ޚަބަރު
26 Mar 2024
ޚަބަރު
ކެމްޕޭނަށް ޚަރަދު ކުރާނެ ފައިސާވެސް ނެތުމާއިއެކު ނިޝާމާ މަޖިލިސް އިންތިޚާބުގައި ވާދަކުުރުމުގެ ވިސްނުން ދޫކޮށްލައިފި
"އިންތިޚާބު ފެށެން ކުޑަދުވަސްކޮޅަކަށް ވެފައި އޮއްވާ ދާއިރާއަށް ނިކުމެ، ކުރެވުނު މަސައްކަތުން ރައްޔިތުންގެ ލޯތްބާއި، އިޚްތިރާމާއި، އެއްބާރުލުން އަދި ތަރުޙީބު ލިބިފައިވެއެވެ. ނަމަވެސް، އިންތިޚާބު ކާމިޔާބު ކުރުމަށް އިތުރަށް ވަރަށް ބޮޑެތި މަސައްކަތްތަކަކާއި ޚަރަދުތަކެއް ކުރަންޖެހެއެވެ."
26 Mar 2024
ޚަބަރު
ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަންގެ މަގާމަށް ޒަރީރު ހަމަޖައްސަވައިފި
ޒަރީރު އެމަޤާމަށް ހަމަޖެއްސިކަން ހާމަކޮށް، ބޭންކް އޮފް މޯލްޑިވްސް ނެރުނު ނޫސްބަޔާނުގައި ބުނީ ޗެއާޕާސަންގެ މަގާމަށް ޒަރީރު އިންތިހާބު ކުރީ އެ ބޭންކުގެ އެކްސްޓްރާ އޯޑިނަރީ ޖެނެރަލް މީޓީން (އީޖީއެމް) އަށްފަހު ބޭއްވި ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމެއްގައި ކަމަށެވެ.
25 Mar 2024
ޚަބަރު
މަޖިލިސް އިންތިޚާބުގެ ފައިނަލް ވޯޓާސް ރެޖިސްޓްރީ އާއްމުކޮށްފި
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުމަށް ރާއްޖެއިން ބޭރުގައި ބަހައްޓާ ފޮށިތައް ހިމެނޭހެން ޖުމުލަ 602 ވޯޓު ފޮށި ބަހައްޓާނެވެ. މިފަހަރުގެ އިންތިޚާބުގައި، 93 ދާއިރާކަށް މެމްބަރުން އިންތިޚާބު ކުރާއިރު، 369 ކެންޑިޑޭޓުން އިންތިޚާބުގައި ވާދަކުރުމަށް ހުށައަޅުއްވާފައިވެއެވެ.
25 Mar 2024
ޚަބަރު
ބޭރު ސިފައިން ރާއްޖޭގައި ތިބޭ ގޮތަކަށް އެއްވެސް ސިޔާސަތެއް ނުގެންގުޅޭނަން: ރައީސުލްޖުމްހޫރިއްޔާ
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޔޫއޭވީތައް ދުއްވާނީ ދިވެހި ސިފައިން ކަމަށާއި، ކުރިޔަށް އޮތްތަނުގައި އިތުރު ސިފަން ތަމްރީން ހޯދުމަށް ފޮނުވާނެ ކަމަށާއި މިހާރުވެސް ޓްރޭނިންގައި ދިވެހި ސިފައި ތުރުކީގައި އެބަތިބި ކަމަށެވެ.
25 Mar 2024
ޚަބަރު
ރައީސް ޑރ. މުއިއްޒުގެ ހަމްދަރުދީގެ މެސެޖެއް ޕޫޓިންއަށް!
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން، ރަޝިޔާގެ ސަރުކާރަށާއި ރައްޔިތުންނަށް، އަދި މި ހާދިސާގެ އަސަރުކުރި ހުރިހާ އާއިލާތަކަށް އިޚްލާސްތެރި ތަޢުޒިޔާ ފޮނުއްވަމުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެފައިވެއެވެ.
25 Mar 2024
ޚަބަރު
ކަރަންޓު ކެނޑި އަހަރުތަކެއް ފަހަތަށް ވެލިދޫ ސޮއްސާލައިފި
ނ. ވެލިދޫ ފެނަކަ ބްރާންޗުގެ އިސްފަރާތަކުން ހާމަކޮށްފައިވާ ގޮތުގައި، ހެނދުނު އެ ރަށުން ކަރަންޓު ދިޔައީ ރަށުގައި ބޭނުން ކުރަމުން ދިޔަ ދެ އިންޖީނަށް މައްސަލައެއް ދިމާވެ، އެ ދެ އިންޖީނު ހުއްޓިގެނެވެ. އަދި މައްސަލަ ހައްލު ނުވެ ގިނަ ވަގުތު ހޭދަވަމުން ދިޔުމުން، ޚިދުމަތްދޭނެ ހާލަތެއް ނެތިގެން ރަށުގައި މުހިންމު ޚިދުމަތްދޭ އޮފީސްތަކުން ޚިދުމަތް މެދުކަނޑާލިއެވެ.
