ޚަބަރު
ޚަބަރު
18 Jun 2024
ޚަބަރު
އާއިލާ އާއި ބެހޭ ވުޒާރާއިން ގުރައިދޫ މަރުކަޒުގައި ތިބި އުމުރުން ދުވަސްވީ މީހުންނަށް ޚާއްޞަ ޕްރޮގްރާމެއް ފަށައިފި
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ، ޕްރޮގްރާމްގައި މަޢުލޫމާތު ދެއްވަނީ އެކި ދާއިރާ ތަކުގައި މަސައްކަތްކުރައްވަމުން ގެންދަވާ ފަންނީ ބޭފުޅުން ކަމަށެވެ. މިގޮތުން މި ޕްރޮގްރާމްގައި މަޢުލޫމާތު ދެއްވާފައި ވަނީ ނަރުހުންނާއި ސޯޝަލް ވާކަރުންކަމުގައިވެސް އެވުޒާރާއިން ވިދާޅުވިއެވެ.
18 Jun 2024
ޚަބަރު
އެކްސިޑެންޓްވުމުން ފިލައިގެން ދިޔަ މީހަކު ހޯދަނީ
ފުލުހުންގެ ތަރުޖަމާނު ވިދާޅުވީ އެކްސިޑެންޓްގައި އަނިޔާވި މީހާއަށް ސީރިއަސް ޒަޚަމްތަކެއް ލިބިފައި ނުވާކަމަށެވެ. އެހެން ނަމަވެސް އެކްސިޑެންޓްވި ދެ އުުޅަނދުން އެއް އުޅަނދު ދުއްވި މީހާ އެކްސިޑެންޓްވުމުންވެސް މަޑުނުކޮށް ގޮސްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
18 Jun 2024
ޚަބަރު
ރަށްރަށުގައި މަސައްކަތް ކުރުމަށް ހުއްދަ ހޯދަން ބިދޭސީން އިތުރު ފީއެއް ދައްކާކަށް ނުޖެހޭނެ: މިނިސްޓަރ
މިނިސްޓަރ އިޙްސާންދައުލަތުގެ މީޑިއާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތު މީހުން އަތޮޅުތަކުގެ ރަށްރަށުގައި މަސައްކަތް ކުރުމުގައި ރަށުކައުންސިލްތަކުން ހުއްދައެއް ނަގަންޖެހޭ ގޮތަށް ހަމަޖައްސަވާނެ ކަމަށެވެ. އެކަން ތަފްސީލްކޮށްދެއްވައި، މިނިސްޓަރ އިޙްސާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ނިންމުމަކީ. ބިދޭސީންގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން ކުރިއަށް އޮތް 3 އަހަރަށް ކުރިޔަށް ގެންދާ ޕްލޭންގެ ތެރޭގައި ހިމަނާފައިވާ ކަމެއް ކަމަށެވެ. އަދި ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ބަޔޯމެޓްރިކް މައުލޫމާތު އެއްކޮށް ތައްޔާރުކުރަމުންދާ ޑާޓާ ބޭސްގެ އެކްސެސްވެސް ކައުންސިލްތަކަށް ލިބިގެންދާނެ ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.
18 Jun 2024
ޚަބަރު
ސިނަމާލެ ބުރިޖުގައި މަސައްކަތްކުރަން ހުރި ބިދޭސީއަކު މަރުވެއްޖެ
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެމީހާ ބުރިޖުމަތީގައި މަސައްކަތުގައި އުޅެނިކޮށް އަނބުރައިގަނެގެން ވެއްޓިގެން ރޭ ޓްރީ ޓޮޕް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އެމީހާ މަރުވެފައިވާ ކަމުގައި ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
18 Jun 2024
ޚަބަރު
ދިރާގުގެ ޓެސްލާ ކާރު ލިބޭ ފަރާތް ހޮވައިފި
ދިރާގުގެ "ވިން އަ ޓެސްލާ" ޕްރޮމޯޝަންގެ ގުރުއަތުން އެކާރު ލިބުނު މުސްޠަފާއަކީ، މުހައްމަދު މުސްތަފާއަކީ ކ. ތުލުސްދޫއަށް ނިސްބަތްވާ މީހެކެވެ.
