ޚަބަރު
ޚަބަރު
28 Mar 2024
ޚަބަރު
ހުޅުމާލޭގައި އިސްރަށްވެހިންގެ ނާދީއެއް ތަރައްޤީކުރުމާއި ގުޅޭ ފަހުމުނާމާގައި ސޮއެކޮށްފި
ހިޔާގެ 8ވަނަ ޓަވަރުގައި ތަރައްގީކުރާ މި ނާދީގައި އިސްރަށްވެހިންގެ އިޖްތިމާއީ ދުޅަހެއުކަން އިތުރުކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ރޭވިފައި ވާކަމަށާއި، އަދި އިސްރަށްވެހިންގެ ސިއްހީ ބޭނުންތަކާ ގުޅޭގޮތުން މައުލޫމާތު ފޯރުކޮށްދީ ހޭލުންތެރި ކުރުމުމުގެ ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމުގައިވެސ އެޗްޑީސީން ވަނީ ބުނެފައެވެ.
28 Mar 2024
ޚަބަރު
ވީބީ ހަސަން އެމްޑީޕީގެ ކެންޑިޑޭޓަަށް ތާޢީދުކޮށްފި
ރައްޔިތުންގެ މަޖިލީހުގެ އިންތިޙާބުގައި ވީބީ ޙަސަން އަމިއްލަ ގޮތުން ކުރިމަތިލެއްވީ، މެދު ހެންވޭރު ދާއިރާއަށެެވެ. އެހެން ނަމަވެސް އޭނާގެ ކެންޑިޑެންސްީ ބާޠިލްކަމަށް ކަނޑައަޅައި ދިވެހިރާއްޖޭގެ ސްޕްރީމްކޯޓުން މިއަދު ހުކުމް ކުރުމާއިއެކު، އެދާއިރާއަށް ވާދަކުރައްވާ، އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް އަލީ ޖަލީލު (އިބޫ ޖަލީލު)އަށް ތާޢީދުކުރުމަށް ނިންމަވައި ޙަސަން ވަނީ އޭނާ އާއި އަދި އެމްޑީޕީގެ އިސްބޭފުޅުންނާއިވެސް ބައްދަލު ކުރައްވާފައެވެ.
28 Mar 2024
ޚަބަރު
ރާއްޖޭގެ 17 ރަށަކަށް ލެބޯރެޓަރީ އިކުއިޕްމަންޓް ހޯދުމާއިގުޅޭ އެއްބަސްވުމުގައި ޗައިނާއާއެކު ސޮއެކޮށްފި
މި ރަސްމިއްޔާތުގައި ޗައިނާ ސަރުކާރުގެ ފަރާތުން މި ލެޓަރ އޮފް އެކްސްޗޭންޖުގައި ސޮއިކުރެއްވީ ދިވެހިރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ހަރ އެކްސެލެންސީ ވަންގ ލިޒިންއެވެ. އަދި ޞިއްޙީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ހެލްތު ޑޮކްޓަރ ޢަބްދުﷲ ޚަލީލެވެ.
28 Mar 2024
ޚަބަރު
ހާޟިރު ކުރީ ކުށުގެ ތުހުމަތަކަށް ނޫން މައުލޫމާތު ސާފުކުރަން: ފައްޔާޒު
ފައްޔާޒު ވިދާޅުވީ، ވޭތުވެ ދިޔަ ފަސްއަހަރު އެމްޑީޕީގެ ސަރުކާރުން ކުރަމުން ދިޔަ މަސައްކަތަކީ، ފުލުހުންގެ އިދާރާއަކީ، ޕްރޮފެޝަނަލް ސްޓޭންޑަރޑްއެއްގައި ޒަމާނާއި ގުޅޭ ގޮތަށް ހިނގާތަނެއްގެ ގޮތުގައި ހެދުން ކަމަށެވެ. އަދި އެކަމަށް ވަރަށް ގިނަ މަސައްކަތްތަކަކާއި، ވަރަށް ގިނަ ޚަރަދުތަކެއް ކުރެވުނު ކަމަށާއި، އެހެންނަމަވެސް މިއަދު މިފެންނަނީ އެމްޑީޕީން ވެރިކަމާއި ދުރުވިތާ، ހަތަރުމަސް ވީއިރުގައި، އެކަން ސޮއްސާލައިގެން ގޮސް ސިޔާސީ މަޤުޞަދުތައް ހާސިލްކުރުމަށްޓަކައި ފުލުހުންގެ މުއައްސަސާ ބޭނުންކުރާ މަންޒަރު ކަމުގައިވެސް ފައްޔާޒު ވިދާޅުވިއެވެ.
