ޚަބަރު
ޚަބަރު
05 Jul 2024
ޚަބަރު
ހެނދުނު 6 އިން ފެށިގެން 30 މިނެޓަށް ހުޅުމާލެއިން ކަރަންޓު ދިއުން އެކަށީގެންވޭ
ސްޓެލްކޯއިން ހާމަކޮށްފައިވާ ގޮތުގައި، ކަރަންޓު ކަނޑާލަން ޖެހެނީ އެ ކުންފުނީގެ ހައިވޮލްޓޭޖު ގްރިޑް ނެޓްވޯކުގައި ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައެވެ. އަދި މި މަސައްކަތް ކުރިޔަށްދާއިރު، ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެވެސް ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއްކަމުގައި އެ ކުންފުނިން ހާމަކުރެއެވެ.
04 Jul 2024
ޚަބަރު
ރައީސް މުއިއްޒު ޢަމަލުކުރައްވަނީ ޤާނޫނާއި ޚިލާފަށް: އެމްޑީޕީ
ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާއަށް ފަހުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ބޭއްްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެޕާޓީގެ މަޖިލިސް މެމްބަރުން ވަނީ، ސަރުކާރުގެ ސިޔާސީ މަޤާމުތަކުގެ އަދަދު ހާމަ ނުކޮށް ހިފަހައްޓާތީ އެކަމާއި ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށް އެކަން ކުއްވެރިކޮށްފައެވެ.
04 Jul 2024
ޚަބަރު
ކައުންސިލްތަކުން ޚަރަދުތައް ކުޑަކުރުމަށް މިނިސްޓަރު އަންގަވައިފި
ކައުންސިލްތަކުން ޚަރަދުތައް ކުޑަކުރެއްވުމަށް މިނިސްޓަރު އެންގެވި އިރު، އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ބައެއް މެމްބަރުން ވަނީ ކައުންސިލްތަކުގެ މުހިއްމު ނޫން ޚަރަދުތައް ކުރަމުންދާކަން ފާހަގަކުރައްވާފައެވެ. މަޖިލީހުގެ ނައިބުރައީސް އަޙްމަދު ނާޒިމްވެސް ބައެއް ކައުންސިލްތަކުން ކުރުމަށް ރާވާފައިވާ މުހިއްމު ނޫން ބައެއް ދަތުރުތަކާއި ކަންކަމާއި ގުޅޭ ވާހަކަތައް ހާމަކުރެއްވިއެވެ.
03 Jul 2024
ޚަބަރު
ފަަސްޠީނަށް އެހީވާން އެއްކުރި ފައިސާ ފޮރިން މިނިސްޓްރީއާ ހަވާލުކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމަށް، "ފަލަސްޠީނާއެކު ދިވެހީން"ގެ ނަމުގައި ޕީއެސްއެމްއިން ކުރިޔަށް ގެންދިޔަ 18 ގަޑިއިރުގެ ޓެލެތޯނަށް، 19.1 މިލިޔަން ރުފިޔާ ލިބުނު ކަމުގައި އެކުންފުނިން ހާމަކުރައްވާފައި ވެއެވެ.
03 Jul 2024
ޚަބަރު
އޭލެވެލްއަށް ކިޔަވާ ދަރިވަރުންނަށް އިތުރު ފުރުޞަތުތައް ފަހިކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
މީގެ އިތުރުން ރައީސް ވިދާޅުވީ، އޭލެވެލްއަށް ކިޔެވުމަށް އޮތް ފުރުޞަތުތައް ރާއްޖޭގެ ހުރިހާ އަތޮޅެއްގައިވެސް ފުޅާކުރައްވައި، ރަނގަޅު ޓީޗަރުން ބިނާކުރަން މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ގެދޮރުގެ ފުރުޞަތު އިރާދަ ކުރެއްވިއްޔާ ތިޔަ ހުރިހާ ކުދިންނާއި ބެލެނިވެރިންނަށް ލިބޭނެގޮތް ފަހިކުރުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
03 Jul 2024
ޚަބަރު
މަޖިލީހުން ރުހުންދިން ސަފީރުންނަށް ފަތްކޮޅު އަރުވައިފި
މިއަދު ޢައްޔަނު ކުރެއްވި ސަފީރުންނަކީ، ޕީޕަލްސް ރިޕަބްލިކް އޮފް ބަންގްލަދޭޝްއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ގޮތުގައި ސ. ހުޅުދޫ، އަސަރީގެ ޝިއުނީން ރަޝީދު، ރިޕަބްލިކް އޮފް ތުރުކިޔޭއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ގޮތުގައި ގަލޮޅު ކަނޑިތޮޅިއާގެ ލެފްޓެނަންޓް ޖެނެރަލް (ރޓ) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް އަދި އިސްލާމިކް ރިޕަބްލިކް އޮފް ޕާކިސްތާނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ގޮތުގައި ނ. ހޮޅުދޫ އުފަންވެލި އަލްއުސްތާޛު މުޙައްމަދު ޠާހާއެވެ.
