ޚަބަރު
ޚަބަރު
30 Jun 2024
ޚަބަރު
ސަރުކާރަށް ދިމާވެގެން އުޅެނީ މާލީ ގޮންޖެހުންތައް މެނޭޖް ކުރަން ނޭނގުމުގެ މައްސަލަ: އަމީރު
ކުރީގެ މިނިސްޓަރ އަމީރު މިހެން ވިދާޅުވީ، ރާއްޖޭގެ ރާއްޖޭގެ މާލީ އަދި އިޤްތިސާދީ ހާލަތު ދަށްވަމުން ދިއުމާމެދު ކަންބޮޑުވުން ފާޅުކުރުމުގެ ގޮތުން އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
30 Jun 2024
މޯލްޑިްވްސް ޕޮލިސް ސަރވިސް
ހުޅުމާލެ ޕޮލިސްއަކީ ވަކި ކޮމާންޑެއްގެ ގޮތުގައި ހަމަޖައްސަވައިފި
ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފައިވާ ގޮތުގައި ކުރިޔަށް އޮތް 4 އަހަރަށް އެކުލަވާލާފައިވާ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ސްޓްރެޓެޖިކް ޕްލޭންގެ ދަށުން، ފުލުހުންގެ ޚިދުމަތުގެ ހިންގުމަށް ގެނެވޭ ބަދަލުތަކުގެ ތެރެއިން، ހުޅުމާލެ ޕޮލިސް މާދަމާއިން ފެށިގެން ހިނގަމުންދާނީ ވަކި ކޮމާންޑެއްގެ ގޮތުގައެވެ.
30 Jun 2024
ޚަބަރު
މާދަމާއި ފެށިގެން ދިވެހި ފުލުހުންގެ ޚިދުމަތުގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަނީ!
މިގޮތުން ގެނެވޭ ބަދަލުތަކުގެ މައިގަނޑު ބޭނުމަކީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ސްޓްރެޓެޖިކް ޕްލޭން ތަންފީޒް ކުރުމަށް މަސައްކަތްތައް ތަރުތީބު ކުރުން ކަމަށާއި، މިގޮތުން އައު ސްޓްރެޓެޖިކް ޕްލޭންގެ ދަށުން މިހާރު ވަނީ، ލޯކަލް ޕޮލިސިންގ ރީޖަންތައް ހިމަނައިގެން ކޮމާންޑް އަދި ޑައިރެކްޓްރޭޓްތައް 17އަށް އިތުރު ކުރެވިފައި ވާކަމުގައި ޝިފާން ވިދާޅުވިއެވެ.
30 Jun 2024
ޚަބަރު
ސަރުކާރަށް ފާޑު ކިޔަމުން ދިޔަ މަސްވެރިޔާ ސާޖިދު އަންހެނެއްގެ ބޮލުގައި ގާބުރިއަކުން ޖެހިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފި
އެނގިފައިވާ ގޮތުގައި ފުލުހުން ރޭ ދަންވަރު، ހައްޔަރުކޮށްފައި ވަނީ، މިސަރުކާރަށް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ފާޑުކިޔައި، އަދި ސަރުކާރުގެ ވެރިންނަށް އެކި ތުހުމަތުތައްކޮށް ސޯޝަލްމީޑިއާގައި ޕޯސްޓްތައް ކުރަމުން އައި، ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި މަސްވެރިޔާ ޢަލީ ސާޖިދެވެ.
30 Jun 2024
ޚަބަރު
ޚަރަދުތައް ކުޑަކުރުމަށް އެމްއޭސީއެލް އިން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި، މުވައްޒަފުން މަދުކުރުމާއި މުސާރަ ކުޑަކުރުމެއް ނުހިމެނޭނެ!
އޭގެ ތެރޭގައި ހިމެނެނީ، ކުންފުނިން ތެލަށް ކުރާ ޚަރަދުތައް ކުޑަކުރުމާއި، ކޮންސިއުމަބަލްސްއަށް ކުރާ ޚަރަދުތައް ކުޑަކުރުމާއި، ފެނާއި ކަރަންޓަށް ކުރެވޭ ހޭދަ ކުޑަކުރުމާއި، ކުންފުނީގެ ބޭނުމަށް ކުރާ ދަތުރުފަތުރުގެ ޚަރަދު ކުޑަކުރުމާއި، ކުންފުނީގެ އިންވެންޓްރީ އިތުރަށް ހަރުދަނާ ކުރުމާއި، ބޭންކް ޗާރޖަސްއަށް ކުރެވޭ ޚަރަދު ކުޑަކުރެވޭނެ ގޮތްތަކެއް ބޭންކުތަކާއި މަޝްވަރާކޮށްގެން ހޯދުމާއި، ކުންފުނިން ބާއްވާ އިވެންޓްތަކަށް ކުރާ ހޭދަ ކުޑަކުރުމެވެ.