24 Mar 2024
ޚަބަރު
މަޖިލިސް އިންތިޚާބުގައި ފައިސާގެ ނުފޫޒާއި ވަޒީފާގެ ބިރުވެރިކަން އެބައޮތް: ޖީހާން
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ގުޅިގެން "ނޫން"އިން ގެނެސްދޭ ޚާދިމް ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޖީހާން ވިދާޅުވީ، ނިމިދިޔަ ރިޔާސީ އިންތިޚާބަކީ އެންމެ ގިނައިން ފައިސާގެ ވާހަކަ އަޑުވިގެން ދިޔަ އިންތިޚާބު ކަމަށެވެ. އަދި ހަމަ އެކަން ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ތެރޭގައި ތަކުރާރުވަމުން އެބަދާކަމަށާއި، ވަޒީފާގެ ބިރު ދެއްކުމާއި ފައިސާގެ ނުފޫޒު ފޯރުވާކަމުގެ އަޑުތައްވެސް އިވިވަޑައިގަންނަވަމުންދާ ކަމަށެވެ.
24 Mar 2024
ޚަބަރު
ކުރީސަރުކާރޭ ކިއުމުގެ ހައްގެއްނެތް މިސަރުކާރަކަށް ނެތް: ފައްޔާޒް
ފައްޔާޒް މިހެން ވިދާޅުވީ، ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތުކުރުމެއް ނެތި މި ސަރުކާރުންވަނީރަށްރަށުގެ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓާލާފައި ކަމުގައި، އެމްޑީޕީގެ ރައީސް ޢަބުދުﷲ ޝާހިދު ވިދާޅުމާއި ގުޅިގެން، މިސަރުކާރުގެ ވަޒީރުންނާއި އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުން، ޝާހިދަށް އެކްސްގައި ރައްދުދޭން ފެށުމާއި ގުޅިގެން، ކުރެއްވި ޕޯސްޓެއްގައެވެ.
24 Mar 2024
ޚަބަރު
ދަތުރުކުރެވުނު ރަށްރަށުން ފެނުނީ މިސްރާބު ހަމަމަގަށް ގެންދިޔުމަށް މަސައްކަތްކުރާ މަންޒަރު: އެމްޑީޕީގެ ރައީސް
އެމްޑީޕީގެ ރައީސް ޢަބުދުﷲ ޝާހިދު ވިދާޅުވީ، ކެމްޕޭން ދަތުރުގައި، ރަށްރަށުގެ ރައްޔިތުންގެ ފަރާތުން އިވުނީ ސަރުކާރާމެދު ކުރެވޭ ޝަކުވާގެ އަޑު ކަމަށެވެ. އަދި މިސްރާބު ހަމަމަގަށް ގެންދިޔުމަށް މުޅި ރާއްޖެއިން އެމްޑީޕީ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.
24 Mar 2024
ޚަބަރު
މިސަރުކާރަށް ސަލާމަތް ނުވެވިގެން އުޅެނީ ޕީޕީއެމްގެ ސަރުކާކާރުގެ ލޯނުތަކުން ކަމުގައި ރައީސް ޞާލިޙް ވިދާޅުވެއްޖެ
ރައީސް ޞާލިހް ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅެއްގައި، ދިވެހިރާއްޖެއަށް އިންޑިއާއިން ދޫކޮށްފައިވާ ލޯނުތައް ރީސްޓްރަކްޗަރ ކުރަން ބޭނުންވާކަމަށާއި، އިންޑިއާއަކީ ރާއްޖޭގެ އެންމެ ގާތް ޤައުމު ކަމުގައި ވިދާޅުވެފައިވާ ކަމަށެވެ. އެހެން ނަމަވެސް މިއަދު ކުރިމަތިވެގެން މިއުޅޭ ދަތިކަމަކީ، އިންޑިއާ އިން ނަގާފައި ހުރި ލޯނުތަކުގެ މައްސަލަ ނޫންކަމުގައިވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.
24 Mar 2024
ޚަބަރު
މެދުއިރުމަތިން މިސަރުކާރަށް ލިބުނު އެއްޗަކީ 50 ޓަނުގެ ކަދުރު: ރައީސް ޞާލިޙް
މިސަރުކާރު އައިފަހުން، ރާއްޖެއަށް ޢަރަބި އިސްލާމީ ޤައުމުތަކުން ލިބުނު އެއްޗަކީ، ހަމައެކަނި 50 ޓަނުގެ ކަދުރުކަމުގައި ރައީސް ޞާލިޙް ވިދާޅުވި އިރު، އެ ކަދުރަކީ، ކޮންމެ ސަރުކާރެއް ރާއްޖޭގައި އޮތަސް ސަޢޫދީސަރުކާރުން ދިވެހިރާއްޖެއަށް ދެމުން އަންނަ ކަދުރެވެ.
