Advertisement

10 Jul 2024
ޚަބަރު
މިފްތާޙް މުޙައްމަދު

ހުރިހާ އުމުރެއްގެ މީހުނަށް އާސަންދަ ސްކީމްގެ ދަށުން މެޑިކަލް ޗެކަޕް ހެދުމަށް ހުޅުވާލައިފި

ދިވެހި ކޮންމެ ރައްޔިތަކަށް އާސަންދަ ސްކީމްގެ ދަށުން މެޑިކަލް ޗެކްއަޕް ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ސަރުކާރުން ތަންފީޒު ކުރަން ފަށާފައިވާ ސިޔާސަތުގެ ދަށުން، ހުރިހާ އުމުރެއްގެ މީހުނަށް އާސަންދަ ސްކީމްގެ ދަށުން މެޑިކަލް ޗެކަޕް ހެދޭނެ ފުރުސަތު ހުޅުވާލައިފިއެވެ.

މިދިޔަ ޖޫން މަހުގެ ނިޔަލަށް މި ސިޔާސަތުގެ ދަށުން މެޑިކަލް ޗެކަޕް ހެދުމަށް ހުޅުވާލާފައި އޮތީ އުމުރުން 40 އަހަރުން މަތީގެ މީހުނަށާއި 18 އަހަރުން ދަށުގެ ކުދިންނަށެވެ. ނަމަވެސް 1 ޖުލައި 2024 އިން ފެށިގެން އުމުރުން 19 އަހަރާއި 39 އަހަރާއި ދެމެދުގެ މީހުންނަށް ސަރުކާރުގެ ހޮސްޕިޓަލްތަކުން މެޑިކަލް ޗެކްއަޕް ހެދޭނެ އިންތިޒާމު ހަމަޖައްސާފައިވާކަމަށް، އެންސްޕާއިން ވަނީ އިއްޔެ ބުނެފައެވެ. އެހެންކަމުން، މިހާރު ހުރިހާ ދިވެހިންނަށް ހިލޭ މެޑިކަލް ޗެކަޕް ހެދޭނެ މަގު މިވަނީ ފަހިވެގެން ގޮސްފައެވެ.

މިކަމާ ގުޅިގެން އާސަންދައިން އިއްޔެ ބުނެފައިވަނީ، ސަރުކާރުގެ ހަފްތާ 14 މަގު ޗާޓުގައި ހިމެނިފައިވާ ގޮތަށް، އުމުރުން 19 އަހަރާއި 39 އަހަރާއި ދެމެދުގެ މީހުންނަށް ސަރުކާރުގެ ހޮސްޕިޓަލްތަކުން މެޑިކަލް ޗެކްއަޕް ހެދޭނެ ކަމަށެވެ.

ސަރުކާރުގެ ހަފްތާ 14 މަގު ޗާޓުގައި ހިމެނިފައިވާ، ދިވެހި ކޮންމެ ރައްޔިތަކަށް އާސަންދަ ސްކީމްގެ ދަށުން އަހަރަކު 2 ފަހަރު މެޑިކަލް ޗެކްއަޕް ހެދުމަށް ތަންފީޒު ކުރަން ފަށާފައިވާ ސިޔާސަތާ އެއްގޮތަށް، 01 ޖުލައި 2024 އިން ފެށިގެން، 19 އަހަރާ 39 އަހަރާ އުމުރުފުރާގެ ފަރާތްތަކަށް ސަރުކާރުގެ ހޮސްޕިޓަލްތަކުން މެޑިކަލް ޗެކަޕް ހެދޭނެ އިންތިޒާމު ވަނީ ހަމަޖެހިފައި."

އާސަންދައިން ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓުގައި ބުނެފައިވެއެވެ.

އާސަންދައިގެ ދަށުން މެޑިކަލް ޗެކަޕް ހަދަން އެންމެ ފުރަތަމަ ފުރުސަތު ހުޅުވާލީ 50 އަހަރުން މަތީގެ މީހުންނަށެވެ. އެއީ 1 ޖެނުއަރީ 2024 އިން ފެށިގެނެވެ. އޭގެފަހުން 1 އޭޕްރީލް 2024 އިން ފެށިގެން 18 އަހަރުން ދަށުގެ ކުދިންނަށާއި އުމުރުން 40 އަހަރުން މަތީގެ މީހުންނަށް ފުރުސަތު ހުޅުވާލިއެވެ.

މި ފުރުސަތުގެ ދަށުން ރަށްރަށުގައި ނަމަ މެޑިކަލް ޗެކަޕް ހެއްދެނީ ސިއްހީ މަރުކަޒުތަކާއި ރީޖަނަލް އަދި އަތޮޅު ހޮސްޕިޓަލްތަކުންނެވެ. މާލޭގައި ނަމަ ހުޅުމާލޭ ހޮސްޕިޓަލާއި އައިޖީއެމްއެޗް އަދި ވިލިމާލެ ހޮސްޕިޓަލުންނެވެ.  

މެޑިކަލް ޗެކަޕް މާލޭ ސަރަހައްދުގައި ހިމެނޭ ހޮސްޕިޓަލަކުން ހައްދާނަމަ، އެ ހޮސްޕިޓަލަކަށް ގުޅާ ނަންނޯޓު ކުރަން ޖެހެއެވެ. އަދި ނަންނޯޓުކުރާ ތަރުތީބުން ހޮސްޕިޓަލްތަކުން އަންނަނީ އެޕޮއިންޓްމެންޓު ދޫކުރަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.