28 Mar 2024
ޚަބަރު
ސަރުކާރު މުވައްޒަފުންގެ ބޮޑު ޗުއްޓީ ފެށުނީ، ދެން ސަރުކާރު ހުޅުވޭނީ އޭޕްރީލް 14ގައި
ސަރުކާރު މުވައްޒަފުންނާއި ސްކޫލު ކުދިންނަށް މާދަމާއިން ފެށިގެން ދެހަފްތާގެ ޗުއްޓީއެއް ލިބޭއިރު، ދެން ޖެހިގެން އަންނަ މެއި މަހު 1އިން 23އަށް ތިންހަފްތާ ސްކޫލު ބޮޑު ޗުއްޓީގެ ގޮތުގައި ސްކޫލު ކުދިންނަށް ލިބޭނެއެވެ.
28 Mar 2024
ޚަބަރު
މަތިންދާ ބޯޓުގައި އެންމެ ލަހުން ދެވެނީ ސިންގަޕޫރަށް!
ވައިގެ ދަތުރުފަތުރާއި އެކު މިހާރު ދުނިޔޭގެ އެންމެ ދުރު ޤައުމުތަކަށްވެސް، މަދުވެގެން 24 ގަޑިއިރުގެ ތެރޭގައި އެއްޤައުމުން އަނެއް ޤައުމަށް ދަތުރު ކުރެވޭނެއެވެ. އެހެން ނަމަވެސް ދިގު ފްލައިޓް ދަތުރެއް ކުރަން ޖެހުމަކީ ވަރަށް ގިނަ މީހުންގެ ޝަކުވާއެކެވެ.
28 Mar 2024
ޚަބަރު
މަގޫދޫ އެއާޕޯޓުގެ މަސައްކަތް ބާއްވާފައި ނިލަންދޫ އެއާޕޯޓުގެ މަސައްކަތާއި އެމްޓީސީސީން ހަވާލުވެއްޖެ
ފ. އަތޮޅުގެ ވެރިކަން ކުރިން ކުރި ރަށަކީ މަގޫދޫ ކަމަށް ވާއިރު، އެރަށުން ނިލަންދޫއަށް ވެރިކަން ބަދަލުކޮށްފައި ވަނީ އޭރު އަތޮޅުވެރިއަކަށް ހުންނެވި، ބޭފުޅާއިގެ ނުފޫޒުން ރައީސް މައުމޫނުގެ ސަރުކާރުގެ ދުވަސްވަރުގައެވެ. އެކަމުގެ ސަބަބުން ދެރަށުގެ ރައްޔިތުންގެ މެދުގައި ނަފްރަތާއި ރުޅިވެރިކަމާއި ބައިބައިވުން އޮތީ އުފެދިފައެވެ.
28 Mar 2024
ޚަބަރު
މަޖިލީހުގައި ސަރުކާރަށް ނިސްބަތްވާ މެމްބަރުންވެސް ތިބީ ސަރުކާރާއި އިދިކޮޅަށް: ރައީސް ޞާލިޙް
އެމަނިކުފާނު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ އެމްޑީޕީގެ މިސްރާބު ހަމަމަގަށް ކެމްޕޭނުގެ ތެރެއިން ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަަކަފުޅު ދައްކަވަމުންނެެވެ.
