Advertisement

14 Jul 2024
ދުނިޔެ
މިފްތާޙް މުޙައްމަދު

ކެމްޕެއިން ހަރަކާތެއްގެ ތެރެއިން ޓްރަމްޕް މަރާލުމަށް ދިން ބަޑީގެ ހަމަލާއަކުން އޭނާ ސަލާމަތްވެއްޖެ

އެމެރިކާގެ ކުރީގެ ރައީސް އަދި މި އަހަރުގެ ނޮވެމްބަރުގައި ބާއްވާ އެމެރިކާގެ ރިޔާސީ އިންތިހާބުގައި ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަކުރާ ޑޮނާލްޑް ޓްރަމްޕް، އެމެރިކާގެ ޕެންސިލްވޭނިޔާގައި ކުރިޔަށް ގެންދިޔަ ކެމްޕެއިން ހަރަކާތެއްގެ ތެރެއިން ޕޯޑިއަމްގައި ވާހަކަ ދައްކަން ހުއްޓައި ދިން ބަޑީގެ ހަމަލާއަކުން އޭނާ ސަލާމަތްވެއްޖެއެވެ. ނަމަވެސް ޓްރަމްޕްގެ ކަނާތު ކަންފަތް ވަނީ ވަޒަނުގެ ބައެއް އަމާޒުވުމުގެ ސަބަބުން ޒަހަމް ވެފައެވެ.

މި ހާދިސާ ހިނގި މަންޒަރު ފެންނަ ވީޑިއޯތަކުން ފެންނަ ގޮތުގައި، ބަޑީގެ އަޑާއެކު ޓްރަމްޕް ވަނީ އޭނާގެ ކަނާތު ކަންފަތުގައި އަތްއަޅާ، ޕޯޑިއަމްގެ ނިވަލަށް ތިރިވެފައެވެ. އަދި ހަމަ އެ ވަގުތު އެމެރިކާގެ ސީކްރެޓް ސާރވިސް އެޖެންޓުން ވަނީ ސްޓޭޖަށް އަރާ، ޓްރަމްޕް ހިމާޔަތްކޮށް، އޭނާ ވަށާލައިގެން ވެހިކަލަށް ގެންގޮސްފައެވެ. ޓްރަމްޕް ވެހިކަލަށް ދިޔައީ ހިނގާފައެވެ.

ޓްރަންޕްގެ ތަރުޖަމާނު ވަނީ އޭނާގެ ހާލު ރަގަޅުކަމަށް ހާމަކޮށްފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން ޓްރަމްޕްއަށް ހަމަލާ ދޭން މަސައްކަތްކުރި މީހާކަމަށް ބެލެވޭ މީހާ މިހާރުވަނީ މަރާލާފައެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އެހެން ވީޑިއޯއަކުން ފެންނަ ގޮތުގައި، ޓްރަމްޕްގެ ޕޯޑިއަމްއާ މާ ދުރުނޫން ހިސާބެއްގައި ހުރި ޓެންޓެއްގެ މަތީގައި ސެކިއުރިޓީ ބެލެހެއްޓުމަށް ހުރި އެމެރިކާގެ ސަލާމަތީ ބާރުތަކަށް ނިސްބަތްވާ ސްނައިޕަރަކަށް ވަނީ، ޓްރަމްޕަށް އަމާޒުކޮށް ބަޑިޖެހި މީހާ އެވަގުތު ފެނިފައެވެ. އަދި ހަމަލާދިން މީހާއަށް އަމާޒުކޮށް އޭނާ ހަމަ އެވަގުތު ބަޑި ޖެހިތަން ފެނުނެވެ. 

ޓްރަމްޕަށް އަމާޒުކޮށް ބަޑިޖެހި މީހާ ހުރީ ޓްރަންޕްގެ ކެމްޕެއިން ހަރަކާތް ހިނގި ތަނުން ބޭރުގައެވެ. އޭނާ ބަޑިޖަހާފައިވަނީ އެ އިވެންޓް ކުރިޔަށް ދިޔަތަނާ 60 މީޓަރެއްހާ ދުރުމިނުގައި ހުރި ބިލްޑިން އެއްގެ ފުރާޅުމަތިންކަމަށް ރިޕޯޓުތައް ބުނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.