Advertisement

13 Jul 2024
ރައީސް މުޙައްމަދު ނަޝީދު

މަހުޖަނުގެ އާއިލާގެ ކައިވެނީގެ ހަފްލާއަށް ދިއުމަށް ނަޝީދަށް ވެސް ދައުވަތު ލިބުނު

އިންޑިއާގެ މަހުޖަނު އަދި ދުނިޔޭގެ އެންމެ މުއްސަނދި ދިހަ މީހުންގެ ތެރޭގައި ހިމެނޭ މުކޭޝް އަމްބާނީގެ ފިރިހެން ދަރިފުޅު، އަމިތު އަމްބާނީގެ ކައިވެނީގެ ކުލަގަދަ ހަފްލާއަށް ދިއުމުގެ ދައުވަތު ލިބުނު މީހުންގެ ތެރޭގައި، ރާއްޖޭގެ ކުރީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ހިމެނެއެވެ. އަދި އެމަނިކުފާނު ވަނީ އަމްބާނީގެ ދައުވަތު ގަބޫލުކުރައްވާ، އެ ހަފްލާއަށް ވަޑައިގެންފައެވެ.

އާނަންތު އާއި ރާދިކާ ކައިވެނިކުރީ މުމްބާއީގެ ޖިއޯ ވޯލްޑް ސެންޓަރުގައި ބޭއްވި ބޮޑު ހަފުލާއެއްގައި ހުކުރު ދުވަހުއެވެ.  ރައީސް ނަޝީދުގެ އިތުރުން ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގެ ލީޑަރުން ވެސް މި ހަފުލާއަށް ވަޑައިގެންނެވިއެވެ. އިނގިރޭސިވިލާތުގެ ކުރީގެ ބޮޑު ވަޒީރު ޓޯނީ ބްލެއަރ އަދި ބޮރިސް ޖޯންސަންވެސް ހިމެނެއެވެ.

މި ހަފްލާގައި ނަޝީދު ނެގި ޕޮޓޮއެއް ވަނީ މިހާރު ސޯޝަލް މީޑިއާގައި އާންމު ވެފައެވެ.

އާނަންތު އަމްބާނީ ކައިވެނިކޮށްފައިވަނީ ވެސް އިންޑިއާގެ ބޮޑު މުއްސަންޖެއްގެ ދަރިއަކާއެވެ. އެ އާއިލާއަކީ ފުޅާ ދާއިރާއެއްގައި އިންޑިއާގައި ބޭސްވެރިކަމުގެ ބާވަތްތަކުގެ ވިޔަފާރިކުރާ އާއިލާއެކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.