27 Mar 2024
ޚަބަރު
ތިނަދޫ ކައުންސިލް ސިޓީ ކައުންސިލަކަށް ބަދަލުކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ހަމަޖައްސަވާފައި ވަނީ 2024 މާރިޗު 26 ވަނަ ދުވަސް (އިއްޔެއިން ފެށިގެން) ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫއަކީ ސިޓީއެއްގެ ދަރަޖަ ލިބިގެންވާ ރަށެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައިފައިވާތީ، މިގޮތަށް މިބަދަލު ގެންނެވިކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައި ވަނީ މިއަދު ނެރުއްވި ދެންނެވުމުގައެވެ.
27 Mar 2024
ޚަބަރު
2023ގެ ނިޔަލަށް އެމްޑަބްލިޔުއެސްއީއަށް ޖޫރިމަނާ ދައްކަންޖެހޭ ތިބީ 3000 ކަސްޓަމަރުން
ސަރުކާރުގެ ސިޔާސަތާއި އެއްގޮތަށް ފެނާއި ކަރަންޓްގެ ބިލްތަކުގެ ޖޫރިމަނާ މަޢާފްކުރުމާއި ގުޅޭ ގޮތުން މީޑިއާތަކާއި މައުލޫމާތު ހިއްސާކުރައްވަމުން އެމްޑަބުލިޔުއެސްސީގެ މެނޭޖިންގ ޑައިރެކްޓަރ ޢަބުދުލް މަތީން މުޙައްމަދު ވިދާޅުވީ، އެކުންފުނީގައި ޖުމުލަ 70،000ހައި ކަސްޓަމަރުން ތިބިއިރު، 60،000 ކަސްޓަމަރުންނަކީ، ޤަވާއިދުން ބިލްތައް ދައްކަމުންގެންދާ ކަސްޓަމަރުން ކަމަށެވެ.
27 Mar 2024
ޚަބަރު
ފައްޔާޒަށް ކުރާ އާރްޑީސީގެ ޚިޔާނާތުގެ ތުހުމަތަކީ ސިޔާސީ ތުހުމަތެއް!
ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ވަނީ، އެޚިދުމަތުން ތަޙްޤީޤު ކުރަމުންދާ އާރްޑީސީގެ ޚިޔާނާތުގެ މައްސަލައިގެ ތަޙްޤީޤަށް ސުވާލު ކުރުމަށް ބޭނުންވާތީ ފުލުހުންގެ މަރުކަޒަށް ޙާޟިރުވުމަށް ފައްޔާޒަށް އަންގަވާފައެވެ. އެކަމާއި ގުޅޭ ގޮތުން ފައްޔާޒު ވިދާޅުވީ، މިފެށުނީ، އަސާސެއް ނެތް ސިޔާސީ ތުހުމަތުތަކުގެ ސިލްސިލާ ކަމަށެވެ. އަދި އާރުޑީސީއިން ޚިޔާނާތެއް ވެއްޖެކަމަށްބުނެ ބަލާ މައްސަލައަކީ އެއްވެސް ހަގީގަތެއް އެކުލެވޭ މައްސަލައެއް ނޫންކަމުގައިވެސް ފައްޔާޒު ވިދާޅުވިއެވެ.
27 Mar 2024
ޚަބަރު
އާރްޑީސީގެ ޚިޔާނާތާއި ގުޅޭ މައްސަަލައެއްގައި އެމްޑީޕީގެ ޗެއާ ޕަރސަން ފުލުހަށް ހާޟިރުވާން އަންގައިފި
އެމްޑީޕީގެ ޗެއާ ޕަރސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް، ފުލުހުންގެ ސަރޖަންޓް އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގއަށް ހާޟިރުވާން އަންގާފައި ވަނީ، މާދަމާގެ މެންދުރުފަހު 15:00އަށެވެ.
