Advertisement

ބައި-އިލެކްޝަން ކާމިޔާބު ކުރި ޕީއެންސީ ކެނޑިޑޭޓުން

20 Jul 2024
ޚަބަރު
މިފްތާޙް މުޙައްމަދު

ހަ ދާއިރާގެ ތެރެއިން ފަސް ގޮނޑި ޕީއެންސީއިން ކާމިޔާބުކޮށްފި

ހަ ދާއިރާއެއްގެ ކައުންސިލްތަކުގެ ބައި-އިލެކްޝަން މާލެ އާއި ރަށްރަށުގައި މިއަދު ކުރިޔަށް ގޮސްފައިވާއިރު، މީގެ ތެރެއިން ފަސް ގޮނޑި ކާމިޔާބުކޮށް، ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބޮޑު ކާމިޔާބެއް ހޯދައިފިއެވެ.

ވަގުތީ ނަތީޖާ ދައްކާ ގޮތުން، މާލޭ ސިޓީގެ ތިން ގޮނޑި އާއި ފ. ބިލެތްދޫ ކައުންސިލުގެ ރައީސްގެ ގޮނޑިއާއި އަދި ކުޅުދުއްފުށި ސިޓީ ކައުންސިލުގެ ކުޅުދުއްފުށި އުތުރު ދާއިރާގެ ގޮނޑި ވެސް ކާމިޔާބުކުރީ ޕީއެންސީއެވެ.

އެގޮތުން ހެންވޭރު ހުޅަނގު ދާއިރާގެ ގޮނޑި ކާމިޔާބުކުރީ ފާތިމަތު ޝައުފާ ސަލީމްއެވެ. އަދި މައްޗަންގޮޅި މެދު ދާއިރާގެ ގޮނޑި ފާތިމަތު އިޝާން އަލީ ކާމިޔާބުކުރި އިރު، ހުޅުމާލެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރީ އަލީ އައިމަންއެވެ. މީގެ އިތުރުން ކުޅުދުއްފުށި އުތުރު ދާއިރާގެ ގޮނޑި އިބްރާހިމް އަހުމަދު ކާމިޔާބުކުރި އިރު، ބިލެއްދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ކާމިޔާބު ކުރީ އަރީހު އިސްމާއިލެވެ.

ޕީއެންސީއަށް ގެއްލިފަައިވަނީ ރ. ރަސްމާދޫ ކައުންސިލްގެ އަންހެން މެމްބަރުގެ ގޮނޑިއެވެ. އެ ގޮނޑި ކާމިޔާބުކުރީ އަމިއްލަ ގޮތުން ވާދަކުރި އައިޝަތު ޝަރަފިއްޔާއެވެ.

މި ބައި-އިލެކްޝަންގައި އެންމެ ބޮޑު އިދިކޮޅު ޕާޓީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް އެއްވެސް ގޮނޑިއެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

މިއަދު ބޭއްވި ބައި-އިލެކްޝަނަށް އެހާ ބޮޑު ތަރުހީބެއް ލިބިފައެއް ނުވެއެވެ. އެގޮތުން ހަވީރު 4 ޖެހުމާ ހަމައަށް މި ހަ ދާއިރާގައި ވޯޓުލާން ނިކުމެފައިވަނީ 3،528 މީހުންނެވެ. އެއީ ވޯޓު ލެވޭ މީހުންގެ %27 މީހުންނެވެ. މި ދާއިރާތަކަށް ޖުމްލަ 13،112 މީހުނަށް ވޯޓު ލުމުގެ ހައްގު ލިބިދައި ވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.