29 Jun 2024
ޚަބަރު
ޤަވާއިދާއި ޚިލާފަށް އުޅޭ 50 ބިދޭސީން ހޯދައި އިމިގްރޭޝަނާއި ހަވާލުކޮށްފި
ފުލުހުންގެ އިދާރާއިން ބުނީ، މިއަދު މި އޮޕަރޭޝަން ހިންގާފައި ވަނީ މާލޭގައި ކަމަށެވެ. މިގޮތުން، މާލޭ ލޯކަލް މާރުކޭޓް ސަރަހައްދާއި، މާލެ ތެރޭގައި ހިންގާ މާރުކޭޓްތަކުގެ އިތުރުން، މާލޭގެ އެކި ސަރަހައްދުތަކުގައި އޮޕަރޭޝަން ހިންގާފައިވާ ކަމުގައި ފުލުހުންގެ އިދާރާއިން ބުންޏެވެ.
29 Jun 2024
ޚަބަރު
ޖަލަށް މަނާތަކެތި ވައްދާކަމުގެ ތުހުމަތުގައި މިހާތަނަށް ހައްޔަރުކުރި 11 މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފި
ފުލުހުންގެ އިދާރާއިން ބުނީ، އެމައްސަލައިގައި މިހާތަނަށް 13 މީހުން ހައްޔަރުކޮށްފައިވާ ކަމަށާއި، އޭގެ ތެރެއިން 2 މީހެއް ފިޔަވައި އަނެއް 11 މީހުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޯޓުން އަމުރު ދީފައިވާ ކަމަށެވެ. އަނެއް ދެމީހުން ބަންދުގައި ބޭތިއްބުމަށް ކޯޓުން ދީފައި ވަނީ 5 ދުވަހުގެ މުއްދަތެއް ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވަނީ ބުނެފައެވެ.
29 Jun 2024
ޚަބަރު
އުމުރުން ދުވަސްވީ އަންހެނަކު ދަނބިދޫ މޫދުގައި މަރުވެފައި އޮއްވައި ފެނިއްޖެ
ފުލުހުންގެ އިދާރާއިން ބުނީ އެހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހަވީރު 16:55 ހާއިރުގައި ކަމަށާއި، އަންހެން މީހާ ފެނިފައި ވަނީ ދަނބިދޫ އިރުމަތީ ފަރާތުން ކޯޒްވޭ ސަރަހައްދުން މޫދުތެރެއިން އޮޔާ ދަނިކޮށް ކަމަށެވެ. އަދި އެއަންހެންމީހާ ދަނބިދޫ ޞިއްޙީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް، ޞިއްޙީމަރުކަޒާއި ހަވާލާދީ ފުލުހުން ބުނެފައިވެއެވެ.
29 Jun 2024
ޚަބަރު
އައިޖީއެމްއެޗަށް ޒިޔާރަތް ކުރާ އިރު މާސްކު އެޅުމަށް އެދިއްޖެ
އެހޮސްޕިޓަލުން މިކަމަށް އެދުނީ، ހައްޖު ކްލިނިކަށް ހާޟިރުވާ މީހުންގެ ތެރޭގައި ރޯގާގެ ޢަލާމާތަތްތައް ހުންނަ މީހުންގެ އަދަދު އިތުރުވުމާއި ގުޅިގެން ކަމުގައި ހޮސްޕިޓަލުން ވަނީ ބުނެފައެވެ. އެހޮސްޕިޓަލުން މިއަދު ނެރުނު ދެންނެވުމުގައި ބުނެފައި ވަނީ، ހައްޖު ކްލިނިކަށް ޒިޔާރަތް ކުރާ މީހުންގެތެރެއިން ރޯގާގެ ޢަކާމާތްތައް ހުންނަ މީހުންގެ އަދުސު އިތުރުވުމާއި ގުޅިގެން، ބަލިމީހުންނާއި މުވައްޒަފުންނާއި މުޖުތަމަޢުގެ ރައްކާތެރިކަން އިތުރު ކުރުމުގެ ގޮތުން ބައެއް ފިޔަވަޅުތައް އެޅުމަށް ހޮސްޕިޓަލުން ނިންމާފައިވާ ކަމަށެވެ.
29 Jun 2024
ޚަބަރު
ރައީސްގެ ނިންމެވުމަށް ފުރިހަމައަށް އެއްބާރުލުން ދޭނަން: ފަހުމީ
ދިވެހިރާއްޖެއަކީ އަރަނިވެރި، ތިޔާގި އަދި މާލީ ބުރަތަކަށް ވިލުންވެރި ޤައުމަކަށް ހެއްދެވުމަށް، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަޅުއްވާ ފިޔަވަޅުތައް ތަންފީޒުކުރުމުގައި ދިވެހި ޤައުމު ދެކެ ލޯބިވާ ރައްޔިތެއްގެ ޙައިސިއްޔަތުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގައި، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.