03 Jul 2024
ޚަބަރު
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މާލީ ބަޔާންތައް ހުށައަޅަން ޖެހޭނީ އެއް އަހަރު ފަހުން: މަޖިލިސް
މަޖިލީހުގެ އިދާރާއިން މިކަން ހާމަކުރެއްވީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މާލީ ބަޔާންތައް ހުށައަޅުއްވާފައި ނުވާކަން ފާހަގަކޮށް ސޯޝަލް މީޑިއާގައި އެކަމުގެ ކަންބޮޑުވުންތައް ފާޅުކޮށްފައި ވަނިކޮށެވެ.
03 Jul 2024
ޚަބަރު
ސިޔާސީ މަޤާމުތަކުގެ އަދަދާއި، ސިޔާސީ މަޤާމުތަކަށް ކުރާ ހޭދަ އެނގެން ރައްޔިތުން ބޭނުންވިޔަސް، ރައްޔިތުންގެ މަންދޫބުން އެކަން ބަލާކަށް ބޭނުމެއް ނުވި!
ކުއްލި މައްސަލަ މަޖިލީހަށް ހުށައެޅުއްވި ސަބަބެެއް ކަމުގައި، މީކާއީލް ނަސީމް ފާހަގަކުރެއްވީ، ސަރުކާރުން އެމައުލޫމާތު ހާމަކުރުމަށް ދެކޮޅު ހަދަމުންދާ ކަމެވެ. މީޑިއާތަކުން ތަކުރާރުކޮށް ސުވާލުކޮށްގެންވެސް އަދި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި ކޮމިޓީ މެމްބަރުން އެސުވާލުކޮށްގެންވެސް ސަރުކާރުން އެ މައުލޫމާތެއް ހާމަ ކޮށްފައެއް ނުވެއެވެ. އަދި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނުގެ ދަށުން ފޯމް ހުށައަޅައިގެންވެސް އެމައުލޫމާތު ސަރުކާރުން ނުދިނެވެ.
03 Jul 2024
ޚަބަރު
ރާއްޖެއައި އިޓަލީގެ ހަނގުރާމަ މަތީ ބޯޓުތައް ފުރައިފި
މި ބޯޓުތައް ރާއްޖެއިން ފުރީ، މިއަދު ހެނދުނު 11:15 ހާއިރުގައެވެ. އިއްޔެ ރާއްޖެއަށް އައިސް ފަނީ އިޓަލީ އަސްކަރިއްޔާގެ ހަނގުރާމަމަތީ ހަތަރު މަތިންދާ ބޯޓާއި އެބޯޓުތަކަށް ބޭނުންވާ ފިއުލް އުފުލާ އެހެންބޯޓެކެވެ.
02 Jul 2024
ޚަބަރު
ސޮވްރިން ޑިވެލޮޕްމަންޓް ފަންޑް ބިލަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވާލައިފި
ސޮވްރިން ޑިވެލޮޕްމަންޓް ފަންޑަކީ، ދައުލަތުގެ ދަރަނިތައް ދެއްކުމަށް ބޭނުންވާ ފައިސާ ޖަމާކުރަމުންދާ ފަންޑެވެ. މިގޮތުން މިފަންޑަށް ޖަމާކުރަމުން ގެންދަނީ، އެއާޕޯޓް ޑިވެލޮޕްމެންޓް ފީ (އޭ.ޑީ.އެފް) އާއި، ކްރޮސް ސަބްސިޑީ މަޝްރޫޢުތަަކަށް ލިބޭ ފައިސާ އެވެ. 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި މިބިލް މަޖިލީހުން ބޭރުކޮށްލިއެވެ. އެދުވަހު މައްސަަލަ މަޖިލީހުން ބޭރުވީ ވޯޓަށް އެހި ގަޑީގައި މަޖިލީހުގެ ތަޅުމުގައި ސަރުކާރުގެ އެއްވެސް މެމްބަރެއް ނެތުމުން، ބިލާއި އެއްކޮޅަށް ވޯޓު ނުލިބިގެންނެވެ.
