑަ އަންހެން ކުއްޖަކަށްވެސް ފަރުވާ ދީފައިވެއެވެ. އެ ކުޑަ ކުއްޖާއަކީ ހާދިސާގެ މަންޒަރުފެނިގެން ޝޮކް ޖެހުނު ކުއްޖެއް ކަމުގައި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ވިދާޅުވެފައިވެއެވެ.

ކަރަންޓުގައި ފުރަތަމަ ޖެހުނު ދެ ކުދިން ވަނީ އުނގޫފާރު ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު ގެޔަށް ދޫކޮށްލާފައެވެ.

މި ހާދިސާ ހިނގާފައިވަނީ ކުޑަ ދެ ކުދިން އެރަށުގެ ކުޑަކުދިންގެ ޕާކު ކައިރީ ފެންގަނޑެއްގައި ކުޅެނިކޮށް އެތާހުރި މަގުބައްތިއަކުން ކަރަންޓުގައި ޖެހިގެނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.