Advertisement

ފަލަސްތީނުގެ ދިދަ ރަމްޒުކޮށްދޭ ބެޖު ޖަހައިގެން ޑެލްޓާ އެއާރލައިންގައި ޚިދުމަތްދޭން ހުރި ކެބިން ކްރޫއެއް---

12 Jul 2024
ދުނިޔެ
މިފްތާޙް މުޙައްމަދު

އެމެރިކާގެ ޑެލްޓާ އެއާރލައިނުން ފަލަސްތީނަކީ ޓެރަރިސްޓު ޖަމާއަތެއް ގޮތަށް ސިފަކޮށްފައިވާތީ އެ އެއާރލައިން ބޮއިކޮޓް ކުރުމަށް ގޮވާލައިފި

އެމެރިކާގެ އެންމެ ދުވަސްވީ އެއާރލައިން ކަމުގައިވާ، ޑެލްޓާ އެއާލައިނުން އެކްސްގައި ކުރި ޕޯސްޓަކާ ގުޅިގެން އެ އާލައިނަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވެ، ބޮއިކޮޓް ކުރުމަށް ވެސް ގޮވާލަން ފަށައިފިއެވެ.

މި މައްސަލަ ފެންމަތިވީ، އެ އެއާލައިނުގެ ކެބިން ކުރޫއެއްގެ ޔުނީފޯމުގެ މޭމަތީގައި ފަލަސްތީނުގެ ދިދަ ރަމްޒުކޮށްދޭ ޕިން އެއް ޖަހާފައި ހުރުމުން، އެކަމާ ހިންހަމަ ނުޖެހިގެން އެ އެއާރލައިނުން ދަތުރުކުރި ޖުވިޝް ޕެސެންޖަރެއް، ފަލަސްތީނަކީ ހަމާސް ކަމުގައި ހަދައި އެކްސްގައި ކުރި ޕޯސްޓަކުންނެވެ.

އޭނާ ކުރި ޕޯސްޓުގައި ބުނެފައިވަނީ، ޓެރަރިސްޓު ހަމަލާތަކުން ރައްކާތެރިވުމަށް 2001 ވަނަ އަހަރުގެ ފަހުން ކޮންމެ އެއާރޕޯޓަކުން ދަތުރު ކުރި ނަމަވެސް އެމީހުން ސެކިއުރިޓީ ޗެކްގައި ބޫޓު ބާލަން ޖެހޭ ހިސާބަށް ގޮސްފައި ވަނިކޮށް، ޑެލްޓާ ފްލައިޓުގެ މުވައްޒަފުން ޑިއުޓީގައި ތިބެނީ ހަމާސްގެ ބެޖު ޖަހައިގެން ކަމަށެވެ. މި މީހާ ހަމާސް ރަމްޒުކޮށްދޭ ބެޖެއްކަމަށް ބުނީ، ފަލަސްތީނުގެ ދިދަ ރަމްޒުކޮށްދޭ ބެޖެއް، އެ އެއާރލައިނުގެ ކެބިން ކްރޫގެ މޭމަތީގައި ޖަހާފައި ހުރުމުންނެވެ.

ޑެލްޓާ އެއާރލައިން ޓެގު ކުރުމަށްފަހު ޕެސެންޖަރު ކުރި ޕޯސްޓު

އޭގެ ފަހުން އެ އެއާރލައިން ހޫނު ފެނަށް ވެއްޓުނީ، އެ ޕޯސްޓުގެ ޖަވާބުގައި ކުރި ޕޯސްޓަކުންނެވެ. އެއާރލައިނުން ކުރި ޕޯސްޓުގައި ބުނެފައިވަނީ، އެ ޕެސެންޖަރެކޭ އެއްގޮތަށް އެއާރލައިން ވެސް މިކަމަށް ޖެހިލުންވެ، ބިރު ގަންނަ ކަމަށާއި، އެއީ އެ ކުންފުނިން ސީރިއަސް މައްސަލައެއްގެ ގޮތުގައި ނަގާނެ މައްސަލައެއް ކަމަށެވެ.

ޑެލްޓާ އެއާރލައިނުން މިހާރު ޑިލީޓް ކޮށްފައިވާ، އެ ޕޯސްޓަށް ކުރި ރިޕްލައި

އޭގެ ފަހުން އެ ކުންފުނިން ވަނީ އެކްސްއިން އެ ޕޯސްޓު ޑިލީޓުކޮށް، އެ ޕޯސްޓުކުރި މުވައްޒަފުން ޑީމޯޓު ވެސް ކޮށްފައެވެ. އަދި އެ ޕޯސްޓަކީ، ކުންފުނީގެ އުސޫލުތަކާ ޚިލާފަށް އިބާރާތްކޮށްފައިވާ ޕޯސްޓެއްކަމަށް ބުނެފައިވެއެވެ.

މި ޕޯސްޓާއި ގުޅިގެން "ކައުންސިލް އޮން އެމެރިކަން އިސްލާމިކް ރިލޭޝަންސް"ގެ ފަރާތުން އެޑްވާޑް އަހުމަދު މިޗެލް ބުނެފައިވަނީ، ޑެލްޓާ އިން އެ މީހުންގެ ޕޯސްޓުގައި ބުނެފައިވާ ބުނުމަށް މާފަށް އެދުމުގެ އިތުރުން، އެ ކުންފުނީގެ ރަސްމީ އެކައުންޓުންކޮށްފައިވާ ޕޯސްޓަކީ ދެވަނަ ފަރާތެއްގެ އެޕްރޫވަލް ހޯދައިގެން ނުވަތަ ނުހޯދާ ކޮށްފައިވާ ޕޯސްޓަކަށް ވީނަމަވެސް، ފަލަސްތީނާ ދެކޮޅަށް އެ ކުންފުނީގެ މުވައްޒަފުން ގެންގުޅޭ ތަފާތު ކުރުން ނައްތާލުމަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.

ކައުންސިލް އޮން އެމެރިކަން އިސްލާމިކް ރިލޭޝަންސްގެ ފަރާތުން ނެރެފައިވާ ބަޔާން

މި މައްސަލައާ ގުޅިގެން އަޑު އުފުލަމުންދާ ގިނަ ބަޔަކު ބުނަމުންދަނީ، ފަލަސްތީނުގެ ދިދަ އާއި ހަމާސްފަދަ ޓެރަރިސްޓު ޖަމާއަތެއް ކަމަށް ދުނިޔެ ގަބޫލުކުރާ ގްރޫޕަކާ އެއް ހަމަ ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމާއި، މިކަމުގެ ސަބަބުން ޑެލްޓާ އެއާރލައިން ބޮއިކޮޓް ކުރަން ޖެހޭ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އެމެރިކާގެ ބެޖު ރަމްޒުކޮށްދޭ ޕިން ފިޔަވާ މިފަދަ އިތުރު އެއްޗެއް ބޭނުން ކުރުން މަނާކޮށް، ޑެލްޓާ އެއާރލައިނުން ވަނީ އެމީހުންގެ ޔުނީފޯމް އުސޫލަށް ބަދަލު ގެނަސްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.