Advertisement

ރިކްޓަރ ސްކޭލް ---

27 May 2024
ޚަބަރު

ރާއްޖޭގެ އުތުރުގެ ސަރަހައްދަށް ބިންހެލުމެއް އަތުވެއްޖެ

ރާއްޖޭގެ އުތުރުގެ ސަރަހައްދަށް ބިންހެލުމެއް އަތުވެއްޖެއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މިރޭ ހދ. އަތޮޅުގެ ބައެއް ރަށްރަށުގެ ބިންގަނޑަށް ލޮޅުމެއް އައި ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ. އަދި އެބިން ހެލުމުގެ ލޮޅުން މިރޭގެ، 08:27 ގައި ހދ. ހަނިމާދޫގައި ބަހައްޓާފައި ހުންނަ ބިން ހެލުން މޮނިޓަރ ކުރާ މީޓަރަށް ރެކޯޑް ކުރެވިފައިވާ ކަމުގައިވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވިއެވެ. އެހެން ނަމަވެސް އެއިދާރާއިން ވިދާޅުވީ، އެލޮޅުންތަކުގެ ސަބަބުން ރާއްޖެއަށް ނުރައްކަލެއް ނެތް ކަމަށެވެ.

މި ބިންހެލުމާއި ގުޅޭ އެއްވެސް މައުލޫމާތެއް ޔޫއެސްޖިއޮލޮޖިކަލް ސަރވޭއިން ހާމަކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް ބައެއް އެހެން މަސްދަރުތަކުން ހާމަކޮށްފައިވާ ގޮތުގައި، ބިންހެލުން އައިސްފައި ވަނީ ހދ.އަތޮޅުގެ ހުޅަނގުން ރާއްޖޭގެ ކަނޑުގެ ސަރަހައްދަށެވެ. އަދިބިންހެލުމުގެ ބާރުމިން ހުރީ ރިކްޓަރ މިންގަނޑުން 4.5 ގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.