Advertisement

ޓެސްލާ ކާރު ލިބުނު ފަރާތަށް މަރުޙަބާ ކިޔައި ދިރާގުން ކުރި ޕޯސްޓް ==

18 Jun 2024
ޚަބަރު
ޢަލީ ސުލައިމާން

ދިރާގުގެ ޓެސްލާ ކާރު ލިބޭ ފަރާތް ހޮވައިފި

ދިރާގުގެ "ވިން އަ ޓެސްލާ" ޕްރޮމޯޝަންގެ ގުރުއަތުން މުހައްމަދު މުސްތަފާއަށް ކާރު ލިބިއްޖެއެވެ.

ޓެސްލާ ކާރު ލިބޭ ފަރާތް ހޮވުމަށް ގުރުއަތު ނަގާފައި ވަނީ، މިރޭ ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ޢީދު ޝޯވ ގައެވެ.

ދިރާގުގެ "ވިން އަ ޓެސްލާ" ޕްރޮމޯޝަންގެ ގުރުއަތުން އެކާރު ލިބުނު މުހައްމަދު މުސްތަފާއަކީ ކ. ތުލުސްދޫއަށް ނިސްބަތްވާ މީހެކެވެ.

މިއީ މިހާތަނަށް ރާއްޖޭގައި ހިންގި ޕްރޮމޯޝަނެއްގައި މީހަކަށް ލިބުނު އެންމެ އަގުބޮޑު އިނާމެވެ.

ދިރާގުގެ "ވިން އަ ޓެސްލާ" ޕްރޮމޯޝަން ކުރިޔަށް ގެންގޮސްފައި ވަނީ އެކުންފުނީގެ 35 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެންނެވެ. 

މިޕްރޮމޯޝަންގައި ބައިވެރިކޮށްފައި ވަނީ، ދިރާގު ޕޯސްޓްޕެއިޑް 450 ނުވަތަ ފައިބަރ ބްރޯޑްބޭންޑް 30M އިން މަތީގެ ޕެކޭޖްތައް އެކްޓިވޭޓްކޮށްފައިވާ އަދި ޖޫންމަހާއި ހަމައަށް ޚިދުމަތުގައި ދެމިތިބި ދިރާގުގެ ކަސްޓަމަރުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.