Advertisement

ސިނަމާލެ ބުރިޖު - ފޮޓޯ: ނޫން.އެމްވީ

27 May 2024
ޚަބަރު
ޢަލީ ސުލައިމާން

ސިނަމާލެ ބުރިޖު ކައިރިން ކަނޑުއެޅި މަތިން ފެނުނީ ބިދޭސީ އަންހެނެއްގެ ހަށިގަނޑު - ފުލުހުން

ސިނަމާލެ ބުރިޖް ކައިރިން ކަނޑުއޮޅި ތެރެއިން އޮޔާދަނިކޮށް ފެނިފައި ވަނީ ބިދޭސީ އަންހެނެއްގެ ހަށިގަނޑުކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

ސިނަމާލެ ބުރިޖު ކައިރިން މީހެއްގެ ހަށިގަނޑު ފެންމަތިން އޮޔާ ދަނިކޮށް ފެނިފައި ވަނީ ހޮނިހިރި ދުވަހުގައެވެ. އެކަން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ އެދުވަހުގެ މެންދުރު 12:35 ހާއިރުގައެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، ކަނޑުމަތިން އެ އަންހެންމީހާގެ ހަށިގަނޑު ނަގައިގެން ގެންގޮސްފައި ވަނީ އައިޖީއެމް ހޮސްޕިޓަލަށް ކަމަށާއި އެމީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސްމަރުވެފައިވާ ކަމަށެވެ.

މަރުވެފައި ވަނިކޮށް ފެނުނު އެމީހާއަކީ، ބިދޭސީ އަންހެނެއް ކަމުގައި ފުލުހުން ހާމަކުރި ނަމަވެސް އޭނާގެ ޤައުމާއި، އޭނާ އަކީ ރާއްޖޭއަށް ކޮން ބޭނުމަކު އައިސް އުޅުނު މީހެއްކަން މިހާތަނަށް ސާފުކޮށްދީފައެއް ނުވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.