Advertisement

ތިލަ މާލެ ބުރިޖުގެ މަސައްކަތް ކުރިޔަށް ދަނީ ---

19 Jun 2024
ޚަބަރު
ޢަލީ ސުލައިމާން

ތިލަ މާލެ ބުރިޖުގެ މަސައްކަތުގައި އުޅެނިކޮށް މީހަކު މަރުވި މައްސަލަ ތަޙްޤީޤު ކުރަމުންދާ ކަމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީން ވިދާޅުވެއްޖެ

އިއްޔެ ރޭ ތިލަމާލެ ބްރިޖު ސައިޓްގައި މަސައްކަތް ކުރަމުންދިޔަ އިންޑިއާގެ ރައްޔިތަކު ނިޔާވި މައްސަލަ ތަޙްޤީޤު ކުރަމުންދާ ކަމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެ މިނިސްޓްރީން ވިދާޅުވީ،  އެ ހާދިސާ ކޮންޓްރެކްޓަރާއި ކަމާބެހޭ ފަރާތްތަކާއި ގުޅިގެންދަނީ ތަޙުގީޤުކުރަމުންދާކަމަށެވެ. އެހެންނަމަވެސް އެއީ ކިހިނެއް ހިނގައި ދިހަ ހާދިސާއެއް ކަމެއް މިނިސްޓްރީ ހާމަކޮށްފައެއް ނުވެއެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ވަނީ، އިއްޔެރޭ ނިޔާވި އެމީހާއަކީ، ސިނަމާލެ ބްރިޖުގެ މަސައްކަތުގައި އުޅުނު މީހެއްކަމަށް މީޑިއާގައި ފެތުރުނު މައުލޫމާތަކީ ދޮގު މައުލޫމާތެއް ކަމުގައިވެސް ވިދާޅުވެފައެވެ. އެހެން ނަމަވެސް މީޑިއާތަކުން އެގޮތަށް ރިޕޯޓްކޮށްފައި ވަނީ ފުލުހުން މީޑިއާއަށް މައުލޫމާތު ދިން އިރު އެމީހާއަކީ ސިނަމާލެ ބްރިޖުގެ މަސައްކަތެއްގައި އުޅުނު މީހެއް ކަމަށް ވިދާޅުމުންނެވެ. ފަހުން ފުލުހުންވެސް ވަނީ އެމީހާއަކީ ސިނަމާލެ ބުރިޖުގެ މަސައްކަތެއްގައި އުޅުނު މީހެއްކަމުގައި ހާމަކުރެވިފައި ވަނީ މައުލޫމާތުގެ އޮޅުމަކުން ކަމަށް ވިދާޅުވެފައެވެ. 

އިއްޔެ ރޭ ނިޔާވި އެމީހާއަކީ އިންޑިއާއަށް ނިސްބަތްވާ ފިރިހެނެކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.