Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު --

17 May 2024
ޚަބަރު
އަންވަރީ މުޙައްމަދު

މުވާޞަލާތުގެ އެންމެ ޒަމާނީ ރަސްމަގަށް ރާއްޖެ ހުޅުވައިލާނަން: ރައީސް

މުވާޞަލާތުގެ އެންމެ ޒަމާނީ ރަސްމަގަށް ރާއްޖެ ހުޅުވާލައި، ދިވެހީންގެ ހުނަރާއި އުފެއްދުންތަކަށް، ދުނިޔޭގެ މާރުކޭޓުގައި އާމުދަނީ ހޯދޭނެ މަގުފަހިކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ފާހަގަކުރާ، ދުނިޔޭގެ މުވާޞަލާތާއި މައުލޫމާތު ފަތުރާ ފަރާތްތަކުގެ ދުވަހުގެ މުނާޞަބަތުގައި ފޮނުއްވި މެސެޖުގައެވެ. 

މުވާޞަލާތާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން، ދިވެހިރާއްޖެއަށް ކުރިއެރުންތައް ހޯދައި ދެއްވުމާއި، އެދާއިރާއިން ދިވެހިންނަށް އާމްދަނީ ލިބޭނޭ މަގުތައް ފަހިކޮށްދެއްވުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ހިމަނުއްވާފައިވާ ކަމެކެވެ.

އެންމެ ފުރަތަމަ ދުނިޔޭގައި މިދުވަސް ފާހަގަކުރަމުން އައީ ދުނިޔޭގެ މުވާޞަލާތުގެ ދުވަހުގެ ގޮތުގައެވެ. މެއި 17 ވަނަ ދުވަހަކީ ދުނިޔޭގެ މައުލޫމާތުފޯރުކޮށްދޭ ފަރާތްތަކުގެ ގެ ދުވަހުގެ ގޮތުގައި ފާހަގަކުރަން ނިންމާފައި ވަނީ އިންޓަރ އދ. އާއްމު މަޖިލީހުން ފާސްކޮށްފައިވާ ޤަރާރާއި ގުޅުވައި، 2005 ވަނަ އަހަރު ތޫނިސްގައި ބޭއްވި މައުލޫމާތު ފަތުރާ ފަރާތްތަކުގެ ބައިނަލް އަޤުވާމީ ކޮންފަރެންސްގައެވެ. އޭގެ ފަހުން، ދުނިޔޭގެ މުވާޞަލާތުގެ ދުވަހާއި، ދުނިޔޭގެ މައުލޫމާތުފޯރުކޮށްދޭ ފަރާތްތަކުގެ ގެ ދުވަސް އެއްދުވަހެއްގެ ގޮތުގައި، ވޯލްޑް ޓެލެކޮމިއުނިކޭޝަން އެންޑް އިންފޮމޭޝަން ސޮސައިޓީ ޑޭގެ ގޮތުގައި ފާހަގަކުރުމަށް ނިންމާފައި ވަނީ، 2006 ވަނަ އަހަރު ތުރުކިޔޭގެ އަންޓަލިޔާގައި ބޭއްވި އިންޓަރނޭޝަނަލް ޓެލެކޮމިއުނިކޭޝަން ޔޫނިއަންގެ ކޮންފަރެންސްގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.