Advertisement

އެމެރިކާގެ ފުލުހުން 2017 ވަނަ އަހަރު އަތުލައިގަތް ޗައިނާ ވައިޓްގެ 15 ކިލޯގެ ޕެކެޓްތަކެއް --

23 May 2024
ޚަބަރު
ޢަލީ ސުލައިމާން

ނުރައްކާތެރި މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ޗައިނާ ވައިޓް ރާއްޖޭގައި ދައުރުވަނީ

ޗައިނާ ވައިޓްގެ ނަމުގައި އުފައްދައި މާކެޓް ކުރަމުންދާ މަސްތުވާތަކެތީގެ ނުރައްކާތެރި ބާވަތެއް ރާއްޖޭގައި ދައުރުވަމުން އަންނަކަން ކަމާއި ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އަތުވެއްޖެއެވެ.

މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މަސްތުވާތަކެތީގެ ނުރައްކާތެރި ބާވަތެއް ކަމުގައިވާ، "ފެންޓަނީލް-ލޭސްޑް ޑްރަގްސް" އާއްމު ނަމުންނަމަ، "ޗައިނާ ވައިޓް" ބައިނަލްއަޤުވާމީ މާކެޓުގައި އުފައްދައި ދައުރުކުރަމުން އަންނަ މިންވަރު އިތުރުވެފައިވާ ކަމަށެވެ. އަދި އެއީ ބާރުގަދަ ކެމިކަލްތަކެއްތަކެއް އެއްކޮށްގެން އުފައްދާ އެއްޗަކަށްވާއިރު، އޭގެ ސަބަބުން ފުރާނައަށް ނުރައްކާވެގެންދާކަމުގައި ވެސް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ. 

މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީން ވަނީ، އެކަމާއި ގުޅިގެން އެމިނިސްޓްރީ އާއި ނޭޝަނަލް ޑްރަގް އޭޖެންސީ އާއި ކަމާއި ގުޅޭ ފަރާތްތަކުން ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި އެކަމާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމުގައި ވިދާޅުވެފައެވެ.

ކޮމެންޓް
އިލްހާމް
ނުރައްކާތެރި ހަތިޔާރުގެ އެއްވެސް ބާވަތެއް އެތެރެއެއްނުވޭ ކުޑަމިނުން ބަޑިބޭސް ކޮޅެއްވެސް މިސާލަކައް ކުޑަ ކުޑަ އެއްމެ ސޮޓްގަން އެއްތަ ބޮޑުވެފަ ބަރުވާނީ 1ކިލޯހަކުރުތަ ވަރައް މޮޔަ ވާހަކައެއްދޯ
24 May 2024
ވާނުވާ
ސަރުކާރައް މައްސަލައަކައްވަނީ އެ ވައްތަރު ބުއީމަ.. އެހެންނޫނީ އޯކޭ.. ބަޑިބޭސް އެތެރެނުވޭ.. އެކަމް މަސްތު އެތެރެވޭ.. މީ ޖޯކަކައްނުވާ ޖޯކެއްދޯ
24 May 2024
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.