Advertisement

ހ. ވެޔޮވިލާގައި ޕީއެންސީގެ ހަރުގެ ހަދާފައި --

21 Jun 2024
ޚަބަރު
ޢަލީ ސުލައިމާން

މާދަމާރޭ ޕީއެންސީގެ ހަރުގެ ހުޅުވަނީ

ކުރިން އެމްޑިޕީގެ ހަރުގެ ހިންގި ހެންވޭރު ވެޔޮވިލާގައި، މާދަމާ ރޭ، ޕީއެންސީގެ ހަރުގެ ހުޅުވުމަށް ނިންމާފައިވާ ކަމުގައި އެޕާޓީން ބުނެފިއެވެ.

ޕީއެންސީން ހާމަކޮށްފައިވާ ގޮތުގައި، އެޕާޓީގެ ހަރުގެ ހުޅުވުމަށް ބާއްވާ ޚާއްޞަ ރަސްމިއްޔާތު އޮންނާނީ، މާދަމާރޭ 8:30 ގައެވެ. މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށާއި، ހަރުގެ ހުޅުއްވައި ދެއްވާނީ އެމަނިކުފާނު ކަމުގައިވެސް ޕީއެންސީ ހާމަކޮށްފައިވެއެވެ.

ޕީއެންސީގެ ހަރުގެ ހުޅުވާ އިމާރާތުގައި އެންމެ ފުރަތަމަ ހިންގީ އެމްޑީޕީގެ ހަރުގެ އެވެ. އެމްޑީޕީގެ ތެރޭގައި އުފެދުނު ފެކްޝަން ކޯޅުންތަކުގެ ތެރެއިން އެޕާޓީ ދެބައިވެގެން އުފެދުނު ދަ ޑިމޮކްރެޓްސްއަށް އެތަން ވެރިފަރާތުން ދީފައި ވަނީ އެމްޑީޕީގެ އަތުން ތަން އަތުލުމަށް ފަހުގައެވެ. ޕީއެންސީއަށް އެއިމާރާތް ދީފައި ވަނީ ދަ ޑިމޮކްރެޓްސްއިން އެތަން ދޫކޮށްލުމުންނެވެ.

ޕީއެންސީގެ ހަރުގެ ހިންގާ އެއިމާރާތަކީ، އެމްޑީޕީގެ ސިޔާސީ މަސައްކަތްތަކުގައި ވަރަށް ބޮޑަށް ބޭނުން ކުރި ހަރުގެ އެކެވެ. އަދި ސިޔާސީ ގޮތުން އެމްޑީޕީން ހިންގި ހަރަކާތްތަކުގެ އެތައް ހަނދާންތަކެއް އެއިމާރާތާއި ގުޅިފައިވާއިރު، އެއިމާރާތުގައި އެމްޑީޕީއާއި އިދިކޮޅު ޕީއެންސީ ހަރުގެ ހިންގާ މަންޒަރު ފެނުމަކީ، ރާއްޖޭގެ ސިޔާސީ ހަޔާތަށް އައި މުހިއްމު ބަދަލެއްގެ ރަމްޒު ކަމުގައި އާއްމު ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ސިފަކޮށްފައިވެއެވެ.

އެމްޑީޕީގެ ހަރުގެ ހިންގި އިމާރާތް، ހ. ވެޔޮވިލާއަކީ ޝަފީޢާ ޒުބައިރުގެ ގެއެކެވެ. އޭނާ އެމްޑީޕީން ވަކިވެ ވަޑައިގެން ޑިމޮކްރެޓްސް އާ ގުޅިވަޑައިގަތީ، އެމްޑީޕީގެ ތެރޭގައި ހިނގި ފެކްޝަން ކޯޅުންގަނޑުގެ ތެރޭގައެވެ. ރިޔާސީ އިންތިޚާބުގައި ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް ބަލިވެ، ދެވަނަ ބުރުގައި އެމްޑީޕީއާ ޕީއެންސީން ވާދަކުރި އިރު، ޝަފީޢާ ތާޢީދުކުރެއްވީ، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.