27 Mar 2024
ޚަބަރު
ހުޅުމާލެ ފޭސް 2 ގެ މަގުތަކުގެ ތާރު ކަނޑައިގެން ނަގަންފަށައިފި
އެޗްޑީސީން ބުނެފައި ވަނީ، ތާރުއަޅައިގެން ހަދާފައިވާ މަގުތަކުގެ ތާރު ކަނޑައި ނަގަން ފަށާފައި ވަނީ، ބިންވެރިޔާ ސްކީމުގެ ދަށުން ދީފައިވާ ގޯތިތަކަށް އަރާ މަގުތަކާއި ނަރުދަމާ އާއި ފެނުގެ ނިޒާމް ބަދަލު ކުރަންޖެހޭ ސަރަހައްދުތަކުންނެވެ. އެޗްޑީސީން ބުނެފައި ވަނީ ގޯތިތަކަށް އަރާފައިވާ ނަރުދަމާ އާއި ފެނުގެ ނިޒާމްގެ ހޮޅިތައް ބަދަލުކުރުމަށް 200 މިލިޔަން ރުފިޔާ ޚަރަދުވާނެ ކަމަށެވެ.
27 Mar 2024
ޚަބަރު
ރާއްޖޭގައި ނަޞާރާ ދީނަށް ގޮވާލާ ލިޔުމާއި ފޮތްތައް ބަހަމުން ދިޔަ ދެމީހެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފި
ކްރިސްޓިއަން މިޝަނަރީއަަކަށް ނިސްބަތްވާ މި ދެއަންހެނުން ގެންދިޔައީ، ހިޔާގެ ޓަވަރުތަކުގެ ގްރައުންޑް ފްލޯތަކުގައި ހުންނަ މެއިލްބޮކްސްތައް، ކްރިސްޓިއަން ދީން ފެތުރުމަށް ތައްޔާރުކޮށްފައި ހުރި އެކި އެކި ލިޔުންތަކާއި، ޕޯސްޓް ކާޑުތައް އަޅަމުން ކަމުގައި މައުލޫމާތު ލިބިފައިވެއެވެ.
27 Mar 2024
ޚަބަރު
އާސަންދައިގެ ދަށުން، ޔޫއޭއީ އާއި ތައިލެންޑަށް ބަލިމީހުން ފޮނުވަން ފެށޭނެ ތާރީޚެއް ނެތް!
ރޮޒައިނާ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ އައިޝަތު ޝިހާމް ވިދާޅުވީ، ދަތުރު ފަތުރާއި އެކޮމަޑޭޝަންގެ ޚަރަދުތައް ލިބޭ ގޮތަށް، ޔޫއޭއީއަށާއި، ތައިލެންޑަށް ބޭސްފަރުވާއަށް ދިވެހިންނަށް ދެވޭނެ މަގު ހަމަޖައްސައި ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޢުދުވެވަޑައިގެންފައިވާ ކަމަކަށް ވާތީ އެކަން ހަމަޖެއްސުމަށް މަސައްކަތް ކުރައްވަމުން ދާކަމަށެވެ.
27 Mar 2024
ޚަބަރު
ވޯޓާސް ރެޖިސްޓްރީގައި ކެންޑިޑޭޓުން ސޮއިކުރުން ހޮނިހިރު ދުވަހު
އެކޮމިޝަނުން ވިދާޅުވީ، 2024 އެޕްރީލް 21 ވާ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ ފަރާތްތަކުން ސޮއިކުރުމުގެ ފުރުޞަތު 2024 މާރިޗު 30 ވާ ހޮނިހިރު ދުވަހު ހެނދުނު 10:00 އިން 2024 މާރިޗު 31 ވާ އާދީއްތަ ދުވަހު ރޭގަނޑު 12:00 ނިޔަލަށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ.