Advertisement

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން --

28 May 2024
ޚަބަރު
ޢަލީ ސުލައިމާން

ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ދައުރަށް އިންތިޚާބުވި މެމްބަރުން ހުވާކުރައްވައިފި

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަޤާމުގެ ހުވާ ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ދައުރަށް އިންތިޚާބުވެފައިވާ މެމްބަރުން ހުވާ ކުރުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު ހެނދުނު 9:00ގައި ރައްޔިތުންގެ މަޖިލިސް ކުރާ ގޭގައެވެ. މިރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ އައު މެންބަރުންނަށް ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު މުއްތަސިމް އަދުނާން އެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހަށް 93 ދާއިރާއެއްގައ އިންތިޚާބު ބާއްވައި މެމްބަރުން ހޮވާފައި ވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އައު ދައުރު މިއަދު ފެށޭއިރު، ސަރޔކާރު ހިންގާޕާޓީ ޕީއެންސީން ވަނީ، މަޖިލިސް އިންތިޚާބުގައި 66 ގޮނޑި ކާމިޔާބުކޮށްފައެވެ. އަދި އަމިއްލަ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކުރައްވައި، މަޖިލީހަށް ހޮވިވަޑައިގެންނެވި، 9 މެމްބަރަކު ޕީއެންސީއާ ގުޅިވަޑައިގެންނެވުމާއި އެކު، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު މިއަދު ފެށޭއިރު އެޕާޓީގައި 75 މެމްބަރުން އެބަތިއްބެވިއެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގައި ސަރުކާރާއި އެކު ގުޅިގެން މަސައްކަތް ކުރާނެ ޕާޓީތަކާއި މެމްބަރުންނަށް ބަލާއިރު، މަޖިލީހުގެ 79 މެމްބަރުންގެ ވޯޓު ސަރުކާރަށް ކަށަވަރު ވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.