17 Jun 2024
ޚަބަރު
މުޙައްމަދު ޒަކީގެ އާޢިލާއަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ
17 Jun 2024
ޚަބަރު
ނޮޅިވަރަމް ފުޓްސަލް ދަނޑުގައި ރޯކޮށްލައިފި
އެރަށުން ވާހަކަދެއްކި މީހަކު ބުނި ގޮތުގައި، ފުޓްސަލް ދަނޑުގައި ބަޔަކު ގަސްދުގައި ރޯކޮށްލީ ކަމުގެ ހެކިތައް އެސަރައްހަދުން ފެނިފައިވެއެވެ. އެހެން ނަމަވެސް އަލިފާނުގެ މިހާދިސާ އާއި ގުޅިގެން ފުލުހުން ވިދާޅުވީ، އެމައްސަލަ ފުލުހުން ތަޙްޤީޤު ކުރަމުންދާ ކަމަށެވެ.
17 Jun 2024
ޚަބަރު
ސައިކަލުތަކުގައި ގަސްތުގައި ރޯކޮށްލި ކަމުގެ ހެއްކެއް ނެތް: ފުލުހުން
ރޭ މެންދަމު 12:30 ހާއިރު، މެހެލި ގޯޅީގައި ހުރި ސައިކަލުގައި ތަކެއްގައި ރޯވެ 5 ސައިކަލާއި ބައިސްކަލެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ. އަލިފާނުގެ ހާދިސާ ރިޕޯޓް ކުރުމާއި އެކު 5 ވަރަކަށް މިނިޓްތެރޭ ސިފައިންގެ ފަޔަމަނުން ވަނީ އެސަރަހައްދަށް ގޮސް އަލިފާން ނިވާލާފައެވެ.
17 Jun 2024
ޚަބަރު
ޕާކުކޮށްފައި ހުރި ސައިކަލްތަކެެއްގައި ރޯވެ އަނދައިފި
އެމްއެންޑީއެފުން ވިދާޅުވީ، މި ހާދިސާގެ ރިޕޯޓް ލިބުނީ މިރޭ 00:37 ހާއިރު ކަމަށެވެ. ހާދިސާގެ ރިޕޯޓް ލިބުމާއި އެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހަށްދަށް ގޮސް އަލިފާން ނިވާލާފައިވާކަމަށާއި މިގޮތުން، އެފްއާރުއެސްގެ ފަޔަރ ފައިޓަރުން ކުރި މަސައްކަތުން ސައިކަލުތަކުގައި ރޯވެފައި ހުރި އަލިފާން ނިއްވާލެވުނީ މިރޭ 00:42 ހާއިރު ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.
16 Jun 2024
ޚަބަރު
އިންޑިއާގެ ބޮޑުވަޒީރު ރައީސުލްޖުމްހޫރިއްޔާއަށް ޢީދުގެ ތަޙްނިޔާ ފޮނުއްވައިފި
އިންޑިއާގެ ބޮޑުވަޒީރުގެ މެސެޖުގައި، މިއަދު ފާހަގަކުރާ އުފާވެރި ޢީދު ދުވަހުން ހަނދާނަށް ގެނެސްދެނީ، އަޅުގަނޑުމެން އެންމެން އުއްމީދުކުރާ ޞުލުޙަވެރި އަދި އެންމެން ޝާމިލްވާ ދުނިޔެއެއް ބިނާކުރުމުގެ ބޭނުންތެރިކަމާއި އެކުވެރިކަމާއި އެއްބައިވަންތަކަން ކަމުގައި ވިދާޅުވެފައިއެވެ.
16 Jun 2024
ޚަބަރު
ފުލުހެއްގެ ގައިގައި ކާރަކުން ޖައްސައި ފިލި ދެމީހުންގެ ތެރެއިން އެކަކު ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ރޭ ފަތިހު 4:07 ހާއިރު ހުޅުމާލެ ފިލިގަސް މަގުގައި ބަޔަކު މާރާމާރީ ހިންގާ ކަމުގެ ރިޕޯޓް ލިބިގެން އެތަނަށް ފުލުހުން ދިޔުމުން މާރާމާރީ ހިންގުމުގައި ބައިވެރިވި މީހުންގެ ތެރެއިން ދެމީހަކު ކާރެއްގައި ފިލަން މަސައްކަތް ކުރި ކަމަށާއި، އެކާރު ހުއްޓުވުމަށް މަސައްކަތް ކުރި ފުލުސް މީހާގެ ގައިގައި ކާރު ޖެއްސުމަށްފަހުގައި އެމީހުން ފިލައިގެން ދިޔަ ކަމަށެވެ.
