ޚަބަރު
27 Jun 2024
ޚަބަރު
ޖަލަށް މަސްތުވާތަކެއްޗާއި ފޯނު ވައްދައިދޭ ކަމުގެ ތުހުމަތުގައި 8 އޮފިސަރަކު ހައްޔަރުކޮށްފި
މިނިސްޓަރ އިޙްސާން ވިދާޅުވީ، އެ އޮފިސަރުންނަކީ، އެހެން ވިޔަފާރިއެއް ނުވަތަ އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ކުރާ ބައެއްކަން ފާހަގަވެފައި ނެތް ކަމަށެވެ. އަދި ޖަލު ބަލަހައްޓަމުން ދިޔަ އެ އޮފިސަރުންނަށް މާލޭގައި ކުށުގެ މާހައުލުގައި އުޅޭ ފަރާތްތަކުންނާއި، ޖަލުގައި ތިބި މީހުންގެ އެކައުންޓްތަކުންވެސް ފައިސާ ޖަމާކޮށްފައިވާ ކަމުގައި މިނިސްޓަރ އިޙްސާން ވިދާޅުވިއެވެ.
27 Jun 2024
ޚަބަރު
އާއްމުންގެ އަތުން ނަގާ ޖީއެސްޓީއާއެކު އެހެން ބައެއް ޓެކްސްތަކާއި ފީތައް ބޮޑުކުރަން ނިންމައިފި
އަންނަ އަހަރުންފެށިިގެން ބޮޑު ކުރުމަށް ނިންމާފައިވާ ޓެކްސްތަތަކާއި ފީތަކުގެ ތެރޭގައި، ޖީއެސްޓީ، ޓީޖީއެސްޓީ، އިމްޕޯޓް ޑިއުޓީ، އެއާޕޯޓް ޑިވޮލޮޕްމެންޓް ފީ، ފަތުރުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކާއި ބިން ބިމުގެ ބިމު ކުއްޔާއި، މުވާޞަލާތީ ޚިދުމަތްދޭ ކުންފުނިތަކުން ދައްކަންޖެހޭ ކޯޕަރޭޓް އިންކަމް ޓެކުހާއި، ފަރުދުންގެ އާމްދަނީން ނަގާ އިންކަމް ޓެކުހާއި، ގްރީން ޓެކްސް ވެސް ހިމެނެއެވެ.
27 Jun 2024
ސްޓެލްކޯ
ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ސްޓެލްކޯއިން ހިންގައިފި
ލޭ ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން، ސްޓެލްކޯއިން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ. ބުދަ ދުވަހު ސްޓެލްކޯއިން ހިންގި މި ހަރަކާތުގައި އެ ކުންފުނީގެ ސަތޭކައެއްހާ މުވައްޒަފުން ބައިވެރިވެފައިވެއެވެ.
27 Jun 2024
ޚަބަރު
މެނިންގޯކޮކަލް ބަލީގައި މަރުވި މީހާ އާއި ކޮންޓެކްޓްވި، 46 މީހަކު ވަނީ ދެނެގަނެވިފައި: އެޗްޕީއޭ
ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން، އެޗްޕީއޭގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އިބްރާޙިމް އަޝްރަފް ވިދާޅުވީ، އެބަލި ރާއްޖެއިން ދެނެގަނެވުމާއި އެކު އެޗްޕީއިން ކުރިޔަށް ގެންދާ ކޮންޓެކްޓް ޓްރޭސިންގެ ގެ ތެރެއިން ފާހަގަވި 46 މީހުންގެ ތެރެއިން، ބޭސްދޭން ޖެހޭ މީހުންނަށް މިހާރު ވަނީ ބޭސްދެވިފައިވާ ކަމަށާއި، އެހެން ނަމަވެސް އަދިވެސް ކޮންޓެކްޓް ޓްރޭސިން އިތުރަށް ކުރިޔަށް ގެންދާ ކަމުގައި އޭނާ ވިދާޅުވިއެވެ.
27 Jun 2024
ޚަބަރު
ހުރަވީ ސްކޫލުގެ "ހުނަރު ވެހި" އަށް ބޭނުންވާ ބައެއްތަކެތި އެމްއޭސީއެލްއިން ހަދިޔާކޮށްފި
އެމްއޭސީއެލްއިން އިއްޔެ ހުރަވީ ސްކޫލަށް ހަދިޔާކޮށްފައި ވަނީ، ހުނަރުވެހީގައި ކުރިޔަށް ގެންދާ ތަމްރީނުތަކުގައި ބޭނުންކުރާނެ ތަކެއްޗެވެ. އެމް.އޭ.ސީ.އެލްގެ އިޖްތިމާއީ ޒިންމާގެ ދަށުން ހުރަވީ ސްކޫލްގައި މިދިޔައަހަރު ހުޅުވި ހުނަރު ވެއްސަކީ ރާއްޖޭގެ ތައުލީމީ ނިޒާމްގެ ތެރެއިން އުފެއްދުންތެރިއަދި ބިނާކުރަނިވި ތަމްރީނުތައް ދަރިވަރުންނަށް އުނގަންނައި ދިނުމަށްމަގުފަހިކުރުމުގެ ގޮތުން ހުޅުވި ތަނެކެވެ.
