Advertisement

އީރާންގެ ރައީސް ---

20 May 2024
ޚަބަރު
ޢަލީ ސުލައިމާން

އީރާންގެ ރައީސް އަވަހާރަވެއްޖެ ކަމަށް ބެލެވެންފަށައިފި

އީރާންގެ ރައީސާއި ސަރުކާރުގެ އިސް އޮފިޝަލުންތަކެއް ދަތުރު ކުރެއްވި ހެލިކޮޕްޓަރު ވެއްޓުނުތާ 11 ގަޑި އިރު ފާއިތުވެ ދިޔައިރުވެސް ހެލިކޮޕްޓަރު ނުހޯދޭ ކަމަށާއި، ހާދިސާގައި އީރާންގެ ރައީސް އިބްރާހީމް ރައީސީ އަވަހާރަވެއްޖެކަމުގެ ފުރުޞަތު ބޮޑުކަމުގައި ރިޕޯޓްތައް ބުނެފިއެވެ.

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރު ވެއްޓިފައިވަނީ، އީރާނާއި އަޒަރުބައިޖާންގެ ބޯޑަރު ކައިރީގައިވާ ފަރުބަދަަމަތީގެ ސަރަހައްދަކަށެވެ. އެސަރަހައްދު ބެލުމުގައި ހަރަކާތްތެރިވަމުންދާ ތުރުކީގެ ޑްރޯންއަކަށް ބިންމަތިން ހޫނުގެ އަސަރު ފާހަގަކުރެވޭ ތަނެއް ލޮކޭޓް ކުރެވިފައިވާ ކަމުގައިވެސް ރިޕޯޓްތައް ބުނެފައި ވެއެވެ. 

އީރާންގެ ޤައުމީ ޓީވީން، އާއްމު ޓްރާންސްމިޝަން މެދު ކަނޑާލައި ކީރިތި ޤުރުއާން ބްރޯޑްކާސްޓް ކުރަންފަށާފައި ވާތީ، އީރާންގެ ރައީސް އަވަހާރަވެއްޖެކަމަށް ބެލެވޭ ކަމަށްވެސް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ. 

އީރާންގެ ރައީސް އިބްރާހީމް ރައީސީ އާއެކު އެ ހެލިކޮޕްޓަރުގައި ތިއްބެވި އީރާނު ސަރުކާރުގެ އިސްބޭފުޅުންގެ ތެރޭގައި އީރާންގެ ފޮރިން މިނިސްޓަރ ހުސައިން އާމިރް ޢަބުދުލްލަހްޔާން އާއި، އީރާނުގެ އީސްޓް އަޒަރް ބައިޖާން ޕްރޮވިންސްްގެ ގަވަރުނަރު މާލިކް ރަޙްމަތީ އާއި ތަބްރީޒް ޕްރޮވިންސްގެ އިމާމް މުޙައްމަދު ޢަލީ އަލްޙާޝިމް ހިމެނިވަޑައިގަންނަވައެވެ.

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރު ފެނިއްޖެ ކަމުގައި މީގެ ކުރިން އީރާންގެ ޤައުމީ ޓީވީން ރިޕޯޓްވެސް ކުރިއެވެ. އެހެން ނަަމަވެސް 8 ގަޑިއިރު ފާއިތުވެ ދިޔަ އިރުވެސް ހެލިކޮޕްޓަރު ނުފެންނަކަމަށާއި، އެއިން ދަތުރު ކުރި މީހުންގެ ހިލަމެއް ނެތްކަަމަށް ރެސްކިއުޓީމްތަކުން ވަނީ ބުނެފައެވެ.

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރު ވެއްޓުނު ހާދިސާ އާއި ގުޅިގެން ދުނިޔޭގެ ޤައުމުތަކުގެ ލީޑަރުން ގެންދަވަނީ ހިތާމަފާޅު  ކުރައްވަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.