16 Jun 2024
ޚަބަރު
ދަރުބާރުގޭ ކައިރީގައި މާރާމާރީ ހިންގި މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ރޭ ހިނގި އެމާރާމާރީއާގުޅިގެން ހައްޔަރުކޮށްފައި ވަނީ ދިވެހި 4 ފިރިހެނުން ކަމަށާއި އެމީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކުރިމިނަލްކޯޓަށް ހާޟިރު ކުރުމުން އެމީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ބޭތިއްބުމަށް ކުރިމިނަލްކޯޓުން އަމުރު ދީފައިވާ ކަމަށެވެ.
16 Jun 2024
ޚަބަރު
މާރާމާރީ އާއި ގުޅިގެން އިތުރު ބަޔަކު ހައްޔަރުކޮށްފި
ފުލުުހުންގެ އިދާރާއިން ހާމަކުރައްވާފައިވާ ގޮތުގައި ރޭ ހިނގި މިމާރާމާރީ އާއި ގުޅިގެން މިއަދު ވަނީ، ދިވެހި ހަތަރު ފިރިހެނުން ހައްޔަރުކޮށްފައެވެ. އެމާރާމާރީ އާއި ގުޅިގެން ރޭވެސް ދެމީހަކު ހައްޔަރުކޮށްފައިވެއެވެ.
16 Jun 2024
ޚަބަރު
ފުވައްމުލަކުގައި ތައްޔާރުކުރި އީދު މަަޅި ބަޔަކު ވަގަށް ރޯކޮށްލައިފި
އީދު ގެ ހަރަކާތްތައް ފެށުމުގެ ގޮތުން ރޭގައި ރޯކުރުމަށް ސިޓީ ކައުންސިލުން ތައްޔާރު ކުރި އީދުޅި ބަޔަކު ވަގަށް ރޯކޮށްލާފައިވާތީ، ސިޓީ ކައުންސިލުން ވަނީ އެކަން ކުއްވެރިކަޮށްފައެވެ.
16 Jun 2024
ޚަބަރު
ވެދުމާ ދިޔުމާއި އީދުހުޅުން އެޗްޑީސީގެ ޢީދު ކުޅިވަރުތައް ފަށައިފި
އެޗްޑީސީން ހާމަކޮށްފައިވާ ގޮތުގައި މިއަދު ހަވީރާއި މިރޭވެސް ޢީދާއި ގުޅުގެން ކުރިޔަށް ގެންދާ ހަރަކާތްތައް އޮންނާނެއެވެ. މިގޮތުން މިއަދު ހަވީރު އޮންނާނީ، ގްރީސް ޕޯލް އާއި ކުޑަކުދިންގެ ހަވީރާއި، މާލި ޕެރޭޑެވެ. މިހަރަކާތްތައް އޮންނާނީ ހުޅުމާލެ ސިންތެޓިކް ޓްރެކްގައެވެ.
16 Jun 2024
ޚަބަރު
މާފަންނު ސްޓޭޑިއަމްގައި ބޭއްވި ޢީދު ނަމާދުގެ ބޮޑު ޖަމާޢަތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންފި
އެމަނިކުފާނު މިޢީދާއި ގުޅިގެން ފޮނުއްވި ތަޙްނިޔާގެ ޚިޠާބުގައި ވަނީ، ﷲ ދެއްވި ގިނަގުނަ ނިޢުމަތްތަކުގެ މަތީން ހަނދުމަކޮށް، ޢީދުގެ އުފާ ފާޅުކުރެއްވުމުގައި އިސްލާމީ ރިވެތި އުޞޫލުތަކުގައި ހިފެހެއްޓެވުމަށާއި، އިސްލާމީ އަޚްލާޤާ، ދިވެހީންގެ ރީތި އާދަކާދަތަކާ ބީރަށްޓެހި ފުރެއްދެ ސަގާފަތްތައް ޢީދުގެ އުފާފާގަތިކަމުގެ ތެރެއަށް މަސްހުނި ނުކުރެއްވުމަށް އިލްތިމާސްކުރައްވާފައެވެ.