Advertisement

14 Jul 2024
ދުނިޔެ
މިފްތާޙް މުޙައްމަދު

ޓްރަމްޕް މަރާލަން މަސައްކަތްކުރީ 20 އަހަރުގެ އެމެރިކާ މީހެއް

އެމެރިކާގެ ޕެންސިލްވޭނިޔާގައި ކުރިޔަށް ގެންދިޔަ ކެމްޕެއިން ހަރަކާތެއްގެ ތެރެއިން ޕޯޑިއަމްގައި ވާހަކަ ދައްކަން ހުއްޓާ މަރާލުމަށް މަސައްކަތްކުރި، އެމެރިކާގެ ކުރީގެ ރައީސް އަދި މި އަހަރުގެ ނޮވެމްބަރުގައި ބާއްވާ އެމެރިކާގެ ރިޔާސީ އިންތިހާބުގައި ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަކުރާ ޑޮނާލްޑް ޓްރަމްޕް އަށް ހަމަލާދިނީ 20 އަހަރުގެ އެމެރިކާ މީހެއް ކަމަށާއި، އޭނާ ނިސްބަތްވަނީ ސިޔާސީ ހަރަކާތް ކުރިޔަށް ދިޔަ ޕެންސިލްވޭނިއާއަށް ކަމަށް، ސީއެންއެން އިން ރިޕޯޓުކޮށްފިއެވެ.

ސީއެންއެން އިން އެގޮތަށް ހާމަކުރި ކަމުގައި ވީނަމަވެސް، އެމެރިކާގެ ސަލާމަތީ ބާރުތަކުން ބޭއްވި ޕްރެސް ކޮންފަރެންސްގައި އޭނާގެ އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެއެވެ. ނަމަވެސް އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އިން، ޓްރަމްޕަށް ހަމަލާ ދިން މީހާ މަރާލެވިފައިވާކަން ވަނީ ކަށަވަރުކޮށްދީފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އެފްބީއައިއިން އިތުރަށް ބުނެފައިވަނީ، ޓްރަމްޕް މަރާލުމަށް މަސައްކަތްކުރީ ކީއްވެގެންކަމެއް އަދި ދެނެގަނެވިފައިނުވާ ކަމަށެވެ. އަދި މި ހަމަލާއާ ގުޅިގެން ދެން އިތުރު ނުރައްކަލެއް ކުރިމަތި ވެދާނެ ކަމަށް ނުބެލެވޭކަމަށް ވެސް ސަލާމަތީ ބާރުތަކުން ވަނީ ބުނެފައެވެ.

ޓްރަމްޕްގެ ސިޔާސީ ހަރަކާތަށް ގޮސް ހުރި އާންމުންގެ މީހަކު ވެސް ވަނީ މި ހާދިސާގައި މަރުވެފައެވެ. އޭގެ އިތުރުން ދެ މީހަކަށް އަނިޔާވެފައިވެއެވެ.

ޓްރަމްޕަށް އަމާޒުކޮށް ބަޑިޖެހި މީހާ ހުރީ ޓްރަންޕްގެ ކެމްޕެއިން ހަރަކާތް ހިނގި ތަނުން ބޭރުގައެވެ. އޭނާ ބަޑިޖަހާފައިވަނީ އެ އިވެންޓް ކުރިޔަށްދިޔަ ތަނާ 60 މީޓަރެއްހާ ދުރުމިނުގައި ހުރި ބިލްޑިން އެއްގެ ފުރާޅުމަތިންކަމަށް ރިޕޯޓުތައް ބުނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.