Advertisement

ކުޑަކުދިން ކަރަންޓްގައި ޖެހުނު ސަރަހައްދު ---

23 May 2024
ޚަބަރު
ޢަލީ ސުލައިމާން

އުނގޫފާރުގައި ދެ ކުއްޖަކު ކަރަންޓްގައި ޖެހި އެއްކުޖެއްގެ ހާލު ސީރިއަސް!

ރ. އުނގޫފާރުގައި ދެ ކުއްޖަކު ކަރަންޓްގައި ޖެހި އެއްކުއްޖެއްގެ ހާލު ސީރިއަސްވެ ފަރުވާދޭންފަށައިފިއެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ވިދާޅުވީ، ކަރަންޓްގައި ޖެހިގެން ފަރުވާ ދެމުން ދަނީ އުމުރުން 18 އަހަރުގެ ކުއްޖަކަށާއި، އުމުރުން، 8 އަހަރުގެ ފިިރިހެން ކުއްޖެކަށެވެ. މީގެ އިތުރުން ކުޑަ އަންހެންކުއްޖަކަށްވެސް ފަރުވާ ދެމުންދާ ކަމަށާއި އެކުޑަކުއްޖާއަކީ ހާދިސާގެ މަންޒަރުފެނިގެން ޝޮކް ޖެހި ފަރުވާ ދެމުންދާ ކުއްޖެއް ކަމުގައި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ވިދާޅުވިއެވެ.

މިހާދިސާ ހިނގާފައި ވަނީ ކުޅެން އުޅުނު ކުޑަ ފިރިހެން ކުއްޖާ، އުނގޫފާރު ކުޑަކުދިންގެ ކަންމަތީގައި ޖަހާފައި ހުރި މަގުބައްތިއަކުން މަގުމަތީގައި އޮތް ފެންގަނޑަކަށް ކަރަންޓްއައިސްގެން ކަމުގައި މައުލޫމާތު ލިބިފައިވެއެވެ. ހާލު ސީރިއަސްވި 18 އަހަރުގެ ޒުވާނާއަކީ އެކުޑަކުއްޖާ ސަލާމަތް ކުރަން އުޅުނު ޒުވާނާއެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ވިދާޅުވީ، 18 އަހަރުގެ ޒުވާނާގެ ހާލު ސީރިއަސް ކަމަށާއި އޭނާއަށް މިވަގުތު ފަރުވާ ދެމުންދަނީ، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި ކަމަށެވެ.

މިހާދިސާ އުނގޫފާރު ޕޮލިސް ސްޓޭޝަނުން މިހާރު ގެންދަނީ އިތުރަށް ތަޙްޤީޤު ކުރަމުން ކަމުގައި މައުލޫމާތު ލިބިފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.