Advertisement

އަޑިޔަށް ގޮސްފައިވާ ލޯންޗު ނެގުމުގެ މަސައްކަތް ކުރަނީ --- ފޮޓޯ: އެމްއެންޑީއެފް

23 May 2024
ޚަބަރު
ޢަލީ ސުލައިމާން

ހުޅުމާލެ ފަޅުގައި އަޅާފައި އޮއްވައި އަޑިޔަށް ދިޔަ ލޯންޗު ނެގުމުގެ މަސައްކަތް ފަށައިފި

ރޭފަތިހު ޖެހުނު ކޮޅިގަނޑުގައި، އަޑިޔަށް ދިޔަ ލޯންޗު ނެގުމުގެ މަސައްކަތް އެމްއެންޑިއެފުން ފަށައިފިއެވެ.

ހުޅުމާލެ، ސަފާރީ ޓާމިނަލާއި ދިމާއި ފަޅު ތެރޭގައި އަޅާފައި އޮއްވައި ރާޅާއި ވައިގައި، ބަންޑުން ޖަހާލައި އަޑިޔަށް ގޮސްފައި ވަނީ، އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ އީޕީއޭގެ ލޯންޗެއް ކަމުގައި އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ.

އެލޯންޗު ފެންމަތި ކުރުމުގެ މަސައްކަތް ކޯސްޓްގާޑުގެ ޑައިވަރުން މިހާރު ދަނީ ކުރަމުންނެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މާލެ ސަރަހައްދަށްވަނީ ވަރަށް ބޮޑަށް މޫސުމް ގޯސްވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.