02 Jul 2024
ޚަބަރު
ފުރަތަމަ ބުރުގައި އައިވީއެފް ހެދުމަށް އެހީއަށް އެދުނު 37 މީހެއް ޝަރުޠު ހަމަވާކަމުގައި އެންސްޕާއިން ވިދާޅުވެއްޖެ
އެންސްޕާއިން ވިދާޅުވީ، ފުރަތަމަ ބުރުގައި އެހީ ހަމަޖެހިފައިވާ ފަރާތްތަކުން 30 ޖުލައި 2024 ގެ ކުރިން ފަރުވާ ކުރިއަށްގެންދާނެގޮތުގެ ޕްލޭން ހިއްސާކުރުމާގުޅޭގޮތުން އެ އެޖެންސީން އެފަރާތްތަކަށް މަޢުލޫމާތު ފޯރުކޮށްދޭނެ ކަމަށެވެ.
02 Jul 2024
ޚަބަރު
ހަނގުރާމަމަތީ މަތިންދާބޯޓުތައް ރާއްޖެއަށް ޖެއްސީ ނަގަންޖެހޭ ހުއްދަތައް ނަގައިގެން: އެމްއެންްޑީއެފް
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ޖައްސާފައި ވަނީ، ހަނގުރާމަމަތީ ހަތަރު މަތިންދާބޯޓާއި، އެ ބޯޓުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެކުގައި ދަތުރުކުރާ އަސްކަރީ އެހެން މަތިންދާބޯޓެވެ.
02 Jul 2024
ޚަބަރު
ސަމޯއާ އެގްރިމެންޓްގައި ހިމެނޭ އިސްލާމްދީނާ ފުށުއަރާ ކަންކަމަށް ރާއްޖެއިން ޢަމަލެއް ނުކުރާނެ: ސަރުކާރު
ހީނާ ވަލީދު މިހެން ވިދާޅުވީ، ސަމޯއާ އެގްރިމެންޓްގައި ރާއްޖެއިން ސޮއެކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާއިއެކު އިއްޔެ އެ އެއްބަސްވުމުގައި ރާއްޖެއިން ސޮއެކުރުމާއި ގުޅިގެން ސަރުކާރަށް އަމާޒުވެފައިވާ ފާޑުކިޔުންތަކަށް ރައްދުދެއްވައި، އެކްސްގައި ލިޔުއްވި ޕޯސްޓުގައެވެ.
02 Jul 2024
ޚަބަރު
ޤާސިމް އިބްރާހިމް، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރަ ކުޑަކުރުމާއި ދެކޮޅަށް ވާހަކަފުޅު ދައްކަވައިފި
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރަ ކުޑަކުރެއްވުމާއި ދެކޮޅަށް ޤާސިމް އިބްރާހީމް ވާހަކަފުޅު ދެއްކެވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު ކޮންމެ 5 އަހަރަކުން އިތުރުވަމުންދާ ދިއުމާމެދު 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށްޓަކައި, ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ހުށަހަޅުއްވާފައިވާ، ޤަރާރުގެ އިބްތިދާއީ ބަހުސްގެ ވަގުތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
02 Jul 2024
ޚަބަރު
މަސްގަންނަ އަގު ދަށްކޮށްގެންވެސް ވަޢުދުވީގޮތަށް މަސްވެރިންގެ އަތުން ގަންނަ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ނުދެވޭނެ ކަމުގައި ފިޝަރީޒް މިނިސްޓަރ ވިދާޅުވެއްޖެ
މިނިސްޓަރ ޝިޔާމް މިހެން ވިދާޅުވީ، ރާއްޖޭގެ ބައެއް މީޑިއާތަކާއި އިއްޔެ ބައްދަލުކުރައްވައި މަސްވެރިކަމުގެ ސިނާޢަތު ރަނގަޅު ކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި، މަސްވެރިންނަށް މިފްކޯއިން ދޭން ޖެހޭ ފައިސާ ދިނުމަށް ކުރައްވަމުން ގެންދަވާ މަސައްކަތް ތަކާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.
02 Jul 2024
ޚަބަރު
ސިޙުރުގެ މައްސަލަ ރައީސާއި ގުޅުވައި، މުޅި ދުނިޔޭގައި ޚަބަރުތައް ފެތުރުނުފަހުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބައެއް ވާހަކަތައް ދޮގުކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސީނިއަރ ސްޕޯކްސް ޕަރސަން ހީނާ ވަލީދު، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސިޙުރުގެ މައްސަލަ އާއި ގުޅުވައި، ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ޢާއިލާއަށް ނިސްބަތްކޮށް މީޑިއާގައި ފަތުރަމުން ދަނީ ހަގީގަތާ ޚިލާފު ދޮގު ޚަބަރުތަކެއް ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ޢާއިލާއިން މިފަދަ އެއްވެސް މައްސަލައެއް އެއްވެސް ފަރާތަކާއިމެދު ފުލުހުންގެ އިދާރާއަށް ހުށަހަޅާފައި ނުވާކަމުގައިވެސް ހީނާ ވިދާޅުވިއެވެ.