Advertisement

ނޭޓޯ ސަމިޓުގެ ތެރެއިން ބޭއްވި އިވެންޓުގައި ބައިޑެން ވާހަކަ ދައްކަނީ

13 Jul 2024
ދުނިޔެ
މިފްތާޙް މުޙައްމަދު

ބައިޑެންއަށް އޮޅިގެން ޔުކްރޭންގެ ރައީސްއާ ޕުޓިންގެ ނަމުން މުހާތަބު ކުރެވިއްޖެ

އެމެރިކާގެ ވޮޝިންޓަންގައި ޖުލައި 9 ވަނަ ދުވަހުން ފެށިގެން 11 ވަނަ ދުވަހާއި ހަމައަށް ކުރިޔަށް ދިޔަ ނޭޓޯ ސަމިޓުގެ ފަހު ދުވަހު، އެމެރިކާގެ ރައީސް ޖޯ ބައިޑަންއަށް އޮޅިގެން، ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީއާ، ރަޝިއާގެ ރައީސް ވްލާޑިމީރް ޕޫޓިންގެ ނަމުން މުހާތަބު ކުރެވިއްޖެއެވެ. ރަޝިއާ އާއި ޔޫކްރެއިންގެ ހަނގުރާމަ ކުރިޔަށްދާ މިފަދަ ދަނޑިވަޅެއްގައި ބައިޑެންއަށް މިފަދަ ގޯހެއް ހެދުމުން ގިނަ ބަޔަކު ދަނީ މިކަމާ ފާޑު ކިޔަމުންނެވެ.

And now I want to hand it over to the president of Ukraine, who has as much courage as he has determination, ladies and gentlemen, President Putin

ޒެލެންސްކީއާ މުހާތަބުކޮށް ޕުޓިންއަށް ބުނެވުނެވެ.

ޒެލެންސްކީއާ މުހާތަބުކޮށް ބައިޑަންއަށް ބުނެވުނީ، ދެން އޭނާ ޕޯޑިއަމް ހަވާލުކޮށްލާނީ ހިތްވަރާއި އަޒުމު ވަރުގަދަ ޔޫކްރެއިންގެ ރައީސް ޕޫޓިންއަށް ކަމަށެވެ.

ޒެލެންސްކީއަށް ޕޫޓިންގެ ނަމުން މުހާތަބު ކުރެވުނު ނަމަވެސް، އޭގެ ދެ ސިކުންތު ފަހުން ބައިޑަން ވަނީ އޭނާއަށް ކިޔުނު ކުށް އިސްލާހު ކޮށްފައެވެ.

ކުށް އިސްލާހު ކުރުމުގެ ގޮތުން ބައިޑެން ބުނީ، ޕްރެޒިޑެންޓު ޕޫޓިން ބަލިކުރެވޭނެ ކަމަށާއި ބައިޑެން ވެސް އެކަމަށް ވަރަށް އެދޭ ކަމަށެވެ.

President Putin, you're going to beat President Putin, President Zelenskiy. I am so focused on beating Putin

ބައިޑަން އޭނާއަށް ކިޔުނު ކުށް އިސްލާހުކޮށްލަމުން ބުންޏެވެ.

މި ހާދިސާ ހިނގާފައިވަނީ ނޭޓޯ ސަމިޓުގެ ތެރެއިން ޔޫކްރެއިންގެ ސަލާމަތީ ކަންތައްތަކަށް އެހީތެރިވުމުގެ ގޮތުން، އެކަމަށް ވާގިވެރިވާ ފަރާތްތަކާއި ބައްދަލު ކުރުމަށް ބައިޑެން އިސްނަގައިގެން ކުރިޔަށް ގެންދިޔަ އިވެންޓެއްގެ ތެރެއިންނެވެ.

ބައިޑެންގެ ކޮމެންޓަށް ޖަވާބުދާރީ ވުމުގެ ގޮތުން ޒެލެންސްކީ ބުނެފައިވަނީ، ޕުޓިންއަށް ވުރެން އޭނާ ރަގަޅު ވާނެކަމަށެވެ.

އަދި އޭގެ ޖަވާބުގައި ބައިޑެން ބުނީ ޒެލެންސްކީއަކީ ޕޫޓިންއަށް ވުރެން މާ ބޮޑަށް ވެސް ރަގަޅު މީހެއް ކަމަށެވެ.

You are a hell of a lot better

ޒެލެންސްކީގެ ކޮމެންޓުގެ ރައްދުގައި ބައިޑެން ބުންޏެވެ.

މި ފަހަކަށް އައިސް، އޭނާ ނިސްބަތްވާ ޑިޕޮކްރެޓިކް ޕާޓީގެ ގިނަ މެމްބަރުންނާއި އެ ޕާޓީއަށް ފަންޑު ކުރާ މީހުން ހިމެނޭހެން، ގިނަ ބަޔަކު އަންނަނީ ބައިޑެންއަށް ފާޑު ކިޔަމުންނެވެ. އަދި ނޮވެމްބަރުގައި އޮންނަ އިންތިހާބު ބައިޑަންއާ އެކު އެ ޕާޓީއަށް ކާމިޔާބު ކުރެވޭނެ ކަމާމެދު ގިނަ ބަޔަކު ޝައްކު ކުރެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
02 Apr 2025
ޚަބަރު
ހޮޅުދޫ ބޯޓުގައި ރޯވެ އެބޯޓުގައި ހުރި ޒުވާނަކު ގެއްލިއްޖެ
އެމްއެންޑީއެފުން ވިދާޅުވީ، ގެއްލިގެން ހޯދަމުން ދަނީ، ލ.މާވަށަށް ނިސްބަތްވާ 25 އަހަރުގެ އަލީ މުޝްފިގް މުހައްމަދު ކަމަށެވެ. އޭނާގެ އިތުރުން އެބޯޓުން ދަތުރު ކުރި އެހެން މީހުން ވަނީ، ސަލާމަތް ވެފައެވެ. އޭގެ ތެރެއިން ދެމީހަކަށް، ތ. ކަނޑޫދޫ ޞިއްޙީ މަރުކަޒުގައި ފަރުވާދެމުން އަންނަ ކަމުގައިވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.
02 Apr 2025
ޒަކާތު ހައުސް
ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް 5 ލައްކަ ރުފިޔާ ހަވާލުކޮށްފި
ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފިޠުރު ޒަކާތުގެ ގޮތުގައި ލިބިފައިވާ ފައިސާއިން ފަސް ލައްކަ ރުފިޔާ އިސްރާ އެސޯސިއޭޝަންއާ ހަވާލުކޮށްފި
02 Apr 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދުންފަތް މަނާކުރަން ވިސްނާފައިވަނީ 25 އަހަރުން ދަށުގެ މީހުންނަށް: ރައީސް
ދުންފަތް މަނާކުރަން ވިސްނާފައިވަނީ 25 އަހަރުން ދަށުގެ މީހުންނަށްކަމަށް ރައީސް ވިދާޅުވެއްޖެއެވެ.
02 Apr 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދުންފަތުގެ ވިޔަފާރި ދޫކޮށްލުމަށް ރައީސް އިލްތިމާސްކުރައްވައިފި
ރާއްޖޭގައި ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކުން އެ ވިޔަފާރި ދޫކޮށްލައި، އެހެން ވިޔަފާރިއަކަށް ބަދަލުވުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރައްވައިފިއެވެ.