Advertisement

މިނިސްޓަރ އޮފް އެޑިޔުލޭޝަން ޑރ. އިސްމާއިލް ޝަފީއު --

26 May 2024
ޚަބަރު
ޢަލީ ސުލައިމާން

އޭއައި ބޭނުންކޮށްގެން ކިޔަވައި ދިނުމަށް ޓީޗަރުން ތަމްރީން ކުރުމުގެ މަސައްކަތް މިއަހަރު ފައްޓަވާނެ ކަމުގައި އެޑިޔުކޭޝަން މިނިސްޓަރ ވިދާޅުވެއްޖެ

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ކިޔަވައި ދިނުމަށް ޓީޗަރުން ތަމްރީން ކުރުމުގެ މަސައްކަތް މިއަހަރު ފައްޓަވާނެ ކަމުގައި މިނިސްޓަރ އޮފް އެޑިޔުލޭޝަން ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ފެށުނު ދިރާސީ އައު އަހަރުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ އަޑާއި ޓެލެވިޜަން މޯލްޑިވްސް މެދުވެރިކުރައްވައި ދެއްވި ޚިޠާބުގައެވެ.

މިނިސްޓަރ ގެ ޚިޠާބުގައި ވިދާޅުވީ، ޓެކްނޮލޮޖީގެ ބޮޑު ބަދަލަކަށް ދުނިޔެ މިސްރާބު ޖަހާފައިވާއިރު، ތަރައްޤީގެ މައިދާނުގައި ދިވެހިރާއްޖޭގެ މުސްތަޤުބަލުގެ ޖީލު ބައްޓަން ކުރަންވާނީ ޓެކްނޮލޮޖީއަށް އަހުލުވެރި، ކުރިއެރުމަށް ލޯބިކުރާ، އިސްލާމީ މަތިވެރި އަގުތައް އަށަގެންފައިވާ ބައެއްގެ ގޮތުގައިކަމަށެވެ. އަދި އާޓިފިޝިއަލް އިންޓަލިޖެންސް ފަދަ، ޒަމާނީ ޓެކްނޮލޮޖީ ބޭނުން ކޮށްގެން އުނގެނުމާއި އުނގަންނައިދިނުން ހަރުދަނާ ކުރުމަށް މުދައްރިސުން އަހުލުވެރި ކުރުވުމާއި، ޝާމިލުކޮށްގެން އުނގަންނައިދިނުމުގައި އެސިސްޓިވް ޓެކްނޮލޮޖީ ބޭނުންކޮށްގެން އުނގަންނައި ދިނުމަށް މުދައްރިސުން އަހުލުވެރި ކުރުވުމަށް، މި ދިރާސީ އަހަރުގެ ތެރޭގައި ޚާއްޞަ އިސްކަމެއް ދެއްވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ދަރިވަރުންނަށް އުނގެނުމުގެ މައިދާނުގައި ތަފާތު ރޮނގުތަކުން، އެއީ ޢިލްމީ ރޮނގުން، ނުވަތަ ކުޅިވަރުގެ ރޮނގުން، ނުވަތަ މަސައްކަތްތެރިކަމުގެ ރޮނގުން ކަމުގައިވިޔަސް، މިއިން ކޮންމެ ރޮނގަކުން ކުރިއަށް ދެވޭނޭ މަގުތަށް ތަނަވަސްވެފައި ވުމަކީ، އެދަރިވަރުންގެ މުސްތަޤުބަލަށާއި ޤައުމުގެ ތަރައްޤީއަށް ނުހަނު ބޭނުންތެރިކަމެއް. އެ މަގަށް ކަންތައްތައް ތަރުތީބު ކުރުމުގެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން، އޭ-ލެވެލް މަރުޙަލާގައި ދަރިވަރުންގެ ބައިވެރިވުން އިތުރުކޮށް، އެދަރިވަރުންނަށް ފަންނީ ތަފާތު ދާއިރާތަކުން މަސައްކަތްތެރިކަމުގެ ތަޢުލީމާއި ތަމްރީނު ލިބޭނޭގޮތަށް ފަރުމާކުރެވިގެން ހިންގާ ޕްރޮގްރާމްތަކެއް ކައިރި މުސްތަޤުބަލެއްގައި ފެށުމުގެ މަސައްކަތް މިދަނީ ކުރަމުން."

މިނިސްޓަރ އޮފް އެޑިޔުލޭޝަން ޑރ. އިސްމާއިލް ޝަފީއު --

އެޑިޔުކޭޝަން މިނިސްޓަރ ވިދާޅުވީ، ޢިލްމީ، ފަންނުވެރި، މަސައްކަތްތެރި ޖީލެއް ބިނާކުރުމަށް މިކުރާ މަސައްކަތް ކާމިޔާބުވާނީ އެންމެން، ވިސްނުންތެރިކަމާއި ޙިކުމަތްތެރިކަމާއެކު، ގުޅިގެން ކުރާ މަސައްކަތުން ކަމަށެވެ. މޮފިތުން ޚާއްޞަކޮށް ސްކޫލުތަކާއި ބެލެނިވެރީންނާއި ދެމެދު އޮންނަ ގުޅުން ވަރުގަދަވެ ހަރުދަނާވާންޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެޑިޔުކޭޝަން މިނިސްޓަރ ވަނީ، މި ފެށުނު ދިރާސީ އަހަރަކީއެ  ގުޅުންތައް އިތުރަށް ތަރައްޤީވެ، ދަރިވަރުންގެ ކުރިއެރުމަށް އެންމެންގެ ވިސްނުމާއި ފިކުރު ސީދާވެގެންދާނެ އަހަރެއްކަމުގައި އެމަނިކުފާނު ޔަޤީންކުރައްވާ ކަމުގައިވެސް ވިދާޅުވެފައެވެ.

މީގެ އިތުރުން އެޑިޔުކޭޝަން މިނިސްޓަރ ވިދާޅުވީ، ދިރާސީ އާ އަހަރަކަށް ކުރިމަތިލާއިރު، އެންމެ އިސްކަމެއް ދޭންވީ، އިސްލާމް ދީނަށް ލޯބިކުރާ، މައިންބަފައިންނަށް ކިޔަމަންތެރި، މުދައްރިސުންނަށް ޤަދަރާއި އިޙްތިރާމްކުރާ، ހިންމަތާއެކު އުނގެނުމަށް މަސައްކަތްކުރާ، ޒިންމާދާރު ދަރިވަރަކަށްވުމަށް ކަމަށާއި، އެކަކު އަނެކަކަށް އިޙްތިރާމް ކުރުމާއެކު، ތިމާ އާއި ތިމާ ވަށައިގެންވާ އެންމެންގެ ސަލާމާތާއި ރައްކާތެރިކަމަށް އިސްކަންދޭ ދަރިވަރަކަށް ވުމަށް ކަމަށެވެ. އަދި އުނގެނުމަށް މިލިބިފައިވާ ރަނުގެ ފުރުޞަތު އެންމެ ހެޔޮގޮތުގައި ބޭނުން ކުރުމަށް ހުރިހާ ދަރިވަރުންނަށްވެސް އެމަނިކުފާނު ނަސޭޙަތްތެރިވެވަޑައިގެންނެވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.