Advertisement

26 May 2024
ފަލަސްތީން
މިފްތާޙް މުޙައްމަދު

އައިސީޖޭގެ އަމުރަށް ބެލުމެއްނެތި އިޒްރޭލުން ދަނީ ގާޒާއަށް ބޮން އަޅަމުން

ގާޒާގެ ރަފާހްއަށް ދެމުންގެންދާ ހަމަލާތައް ހުއްޓާލުމަށް މިދިޔަ ހުކުރު ދުވަހު އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ) އިން އިޒްރޭލުގެ މައްޗަށް އަމުރުކޮށްފައި ވަނިކޮށް، އެކަމަށް ބެލުމެއްނެތި އިޒްރޭލުން ގާޒާގެ ރަފާހްއަށް ހޮނިހިރު ދުވަހު ބޮންއަޅައިފިއެވެ. ރިޕޯޓުތައް ބުނާ ގޮތުން، މި ހަމަލާތަކުގައި ގިނަ ބަޔަކުވަނީ ޝަހީދުވެފައެވެ.

އައިސީޖޭގެ އަމުރަށް ބޯލަނބާނެ ކަމުގެ އެއްވެސް އިޝާރާތެއް އަދި މިހާތަނަށް އިޒްރޭލުން ކޮށްފައެއް ނުވެއެވެ. ބަދަލުގައި އެ އިޒްރޭލުގެ ޕްރައިމް މިނިސްޓަރ ނަތަންޔާހޫ ބުނެފައިވަނީ، ސައުތު އެފްރިކާއިން ހުށަހެޅި މައްސަލައަކީ ސައްހަ ނޫން ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް ހުށަހެޅި މައްސަލައެއް ކަމަށެވެ. އަދި ނަތަންޔާހޫ ވަނީ އޭނާ އިސްވެހުރެ ހިންގަމުން އެދާ އަނިޔާވެރިކަމަކީ ގަތުލުއާންމެއްކަމަށް ގަބޫލުކުރުމަށް ދެކޮޅުހަދާފައެވެ.

ހޮނިހިރު ދުވަހު އިޒްރޭލުން ދިން ބޮމުގެ ހަމަލާ އަމާޒުކޮށްފައިވަނީ ރަފާހްގައި ހުންނަ ކުވައިތީ ހޮސްޕިޓަލުގެ ކައިރިން، ޝަބޫރާ ކޭމްޕް ހިމެނޭ ސަރަހައްދަށެވެ. މި ހަމަލާގެ ސަބަބުން ބިންގަނޑަށް އައި ލޮޅުމުގެ އަސަރު ވަނީ ކުވައިތީ ހޮސްޕިޓަލަށް ވެސް ކޮށްފައެވެ.

މި ސަހައްދުގެ އިތުރުން، ޖަބަލިއާ ރެފިއުޖީ ކޭމްޕުގައި ހިމެނޭ އުތުރު ގާޒާގެ އައް-ސަފްތާވީ ކިޔާ ސަރަހައްދަކަށް ވެސް އިޒްރޭލުން ވަނީ ހޮނިހިރު ދުވަހު ހަމަލާދީފައެވެ. މި ހަމަލާގައި 10 މީހަކު ޝަހީދުވެފައިވާއިރު، 17 މީހަކަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފައެވެ.

މީގެ އިތުރުން، ބެއިތު ހަނޫންއަށް ވައިގެ މަގުން ދިން ހަމަލާތަކެއްގައި ވެސް 10 މީހަކު ޝަހީދުވެފައިވެއެވެ. ފަލަސްތީނުގެ ނިއުސް އެޖެންސީ ވަފާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހަމަލާގައި ޝަހީދުވި މީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަ ކުދިން ހިމެނެއެވެ.

މިދިޔަ ހުކުރު ދުވަހު އައިސީޖޭއިން އިޒްރޭލަށް އަމުރުކޮށްފައިވަނީ، ގާޒާގެ ރަފާހްއަށް ދެމުންގެންދާ ހަމަލާތައް ވަގުތުން ހުއްޓާލުމަށެވެ. މި އަމުރަކީ ދެކުނު އެފްރިކާއިން ހުށަހެޅި މައްސަލައަކާ ގުޅިގެން އައިސީޖޭއިން ނެރެފައިވާ އަމުރެކެވެ. ދެކުނު އެފްރިކާއިން ހުށަހެޅި މައްސަލާގައި އެދިފައިވަނީ ގާޒާއަށް އިޒްރޭލުން ދެމުންގެންދާ ހަމަލާތައް ހުއްޓުވުމުގެ އިތުރުން، ރަފާހްއަށް އިޒްރޭލު ސިފައިން އަރައިގަތުން ހުއްޓުވައިދީ އިންސާނީ އެހީ ގާޒާއަށް ވެއްދުމުގެ އަމުރަކަށެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިޒްރޭލުން ގާޒާއަށް ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން މިހާތަނަށް 36،000 އަށް ވުރެން ގިނަ ފަލަސްތީނުގެ ރައްޔިތުން ވަނީ ޝަހީދުވެފައެވެ. އަދި މި ހަނގުރާމައާ ގުޅިގެން ފަލަސްތިނުގެ 2.3 މިލިއަން މީހުންގެ ގެދޮރުވަނީ ގެއްލިފައެވެ. އަދި މި އެންމެނަށް ކާއެއްޗެތި ފޯރުކޮށް ނުދެވުމުގެ ސަބަބުން އެމީހުންގެ ތެރެއިން ބައެއް މީހުން އަންނަނީ ބަނޑުހައިހޫނުކަމުގައި މަރުވަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.