Advertisement

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު، ޑރ. އައިޝަތު ޝިހާމް --

15 May 2024
ޚަބަރު
ޢަލީ ސުލައިމާން

އެންމެ ފުރަތަމަ އާއިލާއަށް އިސްކަން ދިނުމަށް އާއިލާ އާއި ބެހޭ މިނިސްޓަރު ގޮވާލައްވައިފި

ހަމަ ކޮންމެ މީހަކުވެސް އެންމެ ފުރަތަމަ އާއިލާއަށް އިސްކަންދިނުމުގެ ސިޔާސަތު ގެންގުޅުއްވުމަށް އެދިވަޑައިގަންނަވާކަމުގައި، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު، ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ، މިއަދު ފާހަގަކުރާ ބައިނަލްއަޤުވާމީ ޢާއިލާތަކުގެ ދުވަހުގެ މުނާޞަބަތުގައި ފޮނުއްވެވި މެސެޖުގައެވެ.

މިނިސްޓަރ އައިޝަތު ޝިހާމް އެކަމަނާގެ މެސެޖުގައި ވިދާޅުވީ، އޯގާތެރި މުޖުތަމަޢެއްގެ އެންމެ މުހިންމު އެއް ސިފައަކީ ބަދަހި ޢާއިލާތައް ކަމަށާއި، ޢާއިލާތަކަކީ އަޚުވަންތަކަމާއި އެއްބަނޑު އެއްބަފާވަންތަކަން ދަމަހައްޓައި، އެކަކު އަނެކަކަށް އަޅާލާ އޯގާތެެރި، އެހީތެރި، ކުލުނުވެރި، އެންމެން އެކުގައި ގުޅިގެން އުޅޭ ޢާއިލާތަކަކަށް ވާންޖެހޭ ކަމަށެވެ.

އެކަމާނާގެ މެސެޖުގައި އިތުރަށް ވިދާޅުވީ، ޢާއިލާގެ ހަމަޖެހުމާއި އުފާވެރިކަމަކީ މުުޖުތަމަޢުގެ ކުރިއެރުމާއި ޤައުމުގެ ތަރައްޤީގެ އަސްލު ކަމަށެވެ.

"އަޅުގަނޑުގެ އެދުމަކީ މިއަދަކީ، އަދި ހަމަ ކޮންމެ ދުވަހަކީވެސް، ކޮންމެ ބޭފުޅަކުވެސް އެބޭފުޅެއްގެ ޢާއިލާއަށް އެންމެ ބޮޑު އިސްކަމެއް ދެއްވާނެ ދުވަހަަކަށްވުމެވެ. 'ފުރަތަމަ ޢާއިލާ' މިއީ އަޅުގަނޑުމެން ކޮންމެ މީހަކުވެސް ދިރިއުޅުމުގެ ކޮންމެ ކަމެއްގައިވެސް އިސްކުރާ ސިޔާސަތަށްވުމެވެ. އަޅުގަނޑުމެން ކޮންމެ މީހަކީވެސް މައިންބަފައިންނަށް އަޅާލާ ބަޔަކަށްވުމެވެ. ބޮޑުބޭބެއިންނާއި ބޮޑުދައިތައިން، އެއްބަނޑު އެއްބަފާ ބޭބެއިންނާއި ދައްތައިން އަދި ކޮއްކޮއިންގެ ހާލުބަލާލާ ބަޔަކަށްވުމެވެ. ދަރިންނާއި އަނބިން އަދި ފިރިންނަށް ވަގުތުދޭ، އެމީހުންނާއެކު އުފާވެރި ވަގުތުތަކެއް ހޭދަކުރުމަށް އިސްކަންދޭ ބަޔަަކަށްވުމެވެ."

މީގެ އިތުރުން، އެކި ސަބަބުތަކާހުރެ ޢާއިލާ ރޫޅި، ދެމަފިރިން ވަކިވާން ޖެހޭ ޙާލަތު މެދުވެރިވެފައިވާ ޢާއިލާތަކުންވެސް، އެޢާއިލާތަކުގެ ކުދިންނާ އެކުދިންގެ މައިންބަފައިންނާމެދު އޮންނަ ގުޅުން ބަދަހިކުރުމަކީ އެދިވަޑައިގަންނަވާ ކަމެއް ކަމުގައި އެކަމަނާ ވިދާޅުވިއެވެ. އަދި ކޮންމެ ޢާއިލާއަކީވެސް އެކުގައި އުޅުނަސް، ނުވަތަ ދުރުގައި އުޅެންޖެހިފައި ވީނަމަވެސް ޢާއިލީ ގުޅުން ދަމަހައްޓާ، އިޙްތިރާމާއި ލޯތްބާއެކު އެކަކު އަނެކަކަށް އެހީތެރިވާ ބަޔަކު ކަމުގައިވުމަށްވެސް އެދިވަޑައިގަންނަވާ ކަމުގައި އެކަމާނެގ މެސެޖުގައި ވިދާޅުވެފައިވެއެވެ.

ބައިނަލްއަޤުވާމީ ޢާއިލާތަކުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް މެއި މަހުގެ 15 ވަނަ ދުވަހެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.