27 Jun 2024
ޚަބަރު
ހިޔާ ފްލެޓުގައި މީހަކަށް އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯގެ މައްސަލަ ފުލުހުން ބަލަންފަށައިފި
ފުލުހުންގެ އިދާރާއިން ބުނީ، ހިޔާގެ ޓަވަރެއްގެ ކޮރިޑޯ ތެރޭގައި މީހަކަށް އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯ، ޖޫން 19 ވަނަ ދުވަހު ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެމައްސަލަ ފުލުހުން މިހާރު ތަޙްޤީޤު ކުރަމުންދާ ކަމަށާއި އެހެން ނަމަވެސް ވީޑިއޯއިން ފެންނަ މީހުން މިހާތަނަށް ދެނެގަނެވިފައި ނުވާތީ، އެވީޑިއޯގައި ފެންނަ މީހުންނާއި ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އެމައުލޫމާތެއް ފުލުހުންނާއި ހިއްޞާކޮށްދިނުމަށް ފުލުހުންގެ އިދާރާއިން ވަނީ އާއްމުންގެ ކިބައިން އެދިފައެވެ.
26 Jun 2024
ޚަބަރު
ސ. ފޭދޫގައި މަރުވެފައި އޮއްވައި ފެނިފައި ވަނީ ނޭޕާލް މީހެއް: ފުލުހުން
ފުލުހުންގެ އިދާރާއިން ހާމަކުރައްވާފައިވާ ގޮތުގައި މަރުވެފައި އޮއްވައި ފެނިފައި ވަނީ ނޭޕާލުގެ ފިރިހެނެކެވެ. އޭނާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް ކަހަލަ ޒަޚަމެއް އަނިޔާއެއްގެ ނިޝާނެއް ފެންނަން ނެތްކަމަށްވެސް ޑޮކްޓަރުންނާއި ހަވާލާދީ ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
26 Jun 2024
ޚަބަރު
ރާއްޖެއަށް ލެއްގި ސޯމާލިއާ މީހުން ހުޅުމާލެއަށް ގެނެސްފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެމީހުން ފުލުހުންގެ ބެލުމުގެ ދަށުގައި، ނ. ހޮޅުދޫގައި ބޭތިއްބުމަށްފަހުގައި މިހާރު ހުޅުމާލެއަށް ގެނެސް އިމިގްރޭޝަނާއި ހަވާލުކޮށްފައިވާ ކަމަށެވެ. އެމީހުން މިވަގުތު ބައިތިއްބާފައި ތިބީ ހުޅުމާލޭގައި ހުންނަ އިމިގްރޭޝަންގެ ޑިޓެންޝަން ފެސިލިޓީގައެވެ.
26 Jun 2024
ޚަބަރު
ސްޓޭޓް މިނިސްޓަރ ޝަމްނާޒާއި އިތުރު ދެމީހަކު ހައްޔަރުކޮށް ބަންދަށް 7 ދުވަސް ޖަހައިފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ސްޓޭޓް މިނިސްޓަރ ފާތިމަތު ޝަމްނާޒް އަލީ ސަލީމާއި އޭނާއާއެކު ހައްޔަރުކުރި އަނެއް ދެމީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޟިރުކުރުމުން އެތިން މީހުންގެ ބަންދަށް ކޯޓުން 7 ދުވަސް ޖަހައިދީފައިވާ ކަމަށެވެ.
26 Jun 2024
ޚަބަރު
ރައްޔިތުންނަށް އިތުރު ކުރިއެރުން ހޯދައިދިނުމުގައި އެމްޑީޕީ ދެމި އޮންނާނެ: ރައީސް ޞާލިޙް
އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހި ރައްޔތުންގެ ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީ އުފެދުނުތާ 19 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިއަދު ފޮނުއްވި ތަޙްނިޔާގެ މެެސެޖުގައެވެ. އެމަނިކުފާނު ވަނީ އެމްޑީޕީގެ 19 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާއާއި މުބާރިކްބާދީ ޕާޓީގެ ލީޑަރޝިޕާއި ޕާޓީގެ އެންމެ މުހިއްމު ރައުސްމާލުކަމުގައިވާ ޕާޓީގެ މެންބަރުންނާއި ސަޕޯޓަރުންނަށް ފޮނުއްވާފައެވެ.
