Advertisement

18 Jul 2024
ޚަބަރު
މިފްތާޙް މުޙައްމަދު

ރައީސް ޞާލިޙްގެ މަންމާފުޅަކީ އަޅުގަނޑަށް އެންމެ ހެޔޮ ނަސޭހަތް ދެއްވި އެއް ބޭފުޅާ: ރައީސް ނަޝީދު

ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށްފަހު އޭޑީކޭގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް މިއަދު އަވަހާރަވި، ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙްގެ މަންމާފުޅު، އަލްފާޟިލާ މުއުމިއާ ހުސެއިންފުޅަކީ ރައީސް ނަޝީދުގެ ހަޔާތުގައި އެންމެ ހެޔޮ ނަސޭހަތް ދެއްވި އެއް ބޭފުޅާކަމުގައި ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ އެ މަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެ މަނިކުފާނު އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، ރައީސް ޞާލިޙްގެ މަންމާ ފުޅަކީ އެމަނިކުފާނާ އެހާމެ ގާތް ބޭފުޅެއް ވެސް މެއެވެ.

"އަޅުގަނޑުގެ ހަޔާތުގައި އަޅުގަނޑަށް އެންމެ ހެޔޮ ނަސޭހަތް ދެއްވި އެހާމެ ގާތް އެއް ބޭފުޅަކީ ރައީސް އިބޫ ޞާލިޙްގެ މަންމަ މޫމިނާ ހުސެއިން ފުޅު. ނިޔާވުމުގެ ހިތާމައިގަ އާއިލާއަށް އިޙްލާސްތެރި ތައުޒިޔާ ދަންނަވަން. މާތް ﷲ މަރްހޫމާއަށް ސުވަރުގެ މިންވަރު ކުރައްވާށި. އާމީން."

ރައީސް ނަޝީދު އެކްސްގައި ކުރި ޕޯސްޓުގައި ވެއެވެ.

ރައީސް ނަޝީދާއި ރައީސް ޞާލިޙްއަކީ ކުޑަ އިރުއްސުރެއް އެކީ އުޅުއްވި ދެ ރަޙްމަތްތެރިންނެވެ. ނަމަވެސް، ރައީސް ޞާލިޙްގެ ވެރިކަމުގައި ދެބޭފުޅުންގެ ދޭތެރޭގައި ވަނީ ބޮޑެތި މައްސަލަތައް ޖެހިފައެވެ.

ރައީސް ޞާލިޙްގެ މަންމާފުޅު މުއުމިނާ އަކީ އެބޭފުޅާގެ އިތުރުން ހުޅުމާލެ ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޔާޒާއި މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލް އައިޝަތު މުހައްމަދު ސޯލިހާއި ރައީސް އޮފީހުގައި ރައީސުލްޖުމްހޫރިއްޔާގެ ޕާސަނަލް ސެކްރެޓަރީކަން ގިނަ އަހަރުތަކެއް ވަންދެން ކުރެއްވި ފާތިމަތު މުހައްމަދު ސޯލިހު (ފާތޭ) ގެ ވެސް މަންމާފުޅެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.