Advertisement

މޯލްޑިވިއަންގެ ފްލައިޓް Q2-165

25 May 2024
ޚަބަރު
ޢަލީ ސުލައިމާން

ކައްދޫން މާލެ އައި މޯލްޑިވިއަންގެ ފްލައިޓް ވެލާނާ އެއާޕޯޓުގައި ނުޖެއްސިގެން އަނބުރާ ގޮސް ކައްދޫ އެއާޕޯޓުގައި ޖައްސައިފި

މިއަދު އިރުއޮއްސުނު ވަގުތު ކައްދޫ އިން މާލެއަށް ދަތުރު ކުރި މޯލްޑިވިއަންގެ ފްލައިޓް Q2-165 މޫސުމް ގޯސްވުމުގެ ސަބަބުން ވެލާނާ އެއާޕޯޓުގައި ނުޖެއްސިގެން އަނބުރާ ގޮސް ކައްދޫ އެއާޕޯޓުގައި ޖައްސައިފިއެވެ.

މިއަދު އިރު އޮއްސުނު ވަގުތު މާލެ ސަރަހައްދަށް ވަރަށް ބޮޑަށް މޫސުމް ގޯސްވެ ވެލާނާ އެއާޕޯޓުގައި ފްލައިޓްތައް ޖައްސަން އުނދަގޫވިއެވެ. މިގޮތުން ބައެއް ޑޮމެސްޓިކް ފްލައިޓްތަކާއި އިންޓަރނޭޝަނަލް ފްލައިޓްތައްވެސް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ނުޖެއްސިގެން މަތީގައި މަޑު ކުރަން ޖެހުނެވެ. 

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ނުޖެއްސިގެން އަނބުރާ ގޮސް ކައްދޫ އެއާޕޯޓުގައި ޖެއްސުމަށްފަހު، މޯލްޑިވިއަންގެ ފްލައިޓް Q2-165 އަލުން ކައްދޫއިން ފުރީ މިރޭގެ 20:15 ހާއިރުގައެވެ. އެފްލައިޓް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ޖައްސާފައި ވަނީ މިރޭގެ 21:10 ގައެވެ.

މިހަފްތާގައި ވަނީ، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން، ކައްދޫ އެއާޕޯޓަށް ދަތުރުކުރި މޯލްޑިވިއަންގެ ފްލައިޓެއްވެސް، މޫސުމް ގޯސްވެ ކައްދޫގައި ނުޖެއްސިގެން އަނބުރާ އައިސް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ޖައްސާފައެވެ.

މިދުވަސް ވަރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ވައިގެ ދަތުރުފަތުރާއި ކަނޑު ދަތުރު ފަތުރަށް ވަނީ ބުރޫ އަރާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.