24 Mar 2024
ޚަބަރު
"އިންޓަރކަނެކްޝަން" ވިއުގައަށް ލިބޭ ގެއްލުމަށް ދައުވާކުރާނޭ ކަމުގައި ސްޓެލްކޯއިމް ބުނެފި
ސްޓްލެކޯއިން މިއަދު އާއްމު ކުރި ބަޔާނެއްގައި ބުނީ، މާލެއާއި، ހުޅުލެ އަދި ހުޅުމާލޭގެ ކަރަންޓު އެއް ވިއުގައަކުން ގުޅާލުމަށް ޤާއިމްކޮށްފައިވާ ގްރޭޓާމާލޭ އިންޓަރކަނެކްޝަން ގްރިޑުގައި ހިމެނޭkV 132 ކޭބަލްތަކުގެ މައްޗަށް އެކި ހަރަކާތްތައް ބޭއްވުމަށާއި، އެކި ކަހަލަ ޕޯސްޓަރުތަކާއި އިސްތިހާރުތައް ޖެހުމަށްޓަކައި ދަނގަޑުފަދަ ތަކެތި ޖަހަމުންދާކަން ވަނީ ފާހަގަ ކުރެވިފައި ކަމަށާއި، "އިންޓަރކަނެކްޝަން" ވިއުގައިގެ ކޭބަލްތަކުގެ މައްޗަށް ދަނގަޑުޖަހައި ކޭބަލްތަކަށް ގެއްލުންވެދާނެ ގޮތްތަކަށް އަމަލު ކުރަމުންދާ އެންމެހާ ފަރާތްތަކުން އެފަދަ ކަންކަން ވަގުތުން ހުއްޓާލުމަށް އަންގާ ކަމަށެވެ.
24 Mar 2024
ޚަބަރު
ފެނާއި ކަރަންޓް ބިލްތަކުގެ ޖޫރިމަނާތައް މަޢާފްކޮށްދެއްވުމަށް ރައީސް ނިންމަވައިފި
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޖޫރިމަނާތައް މަޢާފްކުރެއްވުމުގެ އިތުރުން، ނުދެއްކި ހުރި ފައިސާ ލުއިގޮތަކަށް ދެއްކޭނޭ ގޮތަށް އެއްބަސްވުން ހެދުމަށްވެސް ކުންފުނިތަަކަށް އަންގަވާފައި ވާނެ ކަމަށެވެ.
24 Mar 2024
ކުޅިވަރު
އިތުރު 1 މިލިއަން ޑޮލަރުގެ މައްސަލައަކާއެކު އެފްއޭއެމް ހިޔާނާތުގައި ޖުމްލަ 2.9 މިލިއަން ޑޮލަރު ހިމެނޭ
ފުޓުބޯޅަ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެފްއޭއެމް) އާ ގުޅުންހުރި 1.9 މިލިއަން ޑޮލަރު (29.3 މިލިއަން ރުފިޔާ)ގެ މައްސަލަތަކެއް ތަހުގީގު ކުރަމުން ދަނިކޮށް، އިތުރު 1 މިލިއަން ޑޮލަރު (15.4 މިލިއަން ރުފިޔާ) ގެ އައު މައްސަލައެއް ފެންމަތިވެއްޖެކަމަށް ރިޕޯޓުކޮށްފިއެވެ.
24 Mar 2024
ކުޅިވަރު
ކޮރަޕްޝަންގެ ތުހުމަތުގައި މޫސައާ ގުޅުންހުރި ގިނަތަންތަން ރެއިޑްކޮށްފި
ބެޑްމިންޓަން އެސޯސިއޭޝަނަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކާއެކީ، އެ އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދުގެ ކުޅިވަރު ސާމާނު ވިއްކާ ފިހާރައާއި، އޭނާއާ ގުޅުންހުރި އެހެން ތަންތަން އެންޓި ކޮރަޕްޝަން ކޮމިޝަނުން (އޭސީސީ) ބަލާފާސްކޮށްފިއެވެ.
24 Mar 2024
ޚަބަރު
ކުޑަރަށެއް ބޮޑު ރަށެއް ތަފާތު ނުކޮށް މަޝްރޫޢުތައް ސަރުކާރުން ހުއްޓާލައިފި
އެމްޑީޕީގެ މިސްރާބު ހަމަ މަގަށް، މަޖިލިސް ކެމްޕޭނުގެ ތެރެއިން އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެމްޑީޕީގެ ރައީސް ޢަބުދުﷲ ޝާހިދު ވަނީި، އިއްޔެ މ. ރަތްމަންދޫގައި ހުންނަވައިގެން އެރަށުގެ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓިފައިވާކަން ބަޔާން ކުރައްވައި، އެމަނިކުފާނުގެ އަމިއްލަފުޅު ސޯޝަލް މީޑިއާއެކައުންޓްތަކުގައި ވީޑިއޯއެއް ޕޯސްޓް ކުރައްވާފައެވެ.