28 Jun 2024
ޚަބަރު
ވިނަރެސް އެޕާޓްމެންޓް ބިލްޑިންގގެ ސެކިއުރިޓީ ދޮރުތައް މީހަކު ހަލާކުކޮށްލައިފި
އެޗްޑީސީން ވަނީ، ވިނަރެސް ފްލެޓްތަކުގެ ދިރިއުޅޭ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން އެޕާޓްމަންޓް ބިލްޑިންގތަކުގެ މައިދޮރުތަކުގައި، އެކްސެސް ސެކިއުރިޓީ ސިސްޓަމްތައް ހަރުކޮށްފައެވެ. އަދި ކޮންމެ ފްލެޓަކަަށްވެސް ސެކިއުރިޓީ އެކްސެސް ސިސްޓަމްގެ 3 ޓެގް ދޫކުރަމުންދާކަމުގައިވެސް އެޗްޑީސީން ބުނެފައިވެއެވެ.
28 Jun 2024
ޚަބަރު
މާފުށީ ޖަލުގައި ހުރި ގައިދީއަކު ނިޔާވެއްޖެ
28 Jun 2024
ދުނިޔެ
ޓެކްސް ބޮޑު ކުރަން ނިންމުމުން ކެންޔާގެ ގިނަ ބަޔަކު މަގު މައްޗަށް ނިކުމެއްޖެ
ޓެކްސް ބޮޑު ކުރުމަށް ކެންޔާގެ ޕާލަމެންޓުން ފައިނޭންސް ބިލް ފާސްކުރުމާ ގުޅިގެން އެ ގައުމުގެ ރައްޔިތުން މަގުމައްޗަށް ނިކުމެ، ރައީސް ވިލިއަމް ރޫޓޯ އިސްތިއުފާ ދިނުމަށް ގޮވާލައިފިއެވެ. މުޅި ގައުމުގެ އެކި ހިސާބުތަކުގައި ކުރިޔަށް ގެންދާ މި މުޒާހަރާ މިހާރު ހަފްތާއަކަށް ދެމިގެން ގޮސްފައިވާއިރު، ރޫޓޯ ވަނީ އެ ބިލު ތަސްދީގު ނުކުރުމަށް މިދިޔަ ބުދަ ދުވަހު ނިންމާފައެވެ.
28 Jun 2024
އެމްއޭސީއެލް
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ފަޔަރ ސްޓޭޝަން ހުޅުވައިފި
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ފަޔަރ ސްޓޭޝަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ހުޅުއްވައިދެއްވައިފިއެވެ. މި ކަމަށްޓަކައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި، ޗީފް އޮފް ޑިފެންސް ފޯސް މެޖާރ ޖެނެރަލް އިބްރާހީމް ހިލްމީ، އެމް.އޭ.ސީ.އެލްގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދުގެ އިތުރުން ކުންފުނީގެ އިސްބޭފުޅުންނާއި ސަރުކާރުގެ ވުޒާރާތަކާއި ކުންފުނިތަކުން އަދި ދައުލަތުގެ އިދާރާތަކުގެ އިސްބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
27 Jun 2024
ޚަބަރު
ދައުލަތުގެ ޚަރަދު ކުޑަކުރުމަށް މިނިވަން ދުވަހުގެ ކުޅިވަރުތަކާއި އިޙްތިފާލުތައް ނުބޭއްވުމަށް ރައީސް ނިންމަވައިފި
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދައުލަތުގެ ޚަރަދުތައް ކުޑަކުރެއްވުމަށް ބައެއް ފިޔަވަޅުތައް އެޅުމަށް ނިންމަވާފައިވާ ކަމަށާއި، އެގޮތުން، އެކި މުނާސަބަތުތަކުގައި ބާއްވާ ޙަަފްލާތަކަށް ކުރާ ޚަރަދުތައް ކުޑަކުރުން ނުވަތަ ނުބޭއްވުން ހިމެނޭކަމަށެވެ. އެހެންވެ ކުރިޔަށް އޮތް މިނިވަން ދުވަހަށް ފުޅަނދު ބުރާއި، ކުޅިވަރުތަކާއި ރިސެޕްޝަން ފަދަ ކަންކަން ނުބޭއްވުމަށް ނިންމަވާފައިވާ ކަމަށާއި، އެދުވަހު ހަމައެކަނި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ އެކަނި ބޭއްވުމަށް ނިންމަވައި އެކަން ކަމާއި ބެހޭ މުއައްސަސާތަކަށް އަންގަވާފައިވާ ކަމަށެވެ.
27 Jun 2024
ޚަބަރު
ދައުލަތުގެ ޚަރަދު ކުޑަކުރުމަށް ސިޔާސީ މަޤާމުތަކުގެ އަދަދު މަދުކުރަން ނިންމަވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
އެމަނިކުފާނުގެ ޕޯސްޓުގައި ވިދާޅުވީ، ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން އިތުރު ފިޔަވަޅުތައްވެސް އެޅުއްވުމަށް ނިންމަވާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ސަރުކާރުގެ ރިކަރަންޓް ޚަރަދުތައް ކުޑަކުރުމަށްވެސް ފިޔަވަޅުތައް އަޅުއްވާނެ ކަމުގައި ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މީގެ އިތުރަށްވެސް ގިނަ ފިޔަވަޅުތަކެއް ކުރިޔަށް އޮތް ދުވަސްތަކުގައި އަޅުއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.