Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

17 May 2024
ޚަބަރު

ކުރީ ސަރުކާރުގައި ދިން ގޯތިތައް ތިންމަސް ދުވަހުގެ ތެރޭގައި ހަވާލުކުރުން ލާޒިމްކޮށް ބިމާއި ބެހޭ ޤާނޫނަށް ގެނައި އިސްލާޙް ރައީސް ތަސްދީޤެއް ނުކުރެއްވި

ކުރީ ސަރުކާރުގައި ބިންވެރިޔާ ސްކީމްގެ ދަށުން ދިން ގޯތިތައް ތިންމަސް ދުވަހުގެ ތެރޭގައި ހަވާލުކުރުން ލާޒިމްކޮށް، ރައްޔިތުންގެ މަޖިލީހުން ފާސްކުރި (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އަށް 9 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައިސުލްޖުމްހޫރިއްޔާ, ޑރ. މުޙައްމަދު މުޢިއްޒު ތަސްދީޤު ނުކުރައްވައި އަނބުރާ ފޮނުއްވާލައްވައިފިއެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހުކޮޅު، މިބިލް ފާސްކުރައްވާފައި ވަނީ، އޭޕްރީލް މަހުގެ 29 ވީ ހޯމަ ދުވަހުގައެވެ. ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހު ޖަލްސާ ބާއްވާފައި ވަނީ، މި މެއި މަހުގެ 13 ވަނަ ދުވަހުގައެވެ. އެދުވަހު އެބިލް މަޖިލީހުން ފާސްކުރައްވާފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ 35 މެމްބަރުންގެ އިއްތިފާޤުންނެވެ. 

(ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އަށް 9 ވަނަ އިޞްލާޙު ގެނައުމުގެ ބިލަކީ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މީކާއީލް އަޙްމަދު ނަސީމް ހުށައެޅުއްވި ބިލެކެވެ. އެބިލުގެ މައިގަނޑު މަޤުޞަދަކީ، ސަރުކާރުން ދޫކޮށްފައވާ  ގޯތިތައް އަވަހަށް ރައްޔިތުންނަށް ހަވާލުކުރުން ލާޒިމް ކުރުމެވެ.

ވެރިކަން ބަދަލުވިއިރު ބިންވެރިޔާ ސްކީމުގެ ދަށުން ގޯތިދޭން ކަނޑައެޅި މީހުންގެ ތެރެއިން ގިނަ ބަޔަކަށް އޮތީ ގޯތިތައް ހަވާލު ނުކުރެވިއެވެ. އެއާއެކު މިސަރުކާރުން ގޯތިތައް އަތުލައިފާނެ ކަމުގެ ކަންބޮޑުވުން އާއްމުންގެ ހިތްތަކުގައި އޮވެއެވެ. 

ގޯތިތައް ހަވާލު ކުރުން ލާޒިމްކޮށް ބިމާއި ބެހޭ ޤާނޫނަށް ގެނައިިސްލާޙްތަކަށް ޢަމަލުނުކޮށް ބިލް އަނބުރާ މަޖިލީހަށް ފޮނުއްވާ ލެއްވި އިރު، 13 މެއި އިންފެށިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ނުބާއްވާނެކަން ރިޔާސަތުން އިއުލާނުކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ 19 ވަނަ ދައުރު މެއި 28 ވަނަ ދުވަހު ނިމިގެންދާއިރު އެދުވަހު، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހުވާ ކުރައްވާނެއެވެ. ބިމާއި ބެހޭ ޤާނޫނަށް އިސްލާޙް ހުށައެޅުއްވި މީކާއިލް އަޙްމަދު ނަސީމް 20 ވަނަ ރައްޔިތުންގެ މަޖިލީހުގައިވެސް އިންނަވާނެއެވެ.

ކޮމެންޓް
ާއަލިފުޅުބެ
ކުރީސަރުކާރުން ގޯތިދިނީކީނޫން. ދޭންވާގޮތައް ދެވުނުނަމަ ދިންގޯތި އޮންނާނީ ލިބުނުމީހާގެ އަތުގަ. އިތުރުބަޔަކު އެކަމަކާ އުޅޭކަށް ނުޖެހުނީސް.
17 May 2024
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.