Advertisement

ސޯލާ ޕެނަލްތަކަށް ކާރު އަރާފައިވާ މަންޒަރު، ފޮޓޯ: އެމްވީ ކްރައިސިސް

12 Jul 2024
ޚަބަރު

ހައިވޭގައި ހުންނަ ސޯލާ ޕެނަލްތަކަށް އަނެއްކާ ވެސް ކާރެއް އަރައިފި

މާލެ-ހުޅުމާލެ ހައިވޭގައި ހުންނަ ސޯލާ ޕެނަލްތަކަށް ކާރެއް އަރައި އެކްސިޑެންޓެއް ހިނގައިފިއެވެ. މި ކާރު ސޯލާ ޕެނަލަށް އަރާފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓުގެ ޓަވަރާ ދިމާލުން، ކޮންމެ ކޮޅަކަށް ދުއްވުމަށް ހަތަރު ލޭން ހަދާފައިވާ ހިސާބުގައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. އަދި މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯ ތަކުން ފެންނަ ގޮތުގައި، މި ހާދިސާގައި ކާރުގެ ކުރީކޮޅަށާއި، ސޯލާ ޕެނަލްތަކަށް ވަނީ ގެއްލުންވެފައެވެ.

މި އަހަރު ތެރޭގައި މިފަދަ އިތުރު އެކްސިޑެންޓުތައް ވެސް ހިނގާފައި އެބަހުއްޓެވެ. އެގޮތުން ފެބުރުވަރީ މަހު ހިނގާފައިވާ ދެ އެކްސިޑެންޓެއް ފާހަގަ ކޮށްލެވެއެވެ. މީގެ ތެރެއިން އެއް އެކްސިޑެންޓުގައި ކާރު ދުއްވަން އިން ޑްރައިވަރަށް އަނިޔާވެގެން ފަރުވާ ދީފައިވެއެވެ. ނަމަވެސް އަނެއް އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ.  

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.