Advertisement

ސިފައިން ފެން ހިންދުމުގެ މަސައްކަތުގައި --

17 May 2024
ޚަބަރު
ޢަލީ ސުލައިމާން

ބޯޯ ވިއްސާރަޔާއި އެކު މާލޭގައި ފެންބޮޑުވެ ސިފައިން ފެން ހިންދުމުގެ މަސައްކަތް ފަށައިފި

މިއަދު އިރު އޮއްސުނު ވަގުތު މާލެ ސަރަހައްދަށް ޖެހުނު ކޮޅިގަނޑުގައި ބޯކޮށް ވާރެވެހި މާލޭގެ ބައެއް ސަރަހައްދުގައި ފެންބޮޑުވަމުންދާތީ، ސިފައިން ނުކުމެ ފެންހިންދުމުގެ މަސައްކަތް ފަށައިފިއެވެ.

މާލެ ސަރަހައްދަށް ބޯކޮސް ވާރޭ ވެހުމުގެ ސަބަބުން މާލޭގެ އިތުރުން ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުގައިވެސް ވަނި ފެންބޮޑުވެފައެވެ. އެމްއެންޑީއެފުން ވިދާޅުވީ، މާލޭގައި އާއްމުކޮށް ފެންބޮޑުވާ ސަރަހައްދުތަކުގައި ޕަންޕް ބަހައްޓައިގެން ފެންހިންދުމުގެ މަސައްކަތް ސިފައިން މިހާރު ފަށާފައިވާ ކަމަށެވެ.  

ހުޅަނގު މޫސުމުގެ ވިއްސާރަ އާއި ގުޅިގެން ކުރިޔަށް އޮތް 5 ދުވަހުވެސް ރާއްޖެއަށް މޫސުމް ގޯސްވާނެ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ. އަދި މިރޭގެ 00:00އަށް މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފައި ވާއިރު، ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި، 50 މޭލާއި ދެމެދަށް ވައި ގަދަވާނެ ކަމުގައިވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.