Advertisement

19 Jul 2024
ޚަބަރު

އިންޓަނެޓަށް ދިމާވި މައްސަލައަކާ ގުޅިގެން އެއާރލައިންތަކާ، ބޭންކުތަކާ، މީޑިއާތަކާ، އަދި މުވާސަލާތީ ގުޅުންތަކަށް ބުރޫއަރައިފި

އިންޓަނެޓަށް ބުރޫއަރައި ދުނިޔޭގެ އެތައް ގައުމެއްގެ ވިޔަފާރިތަކާއި މުއައްސަސާތަކަށް ބުރޫ އަރައި، އެއާރލައިންތަކާއި ސަރުކާރުގެ ހިދުމަތްތަކާއި ބޭންކުތަކާއި ސުޕަމާކެޓްތަކާއި ޓެލެކޮމް އަދި މީޑިއާތައް ހަލަބޮލިކަމުގެ ތެރެއަށް ވައްޓާލައިފިއެވެ.

އިންޓަނެޓު މެދުކެނޑުނު ސަބަބު އަދި ސާފުވެފައި ނުވިނަމަވަސް، ހިދުމަތް މެދުކެނޑުނުތާ ގަޑިއިރުތަކެއް ފަހުން މައިކްރޯސޮފްޓުން ބުނެފައިވަނީ އިންޓަނެޓަށް ދިމާވި މައްސަލައަކާ ގުޅިގެން މައިކްރޯސޮފްޓް 365 އެޕްލިކޭޝަންތަކާއި ހިދުމަތްތަކަށް ބުރޫ އަރާފައިވާކަމަށެވެ.

ހަބަރުތައް ބުނާ ގޮތުން، ދުނިޔެއަށް މި ދިމާވި ސައިބާރ ހަމަލާ ޓާގެޓް ކޮށްފައިވަނީ ކްރައުޑްސްޓްރައިކް ކިޔާ ސައިބާރސެކިއުރިޓީ ފާމް އަކަށެވެ.

މި މައްސަލައާ ގުޅިގެން މައިކްރޯސޮފްޓް ވިންޑޯޒް އޮޕަރޭޓިން ސިސްޓަމް ބޭނުންކުރާ މެޝިންތަކުގެ މަސައްކަތަށް ވަނީ ހުއްޓުން އަރައިފައެވެ. މިކަމާ ގުޅިގެން ކްރައުޑްސްޓްރައިކް އިން ބުނެފައިވަނީ، މައިކްރޯސޮފްޓްގެ ވިންޑޯޒް އޮޕަރޭޓިން ސިސްޓަމް ކްރޭޝް ވެފައިވާކަން އެނގިފައިވާކަމަށެވެ.

މި މައްސަލައާ ގުޅިގެން އެމެރިކާގެ ބޮޑެތި އެއާލައިންސްތައް ކަމުގައިވާ ޑެލްޓާ، ޔުނައިޓެޑް އަދި އެމެރިކަން އެއާލައިންސް ވަނީ ހުކުރު ދުވަހުގެ ހެނދުނު ގްރައުންޑް ކޮށްފައެވެ. މިކަމުގެ ސަބަބެއް ކަމުގައި ބުނެފައިވަނީ، މުވާސަލާތީ މައްސަލައެއް ކުރިމަތިވުން ކަމަށް ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަނުން ނެރުނު އަޕްޑޭޓެއްގައި ބުނެފައިވެއެވެ.

އިނގިރޭސިވިލާތާއި ޖަރުމަނާއި މެލޭޝިއާ އަދި ފިލިޕީންސްގެ އެއާޕޯޓްތަކުން ވެސް ހިދުމަތްތަކަށް ބުރޫއަރާފައިވާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.