26 Jun 2024
ޚަބަރު
މޫދުގައި ބިދޭސީއަކު މަރުވެފައި އޮއްވައި ފެނިއްޖެ
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެމީހާ ކުނި އުކާލަން ކުނިގޮނޑަށް ދިޔައީ ހެނދުނު ކަމަށާއި، ޚަބަރެއް ނުވެގެން ހޯދަމުން ދަނިކޮށް އޭނާ މޫދުގައި އޮއްވައި ފެނިފައި ވަނީ މިއަދު ހެނދުނު 9:40 ހާއިރުގައިކަމަށެވެ.
25 Jun 2024
ޚަބަރު
ނުރައްކާތެރި ބެކްޓީރިއާއަކުން ފެތުރޭ އިންވޭސިވް މެނިންގޯކޮކަލް ޖެހުނު މީހަކު ދެނެގަނެވުމާއި ގުޅިގެން އެޗްޕީއޭއިން ފިޔަވަޅުތައް އަޅަން ފަށައިފި
އެޗްޕީއޭއިން ވިދާޅުވީ، މިއަހަރު ހައްޖަށް ވަޑައިގެންނެވި ފަރާތްތަކުގެ ތެރެއިން މެނިންޖައިޓިސް ވެކްސިން އެއްވެސް ސަބަބަކާހުރެ ނުޖެހޭ ފަރާތްތައް ނުވަތަ ވެކްސިން ޖެހުމަށްފަހު ފުރުމާ ދެމެދު 14 ދުވަސް ހަމަނުވާ ފަރާތްތަކުގެ ތެރެއިން މިބަލީގެ އަލާމާތެއް ފެނިއްޖެނަމަ، ލަސްނުކޮށް ޑޮކްޓަރަށް ދެއްކުން މުހިއްމު ކަމަށެވެ.
25 Jun 2024
ޚަބަރު
އިންޑިއާގެ ބޮޑުވަޒީރު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް ކުރެއްވި ދަތުރުފުޅަށް، 1.4 މިލިޔަން ރުފިޔާ ޚަރަދުވި: ރައީސް އޮފީސް
އެއޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި 20 ބޭފުޅުންގެ ވަފުދަކާއި އެކު ރައީސުލްޖުމްހޫރިއްޔާ ކުރެއްވި މިދަތުރުފުޅަށް ޚަރަދުވެފައި ވަނީ ޖުމުލަ، 1،440،170.33ރ (އެއްމިލިޔަން ހަތަރުލައްކަ ސާޅީސާހާސް ސަތޭކަ ހަތްދިހަ ރުފިޔާ ތެއްތިރީސް ލާރި) އެވެ.
25 Jun 2024
ޚަބަރު
މެދުކަނޑާލާފައި އޮތުމަށްފަހު ހުޅުމާލެ 3 ގެ ބިންހިއްކަން ފަށައިފި
އެޗްޑީސީން ހުޅުމާލެ 3 ގެ ބިންހިއްކުމުގެ މަސައްކަތް ފަށާފައި ވަނީ، ހުސްވި އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައެވެ. އަދި އެމަޝްރޫގެ ބިންހިއްކުމުގެ މަސައްކަތް ވަގުތީ ގޮތުން މެދު ކަނޑާލީ، ރާއްޖޭގެ ފަރުތަކަށް ދިމާވަމުން އަންނަ ގާހުދުވުމުގެ މައްސަލަ އާއި ގުޅިގެން، ރާއްޖޭގައި ހިންގާ ބިންހިއްކުމާއި ފަޅުފުންކުރުންފަދަ މަޝްރޫޢުތައް ހުއްޓާލުމަށް، އީޕީއޭއިން އެންގުމާއި ގުޅިގެންނެވެ.
25 Jun 2024
ޚަބަރު
ސިނަމާލެ 3 އިމާރާތުގެ އާތު ދަގަނޑުތައް ވަގަށް ނެގި ބަޔަކު ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ވައްކަމުގެ އެމައްސަލައިގައި ހައްޔަރުކޮށްފައި ވަނީ، އުމުރުން 35 އަހަރުގެ ދެ ފިރިހެނުންނާއި، އުމުރުން 42 އަހަރުގެ ފިރިހެނެއް ކަމަށެވެ.
25 Jun 2024
ޚަބަރު
ދަނޑުވެރި މަންފާ ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފި
އެމިނިސްޓްރީން ވިދާޅުވީ، މި ގްރާންޓް ޕްރޮގްރާމްގެ މަޢުލޫމާތު ދަނޑުވެރިންނާއި އަދި ކައުންސިލްތަކާއި ހިއްސާކުރުމުގެ ސެޝަންތައް، ޕްރޮޖެކްޓްގެ ރަށްތަކުގައި ޖޫން މަހުގެ ތެރޭގައި ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި 25 ޖޫން 2024 އިން ފެށިގެން އެސްޑީއެފްސީ ޕޯޓަލްއިން އެޕްލިކޭޝަން ބަލައިގަތުން ކުރިޔަށް ދާނެ ކަމުގައި އެމިނިސްޓްރީން ވިދާޅުވިއެވެ.